27 ފެބުރުއަރީ 2022
ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާއަށް ހާއްސަކޮށް ފަނޑިޔާރުންނާއި ވަކީލުން ބައިވެރިވާ ފުޓްސަލް މުބާރާތެއް އެޓާނީ ޖެނަރަލް އޮފީހުގެ ބަންޑާރަ ނައިބު އޮފީހުގެ "ބަންޑާރަ ކްލަބް" އިން އިއުލާންކޮށްފި އެވެ.
ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާއަށް ހާއްސަކޮށް ފަނޑިޔާރުންނާއި ވަކީލުން ބައިވެރިވާ ފުޓްސަލް މުބާރާތެއް އެޓާނީ ޖެނަރަލް އޮފީހުގެ ބަންޑާރަ ނައިބު އޮފީހުގެ "ބަންޑާރަ ކްލަބް" އިން އިއުލާންކޮށްފި އެވެ.
"ބަންޑާރަ ކަޕް 2022" ގެ ނަމުގައި ބާއްވާ މުބާރާތް ކުރިއަށް ދާނީ އަންނަ އަންނަ މަހުގެ 1-7 ގެ ނިޔަލަށެވެ.
މި މުބާރާތުގައި 21 ޓީމުން ބައިވެރިވެފައިވެ އެވެ. އެއީ ފިރިހެން 16 ޓީމާއި އަންހެން އަށް ޓީމެވެ. ވަކިވަކި ކޯޓްތަކުން ވެސް ވަނީ ޓީމުތައް ބައިވެރިކޮށްފަ އެވެ. އަދި ލޯ ފާމްތަކާއި ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހުން ވެސް ޓީމުތައް ވާދަކުރާނެ އެވެ.
ބަންޑަރަ ކަޕް ގުރު ނަގަނީ: މުބާރާތް ފަށާނީ އަންގާރަ ދުވަހު
ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ހަފުލާގައި މުބާރާތް ރަސްމީކޮށް ލޯންޗު ކޮށްދެއްވީ ކުރީގެ އެޓާނީ ޖެނަރަލް އަބްދުﷲ މުއިއްޒު އެވެ.
އެ ހަފުލާގައި ބަންޑާރަ ކްލަބްގެ ރައީސް ފާތިމަތު ހަލީމް ވިދާޅުވީ މުބާރާތުގެ މަގްސަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިމެނޭ މުއައްސަސާތަކާއި ގާނޫނީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކުޅިވަރު މާހައުލުގެ ތެރެއިން ރަނގަޅު ގުޅުމެއް އުފެއްދުން ކަމަށެވެ.
މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި މުބާރާތް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީ ބަދަލުކުރަން އެމްއާރުއެމުން ހުށަހަޅައިފި
"ވަކީލުކަމުގެ ހުއްދަ އަތުލާ އިސްލާހަކީ ނުރައްކަލެއް"
ފަނޑިޔާރުކަމުން ވަކިކުރުމުން ވަކީލުކަމުގެ ހުއްދަ ބާތިލް
ރަނގަޅީ ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަކިކުރުން: ރިޕޯޓް
އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލީ ތިން މީހަކު
ޖޭއެސްސީ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ގޯސްތަކެއް ހަދާ ނަމަ ވަކީލުން ތެދުވަން ޖެހޭ: މުއިއްޒު
ޝަރުއީ ދާއިރާ އިތުބާރުކުރާ ތަނަކަށް ހަދާނަން: މަސްތޫރު