Roadha Mihaaru
ރައީސްގެ ހުށަހެޅުންތަކާއެކު މައުމޫން، މަހާތިރު އަރިހަށް

ރައީސްގެ ހުށަހެޅުންތަކާ އެކު މައުމޫން، މަހާތިރު އަރިހަށް

15 ފެބުރުއަރީ 2019

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދާ މިއަދު ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައެއް ކަންކަން ހުށަހަޅުއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދާ މިއަދު ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައެއް ކަންކަން ހުށަހަޅުއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ރައީސް މައުމޫން ވަނީ މަހާތިރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ވެސް އަރުވައިފަ އެވެ. އެ ދައުވަތު މަހާތިރު ވަނީ ގަބޫލުފުޅު ކުރައްވައިފަ އެވެ.

މެލޭޝިއާގައި ދިވެހިންނަށް ދިމާވާ ވިސާގެ ދަތިކަން ހައްލު ކޮށްދެއްވުމަށް ވެސް ރައީސްގެ ފަރާތްޕުޅުން މައުމޫން ވަނީ މަހާތިރުގެ އަރިހު އެދިވަޑައިގެންފަ އެވެ.

މައުމޫނާއި މަހާތިރު ބައްދަލު ކުރެއްވުން--

މައުމޫނާއި މަހާތިރު ބައްދަލު ކުރެއްވުން--

މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނީ އެ ބައްދަލު ކުރެއްވުމުގައި މަހާތިރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އާއި މެލޭޝިއާ އަށް ސިޔާސީ ގޮތުން ދިމާވެފައި ވަނީ އެއްކަހަލަ ކަންތައްތަކެއް ކަމަށް ވިދާޅުވި ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ކޯލިޝަން ސަރުކާރަކަށްވާއިރު އިސްލާހީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި ތިމާވެއްޓާއި ދުނިޔެ ހޫނުވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އެމްއާރުއެމުން ބުނެ އެވެ.