Roadha Mihaaru
ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް ބާއްވަނީ

މެމްބަރުންގެ ގޮނޑި ގެއްލޭ މައްސަލައިގެ އަޑުއެހުމެއް ހަވީރު 4:30 ގައި ބާއްވަނީ

13 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ހަވީރު 4:30 ގައި ބާއްވާ ގޮތަށް އެ ކޯޓުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ހަވީރު 4:30 ގައި ބާއްވާ ގޮތަށް އެ ކޯޓުން ނިންމައިފި އެވެ.

ނަމަވެސް މިއީ މި މައްސަލައިގެ ހުކުމް އިއްވުން ކަމެއް ނުވަތަ ބާއްވާ އިތުރު އަޑުއެހުމެއް އަދި ސާފެއް ނުވެ އެވެ.

ދައުވާ ލިބޭ ފަރާތެއް ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މައްސަލާގައި މިދިޔަ ހޯމަދުވަހު ބޭއްވި ފުރަތަމަ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއުލާން ކުރުމެއް ނެތި އެވެ. އަދި ދެން ބާއްވާނީ ހުކުމް ކުރުން ކަމެއް ނުވަތަ އަޑުއެހުމެއް ކަމެއް ބެންޗުން އިއުލާނެއް ނުކުރެ އެވެ.

މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ފަރާތުން ހުށަހެޅުއްވި މި މައްސައިގެ ތެރެއަށް ވަނުމަށް ވެސް ގިނަ ބަޔަކު ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އެ ހުށަހެޅުންތައް ސުޕްރީމް ކޯޓުން ބަލައިގަތް ކަމެއް އެނގިފައެއް ނެތެވެ.

މި ދުސްތޫރީ މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަންޑާރަ ނައިބު އަނިލް އެދިވަޑައިގަތީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ އަދި 75 ވަނަ މާއްދާ މާނަކޮށް، މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.