25 ޖުލައި 2016
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ސްކޫލް ބާވެ ގިނަ ގެއްލުންތަކެއް ލިބިފައިވާތީ، ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުން އައި ދަރިވަރުން މިއަހަރުން ފެށިގެން ކިޔަވަމުން އަންނަނީ، ވެލާނާގޭ ކައިރީގައި ހަދާފައި ހުރި ވަގުތީ އިމާރާތުގަ އެވެ.
އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް ވިދާޅުވީ އެ ސްކޫލު އަޅާނެ ބަޔަކު ހޯދަން އިއުލާން ކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި އަދި އެ އިމާރާތް އަޅާނެ ގޮތުގެ މަޝްވަރާތައް ވެސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް--މިހާރު ފޮޓޯ
އޭނާ ވިދާޅުވީ ދަރުމަވަންތައިގެ އިމާރާތް މިއަހަރު ތަޅާލާނެ ކަމަށާއި އަދި ކުރެހުމުގެ މަސައްކަތް ވެސް މި އަހަރު ކުރާނެ ކަމަށެވެ.
"އަންނަ އަހަރު މަސައްކަތް ފަށާނީ. ކުރެހުމާއި ބިން ސާފުކުރުން ފަދަ މަސައްކަތް އޮންނާނެ. އެއީ ވަރަށް ގިނަ ވަގުތު ނަގާ ކަންކަން،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި ދަރުމަވަންތަ ސްކޫލުގައި ފަހުން ހެދި ހޯލް ފިޔަވައި ހުރިހާ ތަނެއް ތަޅާލާނެ އެވެ. އަދި އެ ހޯލް މަޖީދިއްޔާ ސްކޫލަށް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރުމަވަންތައިގެ ބާ އިމާރާތުގައި 40 ކްލާސް ރޫމް ހުރެ އެވެ. އެތަނުގައި ގާތްގަނޑަކަށް 1000 ދަރިވަރުން ކިޔެވި އެވެ.
ކްލާހުގައި ކުދިން ކިޔަވަން ތިއްބާ ފަންކާއެއް ވެއްޓިއްޖެ
ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމުތައް އޭސީކޮށްފި
އިބްރާހިމް އިސްމާއިލް: ދައުލަތުގެ ވަފާތެރިއެއް
ދ.ތައުލީމީ މަރުކަޒުގެ ކްލާސްރޫމު ނިންމަން ހަވާލުކޮށްފި
ތައުލީމީ ނިޒާމުގައި ވެސް ބާރުގަދައީ ގޭންގު؟
ދަރިވަރަށް ހަމަލާދިނީ ގޭންގަކަށް ނިސްބަތްވެއޭ ބުނެފައި!
ދެ ހަމަލާ އިން އަނެއްކާވެސް ބިރުވެރިކަމެއް!
ޒަހަމްވި ކުއްޖާ އަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި
ސްކޫލު ގައިޑް - ބައެއް ދަރިވަރުންގެ ދުލުން
އިންޓަނޭޝަނަލް ސްކޫލުތަކަށް ސްޓޭޝަނަރީ ދިނުން ހުއްޓާލަނީ