10 މެއި 2018
މެލޭޝިއާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި، އެ ގައުމުގެ ރައްޔިތުން ކޮރަޕްޝަނާ ދެކޮޅަށް ވޯޓު ދިނުމަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި، އެ ގައުމުގެ ރައްޔިތުން ކޮރަޕްޝަނާ ދެކޮޅަށް ވޯޓު ދިނުމަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގެ އިންތިޚާބުގައި، ބޮޑުވަޒީރު ނަޖީބު ރައްޒާގާ ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވީ، 22 އަހަރު ވެރިކަން ކުރެއްވުމަށް ފަހު 2003 ގައި ރިޓަޔާ ކުރެއްވި ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދެވެ. ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ޕާޓީ ދޫކޮށްލައްވައި އިދިކޮޅު ކޯލިޝަނުން އިންތިޚާބަށް ނުކުމެވަޑައިގަތް މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓްގެ 121 ގޮނޑި ކާމިޔާބުކޮށް ސާފު އަޣުލަބިއްޔަތު ހޯދައިފަ އެވެ.
މިއީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެ އިން ވެސް ފެންނާނެ މަންޒަރެއް ކަމަށާއި، މި ސަރުކާރުގެ ކޮރަޕްޝަން އަމަލުތަކަށް ދިވެހިން ނޫނެކޭ ބުނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި ވާހަކަތަކާ ގުޅިގެން ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީނަށް ހޮވަން ވޯޓު ދޭންވީ ކޮރަޕްޝަނާ ދެކޮޅަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށްޓަކައި ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޓް ކޮންމެ މީހަކު ވަނީ ޝަރީއަތްކޮށް ޖަލު ގޮޅި އަށް ފޮނުވާފައި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
Malaysia Raiyyithun Corruption aai dhekolhah vote Dhinun eiee Varah Ufaaveri Khabareh. Kuriah oiy Riyasee Inthikhaabuga #RY2018 ah dhevana dhaurakah Vote dheyn vee eh sababakee ves eie, ehenee, Corrupt Konmme meehaku RY verikamuga Shareeaiy koh Jaluga golhiah fonuvifa vaathy.
— Ahmed Nihan (@ahmed_nihan) May 10, 2018
ނިހާންގެ ޓުވީޓް.
ކޮރަޕްޓް މީހުން ޖަލަށް ލާފައިވާ ކަމަށް ނިހާން ވިދާޅުވިއިރު، މި ސަރުކާރުގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ ދިގު މުއްދަތަކަށް ޖަލަށް ލައިފަ އެވެ. އެއާއެކު މި މައްސަލައިގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ވަނީ ޖަލަށް ލައިފަ އެވެ.
އެމްއެމްޕީއާރުސީގެ މި ޚިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެމަނިކުފާނު ވަނީ އެ ހުރިހާ ތުހުމަތެއް ދޮގު ކުރައްވައިފަ އެވެ.
މަހާތީރުގެ ކާމިޔާބީ އަށް މަރުހަބާ ކިޔައި، އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި މެލޭޝިއާގެ އިންތިހާބަކީ ރާއްޖެ އަށް އިބްރަތްތަކެއް ލިބިދޭ ފިލާވަޅެކެވެ. ބޮޑުވަޒީރުގެ ކޮރަޕްޝަނާ ދެކޮޅު ހަދައި، ނާއިންސާފުގެ މައްޗަށް ރައްޔިތުން ކުރި ހޯދާފައިވާ އިރު، ކުރިއަށް އޮތް އިންތިހާބުގައި ރާއްޖޭގައި ވެސް އެކަން ތަކުރާރުވާނެ ކަމަށް އިދިކޮޅުން ބުންޏެވެ.
އިންތިހާބުން ބަލިވި ނަޖީބަށް، ސިޔާސީ ގޮތުން ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށް ވީ އިންވެސްޓްމަންޓް ބޭންކް 1އެމްބީޑީގެ ބޮޑު ކޮރަޕްޝަނެވެ. އެ ބޭންކުގައި އޮންނަ، ނަޖީބުގެ އަމިއްލަފުޅު އެކައުންޓަކަށް 700 މިލިއަން ޑޮލަރު ޖަމާކޮށްފައިވެ އެވެ. އެ ފައިސާގެ މައްސަލަ ބޮޑުވުމުން ނަޖީބް ވިދާޅުވެފައި ވަނީ އެއީ ސައުދީ އަރަބިއްޔާ އިން ދިން ހަދިޔާއެއް ކަމަށެވެ. އަދި ސައޫދީން ވެސް ފަހުން ވަނީ އެ ކަމަށް އެއްބަސްވެފަ އެވެ.
މަހާތިރުގެ ކާމިޔާބީއަކީ ގައުމު ބިނާކުރުން: ރައީސް
މެލޭޝިއާއިން އެނގުނީ ތަރައްގީ ބޭނުންވާކަން: ޚަލީލް
ފައިސަލްގެ އައިނު ހައްދަން ބަޖެޓުން 72،000ރ
ޔާމީން، ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފި
"ޔާމީން ހައްޔަރު ކުރެވިދާނެ، ފިކުރެއް ނުފޮހެވޭނެ"
ރައީސްގެ ހުށަހެޅުންތަކާއެކު މައުމޫން، މަހާތިރު އަރިހަށް
މަހާތީރުގެ ދައުވަތަކަށް މައުމޫން މެލޭޝިއާ އަށް
އިންތިހާބުގައި ނަމޫނާއަކަށް ނަގަންވީ މެލޭޝިއާ: ފައިސަލް
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިދިކޮޅު އިއްތިހާދުގެ ޖަގަހައެއް މެލޭޝިއާގައި ހުޅުވައިފި