ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމު އިސްލާހު ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅާ ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިރޭ ގުޅިވަޑައިގެންފި އެވެ.
02 އެޕްރީލް 2017
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގައުމު އިސްލާހު ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅާ ވިލިގިނގީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ސައުދު ހުސެއިން މިރޭ ގުޅިވަޑައިގެންފި އެވެ.
މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރައްވާ އިސްލާހީ މަސައްކަތާ ގުޅިވަޑައިގެން، މައުމޫން ފަޅީގައި ތިއްބެވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާ ސައުދު މިރޭ ވަނީ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހިމެނިވަޑައިގަންނަވަ އެވެ.
ވެރިކަން ކުރާ ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރޭގައި ވެސް ރައީސް އަބްދުﷲ ޔާމީނާ އެކު ހުންނެވުމަށް ފަހު މައުމޫން ފަޅި އަށް އެރުއްވީ، ސައުދު ވިދާޅުވި ގޮތުގައި، މައުމޫނާ މެދު ގަބޫލުކުރައްވަން ދަތި އަމަލުތަކެއް ހިންގަމުންދާތީ އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ސިޔާސީ މިސްރާބު ހަލަބޮލިވަމުން އަންނައިރު ރާއްޖޭގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނަށް މިހާރު އެއްވެސް ހައިސިއްޔަތެއް މި ގައުމުގައި ނެތް ކަމަށެވެ. އެއީ ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ނެތް ބުނެވޭކަށް 30 އަހަރު ވެރިކަމުގެ ތެރޭގައި ތައުލީމީ ދާއިރާ ކުރިއެރި ވާހަކަ. ބުނެވޭކަށް ނެތް ސިއްހީ ދާއިރާ އަށް ރައީސް މައުމޫން ގެނެސްދެއްވި ކުރިއެރުންތަކުގެ ވާހަކައެއް ވެސް. ގައުމަށް ހިދުމަތް ކުރެއްވި ހިދުމަތްތެރިންގެ އަގު ވަޒަންކުރަން ޖެހޭ،" ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅުން އެއްކައިރިކޮށްފައި އެ ބޭފުޅުންގެ ނަން ފޮހެލައި ރައްޔިތުންނާއި ގައުމަށް ވެސް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތެވެ. ގައުމަށް ހަމަޖެހުން އޮތީ، ހިދުމަތްތެރިންގެ އަގު ވަޒަންކޮށްގެން ކަމަށް ސައުދު ދެކެވަޑައިގަންނަވަ އެވެ.
ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި، ކުރިއަށް އޮތް ތަނުގައި އޭނާ ވޯޓު ދެއްވާނީ ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ. ވަކި ބޭފުޅަކު އަންގަވާ ގޮތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވޯޓުތަކުގައި އަޅުގަނޑު ދެން އިސްކުރާނީ ރައްޔިތުންގެ އިހްސާސްތައް،" މައުމޫންގެ މަންމާފުޅުގެ އާއިލާ ނިސްބަތްވާ ވިލިނިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ގައުމުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ސުލޫކީ މިންގަނޑާ ހިލާފަށް، ފަނޑިޔާރުން މަގުމަތީގެ ހަރަކާތްތަކުން ފެނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް ސައުދު ވިދާޅުވި އެވެ. އެކަންކަމާ މެދު ބަސްބުނާ މީހުންނަށް ބިރުވެރިކަން އޮތްއިރު، ވަކި ޖަގަހައަކަށް ނުވަންނަން ކޮންމެ މީހަކީ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ހަރަކާތްތަކުން ޚަލީލް "ގެއްލިއްޖެ"!
މިއީ ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުމެއް!
އެ ބޮޑު ގޯހަށް ފަހު އެމްޑީޕީން އަނެއް ކޮޅަށް!
ޔާމީން ދިން އަނިޔާ އަށް މާފެއް ނެތް: ޖާބިރު
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި
އިދިކޮޅު ޕާޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފި
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
މުޖުރިމުންނަށް ރާއްޖޭގައި ޖާގައެއް ނެތް: ރައީސް ޔާމީން
މެލޭޝިއާގެ އިންތިހާބަކީ ރާއްޖެއަށް ފިލާވަޅެއް: ވަހީދު
މައުމޫން، ޖަލުގައި 50: "ނާތަހުޒީބު އަމަލެއް؟"