Roadha Mihaaru
ޝަނޫން ޓީވީއެމުން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ނިންމައިފި

ޓީވީއެމުން ޝަނޫނުން ވަކިކުރީ ގަވާއިދާ ޚިލާފަށް ކަމަށް ނިންމައިފި

08 މެއި 2018

ޕްރެޒެންޓަރު މުހައްމަދު ޝަނޫން ޓީވީއެމްގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭގެ ގެއްލުމުގެ ބަދަލު އޭނާ އަށް ދިނުމަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕްރެޒެންޓަރު މުހައްމަދު ޝަނޫން ޓީވީއެމްގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި އޭގެ ގެއްލުމުގެ ބަދަލު އޭނާ އަށް ދިނުމަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

ޓީވީއެމްގެ ޕްރޮޑިއުސަރުގެ މަގާމުގައި ހުރި އަދި ޓީވީއެމްގައި މަސައްކަތް ކުރާތާ 13 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ޝަނޫން ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކުރީ މިދިޔަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާ ވަޒީފާ އިން ވަކިކުރީ އަހަރީ ޗުއްޓީ ނުދީގެން ލޭބާ ރިލޭޝަން އޮތީރިޓީ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

Shanoon PSM in kandaalaiffi

Shanoon PSM in kandaalaiffi

The most trusted news source in the Maldives

Mihaaru

ޝަނޫން ޓީވީއެމްއިން ވަކިކުރުން-

ވަޒީފާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ޝަނޫން ހުށަހެޅި މައްސަލާގައި ޓްރައިބިއުނަލުން ނިންމާފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 61،373ރ. ޕީއެސްއެމުން އޭނާ އަށް ދިނުމަށެވެ. އެ ނިންމުމުގައިވާ ގޮތުން، ގެއްލުމުގެ ބަދަލަށް ޝަނޫނަށް ފައިސާ ދޭން ޖެހެނީ ކުރިއަށް އޮތް 20 ދުވަހުގެ މުއްދަތުގެ ތެރޭގަ އެވެ.

ވަޒީފާ އަނބުރާ ހޯދުމަށް ޝަނޫން އެދިފައިވީ ނަމަވެސް އަމުރުގައި ބުނެފައި ވަނީ އޭނާ ވަޒީފާ އިން ވަކިކުރުމުގައި ދިމާވި ކަންކަމުގައި ޝަނޫންގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު، ވަޒީފާ އަލުން ރުޖޫއަ ކުރުމަކީ އެންމެ އަދުލުވެރި ކަމެއް ކަމަށް ނުފެންނަ ކަމަށެވެ.

ނޯޓިސް ދިނުމެއް ނެތި ޝަނޫން ވަޒީފާ އިން ވަކި ކޮށްފައިވާއިރު، އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ އޭނާ ނުކުރާ މަސައްކަތަކަށް އިތުރު ގަޑީގެ ފައިސާ ނެގުމާއި މަސައްކަތައް ފަރުވާ ކުޑަކުރުމުގެ އިތުރުން ގަސްދުގައި އޮފީހަށް ސަލާމް ބުނުމެވެ.

ނަމަވެސް އެ ކަންކަން ސާބިތު ނުވާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން ޝަނޫނާ ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާ ކަން އަމުރުގައި ފާހަގަކޮށްފައި ވެ އެވެ.

ޝަނޫނަކީ އާންމުންގެ މެދުގައި މަޝްހޫރު ގިނަ ޕްރޮގްރާމްތަކެއް ޓީވީއެމްގައި ޕުރޮޑިއުސް ކޮށް ޕްރެޒެންޓް ކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި ބޮޑުބެރު ޗެެލެންޖާއި އުރީދޫ މަސް ރޭސް އަދި ތޯތޯ ފަދަ ޕްރޮގްރާމްތައް ހިމެނެ އެވެ.