ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސަރުކާރަށް ހުށަހަޅައިފި އެވެ.
22 ޑިސެމްބަރ 2022
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސަރުކާރަށް ހުށަހަޅައިފި އެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން އެމްއާރުއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބެވުމުން ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށެވެ. އެހެންވެ، އެ ޕާޓީން ހުށަހަޅާފައިވަނީ ފަންނީ މީހުން ޖޭއެސްސީގައި ތިއްބަވާ ގޮތަށް ކަމަށް ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ހުށަހަޅާ ގޮތަށް ބަދަލުވެގެން ދާއިރު، ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ކުރިން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރެއްވި ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ ހުށަހެޅުން އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
އެމްއާރުއެމްއިން ހުށަހެޅީ ފަނޑިޔާރުން ޖޭއެސްސީގައި ތިބުމުގެ ބަދަލުގައި ރިޓަޔާޑް ތިން ފަނޑިޔާރަކާއި އާންމުންގެ ތެރެއިން އަންހެނަކާއި ފިރިހެނަކާއި ވަކީލުންގެ ތެރެއިން މީހަކާއި އަދި މިހާރު ވެސް އޮންނަ ގޮތަށް ބަންޑާރަ ނައިބު އެ ކޮމިޝަންގައި އިންނަވަންޖެހޭ ގޮތަށެވެ.
އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެމްބަރާއި ރައީސްގެ މެމްބަރާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޖޭއެސްސީގައި ތިބެގެން ނުވާނެ ކަމަށް އެމްއެމްއާރްއެމްގެ ހުށަހެޅުމުގައިވެ އެވެ.
މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ އިޖްރައާތުތަކަށް ބަދަލު ގެންނަން އެމްއާރްއެމްއިން ހުށަހެޅި އެވެ. އެގޮތުން އާންމުންނާއި ރިޓަޔާޑް ފަނޑިޔާރުން ޖޭއެސްސީއަށް އައްޔަން ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާއަކާ ހަވާލު ކުރުމަށާއި މެމްބަރުގެ ދައުރަކީ ހަތް އަހަރު ކަމަށް ހަދަން ހުށަހަޅާފައިވެ އެވެ.
ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ އިޖްރައާތު ބަދަލުކުރަން ވެސް އެމްއާރްއެމްއިން ހުށަހެޅި އެވެ.
އެއީ ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައިގެ އަގުލަބިއްޔަތުން ކަމަށް ގާނޫނު އަސާސީގައި އޮތްއޮތުން ބަދަލުކޮށް، މުޅި މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި އަގުލަބިއްޔަތުން އެކަމަށް ބޭނުންވާ ގޮތަށެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ދުވަސްވަރު ސާފު: އުޝާމް
ފަނޑިޔާރުންނަށް އެޅިފިޔަވަޅާ މެދު އދ.ގެ ކަންބޮޑުުވުން
ފަނޑިޔާރުންގެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ފުރުސަތު ހުޅުވާލައިފި
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި
ފަނޑިޔާރު ޝަހީދުގެ ނަން ކޮމިޓީން ފާސްކޮށްފި
ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަނީ