މެލޭޝިއާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުން، އުމުރަކީ މައްސަލައެއް ނޫންކަން ސާބިތުކޮށްދީފި ކަމަށާއި މިއީ ދިވެހިރާއްޖެއަށް ފިލާވަޅެއް ކަމަށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
10 މެއި 2018
މެލޭޝިއާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުން، އުމުރަކީ މައްސަލައެއް ނޫންކަން ސާބިތުކޮށްދީފި ކަމަށާއި މިއީ ދިވެހިރާއްޖެއަށް ފިލާވަޅެއް ކަމަށް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވަހީދު މިހެން ވިދާޅުވީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އުމުރުން 92 އަހަރުގައި އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއަށް އިޝާރާތްކުރައްވަ އެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ކޮރަޕްޝަންގެ މައްސަލަތަކާ ހެދި ޕާޓީ ދޫކޮށްލައްވައި އިދިކޮޅު ކޯލިޝަނަކާ އެކު ނިކުމެވަޑައިގަތް މަހާތީރުގެ ޕަކަރަން ހަރަޕަން ކޯލިޝަނުން ވަނީ ޕާލަމެންޓުގެ 113 ގޮނޑި ކާމިޔާބުކޮށް އަޣުލަބިއްޔަތު ހޯދައިފަ އެވެ. އެއާ އެކު، މެލޭޝިއާ އަށް މިނިވަންކަން ލިބުނީއްސުރެ ވެރިކަންކުރަމުން އަންނަ ޕާޓީ އަށް ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިވެ މަހާތީރު ވެފައި ވަނީ އިންތިހާބީ އެންމެ ދޮށީ ލީޑަރަށެވެ.
ވަހީދުގެ ޓްވީޓްގައި އިޝާރާތްކުރައްވާފައި ވަނީ 65 އަހަރުން މަތީގެ މީހުންނަށް ރާއްޖޭގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަށް ކަމަށް ބެލެވެ އެވެ. އެހެންވެ، ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރުވެސް ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތެއް މިހާރަކު ނޯންނާނެ އެވެ.
Congratulations to Dr. Mahathir and his coalition. Malaysia proves age should not be a factor. Maldives must learn. pic.twitter.com/RGXxZUXzfu
— Mohamed Waheed (@DrWaheedH) May 10, 2018
މަހާތީރަށް މަރުހަބާ ދަންނަވައި ވަހީދު ކުރެއްވި ޓްވީޓް
މަހާތީރު 1981 އިން 2003 އަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު މަގާމު ދޫކޮށްލެއްވީ އަމިއްލަފުޅަށެވެ. ނަމަވެސް އަލުން ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތީ ޕާޓީ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބޮޑުވުމުން، ގައުމުގެ ޝަރަފު އަލުން ހޯދަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ.
ސިޔާސީ ގޮތުން ނަޖީބަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށް ވީ އިންވެސްޓްމަންޓް ބޭންކް 1އެމްބީޑީގެ ބޮޑު ކޮރަޕްޝަނެވެ. އެ ބޭންކުގައި އޮންނަ، ނަޖީބުގެ އަމިއްލަފުޅު އެކައުންޓަކަށް 700 މިލިއަން ޑޮލަރު ޖަމާކޮށްފައިވެ އެވެ. އެ ފައިސާގެ މައްސަލަ ބޮޑުވުމުން ނަޖީބް ވަނީ އެއީ ސައުދީ އަރަބިއްޔާއިން ދިން ހަދިޔާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސައޫދީން ވެސް ފަހުން ވަނީ އެގޮތަށް ބުނެފަ އެވެ.
މެލޭޝިއާއިން އެނގުނީ ތަރައްގީ ބޭނުންވާކަން: ޚަލީލް
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ: ނަޝީދު
މުޖުރިމުންނަށް ރާއްޖޭގައި ޖާގައެއް ނެތް: ރައީސް ޔާމީން
މައުމޫންގެ އިސްލާހީ މަސައްކަތާ ސައުދު ގުޅިއްޖެ
މިއީ ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުމެއް!
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!