ގައުމާއި ރައްޔިތުންނަށް ގެއްލުންދީ، އަމާންކަމާއި ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ބޮޑެތި މުޖުރިމުންނަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
12 މެއި 2018
ގައުމާއި ރައްޔިތުންނަށް ގެއްލުންދީ، އަމާންކަމާއި ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ބޮޑެތި މުޖުރިމުންނަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އަލިމަސްކާނިވަލްގައި ބޭއްވި "ހެސްކިޔާފައި" ޖަލްސާގައި ރައީސް ޔާމީން ވަނީ، އިދިކޮޅު ލީޑަރުން އިސްލާހުގެ ނަމުގައި ފަށާފައިވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ. ގައުމުގެ އިސްލާހަށް ކަމަށް ބުނެ ކޯލިޝަން ހަދައިގެން، އިދިކޮޅު ފަރާތްތަކުން އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށް ރައީސް ވިދާޅުވި އެވެ.
ލީޑަރުންގެ "މަވެތިކަން" ނުވަތަ ޒާތީ ކަންތައްތަކެއް ހާސިލްކުރަން ކުރާ މަސައްކަތުގެ ތެރޭގައި ކުރާ ޖިނާއީ ކުށްތަކަކާ ގުޅިގެން، ނިޒާމް އަރާ ހަމަކުރުމުން، އުސޫލުތައް ކަމުނުގޮސްގެން ވާހަކަ ދައްކަވަމުން ދާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"ލީޑަރުން މި ދައްކަވާ ވާހަކަތަކުގެ ތެރޭގައި، ދިވެހިރާއްޖެ އަށް އިސްލާހު ގެންނަން އުޅޭ ކަމަށް ދައްކާ ވާހަކަ އަޅުގަނޑުމެން ބަލައިގަންނާނީ ކިހިނެއްތޯ؟ ފުރަތަމަ ކަމަކަށް ކޮންމެ މީހަކު ގަބޫލުކުރަން ވާނެ އެ މީހާގެ މައްޗަށް ނިޒާމް ހިނގަންވާނެ ކަން. އެ ނިޒާމަކީ، އެންމެ ފުރަތަމަ އެ މީހާ ގަބޫލުކުރާ ނިޒާމަކަށް ނުވާނަމަ، އެ ނިޒާމަށް ކީއްވެގެންތޯ އެހެން މީހަކު ތަބާވާން ޖެހޭނީ،" ގިނަ އަދަދެއްގެ ބަޔަކުު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ސުވާލު ކުރެއްވެވި އެވެ.
ރައީސް ވިދާޅުވީ ޒަމާނުއްސުރެން ރާއްޖޭގައި ކަންކަން ކުރަމުން އައި އުސޫލު ކަމުނުގޮސްގެން ހައްގުތަކާއި ތަރުތީބުތައް ކަނޑައަޅާފައިވާ ގާނޫނުއަސާސީ އަށް 2008 ގައި އަމަލުކުރަން ފެށީ ހިންގުމުގެ ނިޒާމް ރަނގަޅު ކުރަން ކަމަށެވެ. އެ ބަދަލާއެކު، ރައީސުލްޖުމްހޫރިއްޔާ ޒިންމާދާރުކުރުވައި، އެމަނިކުފާނަށް ދެ ވަނަ ދައުރެއް ނުދިނުމުގެ އިހްތިޔާރު ވެސް ރައްޔިތުންނަށް ދީފައި އޮތް ކަން ފާހަގަކުރެއްވި އެވެ.
ޔާމީން
އާ ގާނޫނުއަސާސީއާ އެކު އެތައް ބަދަލުތަކެއް ރާއްޖޭގައި ފެނިގެން ހިނގައްޖެ ކަމަށާއި ކުރު ވާހަކައެއްގެ ގޮތަށް އެ ބަދަލުތައް އަމުނާލައި ސިފަކޮށްލާއިރު، ގައުމަށް ހެޔޮއެދިގެން މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރަކު ނެތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"މިއަދު ކޮބައިތޯ ލީޑަރެއް ވިދާޅުވާ، އެންމެ ފުރަތަމަ ގައުމު. އިދިކޮޅުގައި ހުންނެވި އެންމެ ލީޑަރަކަށް ވެސް ވިދާޅުވެވޭނެތޯ؟ ކޮންމެ ލީޑަރަކު އެ ހުންނެވީ ގާނޫނީ ހުކުމެއް އައިސްގެން އެ ހުކުމުން ބަރީއަވާން ކޮންމެވެސް ބަހަނާއެއް ދައްކާފައި ރާއްޖެ އިން ބޭރުގައި،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ކޮބައިތޯ އެންމެ ފުރަތަމަ ގައުމު؟ ކޮބައިތޯ ނިޒާމްތައް؟ ކޮބައިތޯ ޑިމޮކްރަސީ. އުސޫލްތަކާ އެއްގޮތަށް އުޅެން ބޭނުން ނުވާ މީހުން ހައްތަހާވެސް މިތިބީ."
