17 މެއި 2018
ބާޒާރަށް ނެރޭ ކާބޯތަކެތީގެ ބާވަތްތަކަކީ ކުރިއަށް ވުރެ ބޮޑަށް ސިއްހަތަށް ފައިދާ ހުރި ގޮތަށް އުފައްދާ ތަކެއްޗަށް ހެދުމަށް، މަޝްހޫރު ބްރޭންޑް ނެސްލޭގެ އުފެއްދުންތަކުގައި ހަކުރާއި ލޮނު އެކުލެވޭ މިންވަރު ދަށްކުރަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ބާޒާރަށް ނެރޭ ކާބޯތަކެތީގެ ބާވަތްތަކަކީ ކުރިއަށް ވުރެ ބޮޑަށް ސިއްހަތަށް ފައިދާ ހުރި ގޮތަށް އުފައްދާ ތަކެއްޗަށް ހެދުމަށް، މަޝްހޫރު ބްރޭންޑް ނެސްލޭގެ އުފެއްދުންތަކުގައި ހަކުރާއި ލޮނު އެކުލެވޭ މިންވަރު ދަށްކުރަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ނެސްލޭ އިން އަންގާރަ ދުވަހު ބުނި ގޮތުގައި އެ ކުންފުނީގެ މިހާރުގެ ޓާގެޓަކީ އުފެއްދުންތަކުގައި ހަކުރު އެކުލެވޭ މިންވަރު މިހާރަށް ވުރެ ފަސް ޕަސަންޓް ދަށްކުރުމެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ގެންނަ މި ބަދަލުތަކާ އެކު، އުފެއްދުންތަކުގައި ހަކުރު އެކުލެވޭ މިންވަރު މިހާރު ވަނީ 34 ޕަސެންޓަށް ދަށް ކުރެވިފަ އެވެ. އަދި 2005 އިން ފެށިގެން ނެސްލޭގެ އުފެއްދުންތަކުގައި ލޮނު އެކުލެވޭ މިންވަރު ވަނީ 20 ޕަސެންޓަށް ދަށްކޮށްފަ އެވެ. އެގޮތުން މިހާރު ނިންމާފައި ވަނީ އިތުރު 10 ޕަސެންޓަށް ލޮނުގެ މިންވަރު ދަށް ކުރާށެވެ.
ނެސްލޭ އިން މި ގެންނަ ބަދަލުތަކާ އެކު އެ ކުންފުނީގެ މަޝްހޫރު ޗޮކްލެޓެއް ކަމަށްވާ ކިޓްކެޓްގައި ހަކުރު އެކުލެވޭ މިންވަރާއި މެގީ ނޫލްޑްސްގައި ލޮނު އެކުލެވޭ މިންވަރު ދަށްވެގެން ދާނެ އެވެ.
ނެސްލޭ އިން ބުނި ގޮތުގައި 2014 އިން ފެށިގެން އެ ކުންފުނިން އަންނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ނެސްލޭގެ ހުރިހާ އުފެއްދުންތަކެއް ފައްތަން މަސައްކަތްތަކެއް ކުރަމުންނެވެ.
އެ ކުންފުނީގެ ސީއީއޯ މާކް ޝްނެއިޑާ ވިދާޅުވީ "ޓާގެޓަކީ ދުޅަހެޔޮ ބާވަތްތައް ފޯރުކޮށް ދިނުން" ކަމަށެވެ.
"އަހަރަމެން ކަށަވަރުކޮށް ދޭން ބޭނުންވޭ ނެސްލޭގެ ކޮންމެ ޕްރޮޑަކްޓަކީ ސިއްހަށް ފައިދާ ހުރި އެއްޗެއްކަން،" އޭނާ ވިދާޅުވި އެވެ. "އެ ޓާގެޓަށް މި މަސައްކަތް ކުރަނީ. ނެސްލޭއަކީ އަބަދު ވެސް ކަސްޓަމަރުންގެ ސިއްހަތަށް ވިސްނާނެ ކުންފުންޏެއް."
ނެސްލޭގެ ކިޓްކެޓް ފިހާރައެއްގައި އިޝްތިހާރުކޮށްފައި.
ނެސްލޭ އިން ބުނި ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް، އެ ކުންފުނީގެ އުފެއްދުންތައް ސިއްހަތާ ރައްޓެހި އެއްޗިއްސަށް ހެދުމުގެ ކުރުމުގެ ގޮތުން ރިސާޗާއި ޑިވެލޮޕްމަންޓަށް 1.71 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން މިހާރު އަންނަނީ "ނެސްލޭ ފޮ ހެލްދިއާ ކިޑްސް" ގެ ނަމުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. އޭގެ ދަށުން ކުޑަކުދިންނަށް ސިއްހަތަށް އެންމެ އެކަށޭނެ ގޮތެއް އުފެއްދުންތައް ތައްޔާރު ކުރާނެ އެވެ.
ނެސްލޭ އިން މި އަހަރު ވަނީ ހަކުރުގެ މިންވަރު 30 ޕަސެންޓަށް ދަކޮށްފައިވާ "މިލްކީބާ" ޗޮކްލެޓް ވެސް ލޯންޗްކޮށްފަ އެވެ.
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ
އެމްޕޮކްސްގެ ނުރައްކާ އާންމުވެއްޖެ ކަމަށް ކަނޑައަޅައިފި
އެމްޕޮކްސްގެ ނުރައްކަލާ މެދު ގޮތެއް ނިންމަނީ
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ދޫނި ރޯގާ ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު!
"ވެކްސިނުން 154 މިލިއަން ފުރާނަ ސަލާމަތްވި"
ފަސޭހައިން އުފެއްދޭ ކޮލެރާ ވެކްސިނަކަށް ހުއްދަ ދީފި
ޅަފަތުގައި ކުދިން މަރުވާ ރޭޓަށް ރެކޯޑް ދަށްވުމެއް