21 ފެބުރުއަރީ 2018
ބަންޑާރަ ނައިބު މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުގެ ބައެއް ގާނޫނީ ވަކީލުން ތައްޔާރު ކުރަމުން ދިޔަ ޕެޓިޝަންގެ މަސައްކަތް ހުއްޓުވައިފި އެވެ.
ބަންޑާރަ ނައިބު މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުގެ ބައެއް ގާނޫނީ ވަކީލުން ތައްޔާރު ކުރަމުން ދިޔަ ޕެޓިޝަންގެ މަސައްކަތް ހުއްޓުވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އޮފީހުގެ އެތައް ގާނޫނީ ވަކީލުންނެއް އެ ޕެޓިޝަން ތައްޔާރުކުރީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބަންޑާރަ ނައިބު އަނިލް ކަންތައް ކުރެއްވި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓަށް ސިފައިން ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.
Hukum thanfeezukuan huri kanboduvunthah utthama fandiyaarah hushahalhaanan: Sarukaaru
The most trusted news source in the Maldives
Mihaaru
ހުކުމް ތަންފީޒު ކުރުމާ ގޮތުން އަނިލް ދެއްކެވި ވާހަކަ--
މި މަހުގެ ފަސް ވަނަ ދުވަހު ތައްޔާރު ކުރަން ފެށި އެ ޕެޓިޝަންގައި ވަކީލުން ސޮއިކުރުން ހުއްޓައިލީ، ބައެއް ވަކީލުން ވިދާޅުވި ގޮތުގައި، އޭގައި ސޮއި ކޮށްފި ނަމަ ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު އެކި ގޮތްގޮތުން ކުރިމަތިވުމުންނެވެ.
"ދެން އެނގެއެންނު މިހާރު ކަން ހިނގާ ގޮތް. ވަކީލުން ވެސް ބަރޯސާ ވާނީ ވަޒީފާ އަށް. ވަޒީފާ ގެއްލިދާނެ ކަމާ މެދު ބިރުހީވުމުން ހުއްޓައިލީ،" ޕެޓިޝަންގެ މަސައްކަތް ހުއްޓުވި ގޮތް ކިޔައިދެމުން ވަކީލަކު ވިދާޅުވި އެވެ.
އޭޖީ އޮފީހުގެ ވަކީލުން އެފަދަ ޕެޓިޝަނެއްގައި ސޮއިކުރުމުގެ ކަމެއް ހިނގާތޯ ބެލުމަށް، ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމަށް ގުޅުމުން އެކަމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކެވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ބަންޑާރަ ނައިބު ދެކޮޅު ހައްދަވަމުން ވިދާޅުވެފައިވަނީ އެ ހުކުމާ ގުޅޭ ގޮތުން ސަރުކާރުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެކަން ހައްލު ކުރުމަށް އުއްތަމަ ފަނޑިޔާރާ ވާހަކަ ދެއްކުމަށް ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށް ވެސް އަނިލް ވިދާޅުވެފައިވެ އެވެ.
Uthama fandiyaaraa gulhey gotheh nuvi: AG Anil
The most trusted news source in the Maldives
Mihaaru
އުއްތަމަ ފަނޑިޔާރާ ގުޅޭގޮތް ނުވި ކަމަށް އަނިލް ވިދާޅުވުން--
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ސިފައިންނާއި ފުލުހުން ބުނެފައި ވަނީ އަމަލު ކުރާނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށެވެ. އެ އަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހައްޔަރުކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ގޮތަށް ރައްޔިތުންގެ މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި (43 މެމްބަރުން) ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގައި ކަމަށް، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންނާއި އިދިކޮޅު މެންބަރުން ވެސް ބުނަމުން އައިސް، އެ އަދަދަށް މެމްބަރުން ހަމަނުވުމުން، އެންމެ ފަހު ވަގުތު އެ ގަރާރު ފާސްކުރީ 38 ވޯޓުންނެވެ. އެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ގޮނޑި ނުގެއްލޭ ބަޔަށް އަމަލުކުރުން ފަސްކޮށްފި
ވަކީލުން ރެގިއުލޭޓް ކުރަން ބާ ކައުންސިލެއް އުފައްދަނީ
އަނިލްއާ ބައްދަލު ކުރެއްވުމަށް ޝާހީން އެދިވަޑައިގެންފި
މެމްބަރުންގެ ގޮނޑީގެ މައްސަލަ އަންގާރަ ދުވަހު ބާއްވަނީ
ބަލައި ފާސްކުރަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ
ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް ބާއްވަނީ
ދުސްތޫރީ މައްސަލައަކަށް ނުވާ ދުސްތޫރީ މައްސަލަ ހުރޭތަ؟
ދުސްތޫރީ މައްސަލައިގެ ތެރެއަށް އަނާރާ ވެސް ވަންނަނީ
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅައިފި: ރިޔާޒް
އޭޖީން ހުށަހެޅި މައްސަލައަށް ފާޑުކިއުންތައް އަމާޒުވެއްޖެ