މި ހާލަތުގައި ތިއްބެވި ބޭފުޅުންތަކަކަށް ގައުމަށް ހަމަހަމަކަން ގެނެސް، އިސްލާހު ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައި، އޭގެ ޖަވާބުގައި ވިދާޅުވީ އެ ގާބިލްކަމެއް އެ ލީޑަރުންގެ ކިބައިގައި ނެތް ކަމަށެވެ. އެ ބޭފުޅުން އިސްކުރައްވަނީ "މަވެތިކަން" ކަމަށް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ގައުމު، މޮޓޯއާ އެކު އިސްލާހުގެ ވާހަކަފުޅު ދައްކަވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ޑިމޮކްރަސީ އާއި ނިޒާމްތައް ހަރުދަނާކުރަން އަޑުއުފުއްލަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ވޭތުވެދިޔަ ސަރުކާރުތަކުގައި ރައްޔިތުންނަށް ކުރިމަތިލާން ޖެހުނީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ހިތްދަތިކަމާއި މާޔޫސްކަމެވެ. އެ އަނދިރި ދުވަސްތަކުން ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުއްމީދު ގެނެސްދޭން އަމާޒަކާ އެކު އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ފެށުމުން، ކުރިމަތިވެވަޑައިގެންނެވީ އަމިއްލަ މަސްލަހަތު އިސްކުރެއްވި ސިޔާސީ ލީޑަރުންތަކެއް ކުރިމަތިކުރެއްވި އުނދަގޫތަކަކާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ކޮން ލީޑަރެއްތޯ ރިފޯމް ގެންނެވީ؟ އަދި އެ ބޭފުޅަކު ގައުމު ދޫކޮށްފައި ވަޑައިގެންނެވިއިރު، އެ ބޭފުޅަކު ދޫކޮށްލައްވާފައި ދިޔަ އަގު ބޮޑު ތަރިކައެއް އަޅުގަނޑުމެންނަށް ހިފެން އެބައޮތްތޯ؟ އަދި ދޫކޮށްލެވި އެއްޗެއް ދޫކޮށްލެވިއިރު ދެން އެ ބޭފުޅަކު މޭޒުގެ އެހެން ހިސާބެއްގައި އިންނަވަން ޖެހުނީމަ އަމަލުކުރައްވާ ގޮތުން، ދެން އެއާ ދޭތެރޭގައި އަޅުގަނޑުމެން، އިހްލާސްތެރިކަން އޮތީ ކިހާ މިންވަރަކަށްތޯ ސުވާލު ކުރަން ޖެހޭނެ."
ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުން ވެސް އެހެން ރައްޔިތުންނެކޭ އެއްގޮތަށް ނިޒާމްތަކަކަށް ތަބާވާން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެ ލީޑަރުންގެ ވެރިކަމުގައި ގެއްލުނު ހައްގުތައް އިޔާދަވެއްޖެތޯ ސުވާލުކުރުމުގެ ބަދަލުގައި އެމަނިކުފާނުގެ ސަރުކާރަށް ސުވާލު އަމާޒުކުރަނީ ޖަލުގައި މިވެނި މީހަކު ހުންނަން ޖެހޭ ސަބަބާ ގުޅޭ ގޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މީހަކު ޖަލުގައި އިންނަން ޖެހޭ ސަބަބަކީ، ސަމާސާ މިސާލަކަށް ދަންނަވަނީ ނަމަ، ޖަލު ހެދިފައި ހުރީމަ. ...އެހެންވީމަ އެ މީހުންގެ ހައްގުތައް ގެއްލިގެން އުޅޭ ވާހަކަ އަޅުގަނޑުމެން ނުދައްކަމާތޯ،" ރައީސް ވިދާޅުވި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން: ވަރަށް ގިނަ ބަޔަކު މި ޖަލްސާ އަށް ދިޔަ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ދަތިވެފައިވާ މައްސަލަތަކަކަށް ހައްލު ހޯއްދައިދެއްވަން އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެެއްވުމަށެވެ. އެމަނިކުފާނާ އެކު އެ މަސައްކަތުގައި އެއްބާރުލުން ދެއްވި ލީޑަރުން، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ވިދާޅުވީ، ގައުމާއި ރައްޔިތުންނަށް ހެޔޮނިޔަތެއް އެ ބޭފުޅުންގެ ނެތް ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި ވިދާޅުވީ ފަހުތަޅާލުންގަނޑު ތަޅާނީ ވެސް ޑިމޮކްރަސީ ނެތިގެން އެ ވާހަކަ ދައްކާ މީހުން ކަމަށެވެ.
"ތިން އަހަރުގެ ހުކުމްގައި ތިއްބެވި ބޭފުޅުން، އެ އަށް ވުރެ ދިގު މުއްދަތުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ. އެ ބޭފުޅުންގެ ތެޅުންގަނޑު އޮންނާނީ މިތަނަކު ނޫން، އެ ބޭފުޅުން ތިއްބެވި ކަރަކަރައިގައި. އަޅުގަނޑުމެން މިތިބީ އެ ތެޅުންގަނޑު ބަލާލަން،" ރައީސް ވިދާޅުވި އެވެ.
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
ނަޝީދަކީ "ސަރަހައްދީ މުސީބާތަކަށް" ވެއްޖެ: ސައީދު
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
ނަޝީދަށް ވުރެ ގާސިމް ގައުމަށް ހެޔޮއެދޭނެ: ނިހާން
ޝަހުސް އޮޅުވާލީ ޕީޕީއެމް ހައިޖެކްކުރި މީހުން: މައުމޫން
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ: ނަޝީދު
ގާސިމް ބަންދުކުރިއަސް ގާނޫނީ އިމަށް ވެރިކަން އެނބުރޭނެ
މައުމޫނާއި ގާސިމް މަސައްކަތް ކުރަނީ ހަމަޖެހުން ނަގާލަން
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!