21 ސެޕްޓެމްބަރ 2022
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕީއެސްއެމުން އެކި ފަރާތްތަކާ މަސައްކަތް ހަވާލުކުރަން ޖެހޭނީ "ކާށިއަޅަން ރުކަށް އަރާނެ މީހަކު ހޯދާ އުސޫލުން ނޫން" ކަމަށް ބުނެ، އެ ކުންފުނިން އަމަލުކުރާ ގޮތާ މެދު ހައި ކޯޓުގެ ހުކުމެއްގައި މިއަދު ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕީއެސްއެމުން އެކި ފަރާތްތަކާ މަސައްކަތް ހަވާލުކުރަން ޖެހޭނީ "ކާށިއަޅަން ރުކަށް އަރާނެ މީހަކު ހޯދާ އުސޫލުން ނޫން" ކަމަށް ބުނެ، އެ ކުންފުނިން އަމަލުކުރާ ގޮތާ މެދު ހައި ކޯޓުގެ ހުކުމެއްގައި މިއަދު ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ޕީއެސްއެމުން ހިންގާ ޓީވީއެމްގެ އިމާރާތުގެ ތެރޭގައި 2018 ވަނަ އަހަރު ޕޮލިސް ޕޯސްޓެއް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ހެދި ކަމަށް ބުނެ 2.3 މިިލިއަން ރުފިޔާ ހޯދަން 2019 ވަނަ އަހަރު އެ ފަރާތުން އެދުމުން އެ ފައިސާ ދޭން ޕީއެސްއެމުން ދެކޮޅު ހެދީ އެކަމާ ބެހޭ ލިޔުންތައް އެ ކުންފުނީގައި ނެތުމުންނާއި އެފަދަ ތަނެއް އިމާރާތް ނުކުރާ ކަމަށް ބުނެ އެވެ.
އެކަމަކު އެ ފަރާތަށް ޕީއެސްއެމުން ދޫކުރި ކަމަށް ބުނާ އިމަޖެންސީ ހާލަތުގައި މަސައްކަތް ހަވާލުކުރި ކަމުގެ ލިޔުމެއް ކޯޓަށް ހުށަހަޅާފައި އޮތެވެ. ސިވިލް ކޯޓުން ނިންމާފައި އޮތީ އެ މަސައްކަތް ހަވާލުކުރިކަން އެނގޭނެ ހެއްކެއް ނެތުމުން އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ. ހައި ކޯޓުން ވެސް މިއަދު ނިންމީ އެ ހުކުމް ރަނގަޅު ކަމަށެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން މަޒީދު ލިޔުއްވާފައިވަނީ ޕީއެސްއެމަކީ ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ހިންގާ ތަނަކަށް ވާއިރު، އެ ތަނުގެ ފައިސާއާ ބެހޭ ކަންކަން ހިނގަން ޖެހޭނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.
އެކަމަކު އެ ކުންފުނީގެ ފަރާތުން ފައިސާ ހޯދުމުގެ އިތުރު ހަތަރު މައްސަލައެއް ހައި ކޯޓުގައި މިހާރު ވެސް އެބައޮތްކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ބިގް ކުންފުނީގެ މައްސަލަ ވެސް ފާހަގަ ކުރައްވައި، ފަނޑިޔާރު ހުސައިން މަޒީދު ލިޔުއްވާފައިވަނީ ޕީއެސްއެމުން އެކި ފަރާތްތަކާ މަސައްކަތް ހަވާލު ކުރަންވާނީ ކާށި އަޅަން މީހުން ހޮވާ އުސޫލުން ނޫން ކަމަށެވެ.
"ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން އެކި ފަރާތްތައް މެދުވެރިކޮށް ހޯދާ ހިދުމަތްތަކަކީ ވިޔަފާރިވެރިއަކު ކޮންޓެއިނާ އެއް ހުސްކުރުމަށް ނުވަތަ ފިހާރައަކަށް މުދާ ވައްދަން މަގުމަތިން މަޖޫރީއަކު ހޯދާހެން ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ،" ފަނޑިޔާރު މަޒީދުގެ ރައުޔުގައިވެ އެވެ.
"އެހެން އިބާރާތަކުން ބުނާ ނަމަ، މީހަކު އޭނާގެ ގޯތީގައި ހުރި ރުކަކުން ކާށިއަޅަން ރުކަށް އަރައިދޭނެ މީހަކު ހޯދާ ފަދައަކުން ކުރެވިދާނެ ކަމެއް ކަމުގައި ނުދެކެމެވެ."
ފަނޑިޔާރު މަޒީދު ލިޔުއްވާފައިވާ ގޮތުން ޕީއެސްއެމްގެ އިސްވެރިން ބޭނުންހާ ގޮތަކަށް ފައިސާ ހަރަދުކޮށް، މުއާމަލާތް ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ އެވެ. އެފަދަ ކަމެއް ކުރީ އެ ތަނުގެ ވެރިއަކު ކަމަށް ވިޔަސް ނުވަތަ މުވައްޒަަފަކު ކަމަށް ވިޔަސް، ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރު މަޒީދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.
ޕީއެސްއެމްގެ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ މައްސަލައެއްގައި އެ ކުންފުނީގެ ބޯޑާއި އެ ކުންފުނީގެ ކުރީގެ ބައެއް އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ވެސް އިއްޔެ ވަނީ ނިންމައިފަ އެވެ. އެ ކުންފުނި އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން ކުންފުނިތަކުން ދަނީ ދައުވާ ކުރަމުންނެވެ.
ޕީއެސްއެމްގެ އަހަރީ ދުވަހު ކުރީގެ މޫނުތައް
ބިގަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި
ޕީއެސްއެމް: މިނިވަން ވަނީ ގާނޫނުން، އަމަލަކުން ނޫން!
އެމްއެންބީސީގެ ދަރަނި ޕީއެސްއެމުން ދެއްކުމުން ސުވާލު
މަޖިލީހުގެ ރައީސްގެ އިވެންޓްތައް ވެސް ހިލޭ ލައިވް!
42 އަހަރު ވީ ޓީވީ އެންޓަނާ ނަގަނީ
ޕީއެސްއެމުން އެންމެ ރެއަކަށް 83،000ޑޮލަރު ބޭކާރު!
ޚަލީލާއި އިކްރާމާ އެކު ޕީއެސްއެމްގެ ބޯޑު އެކުލަވާލައިފި
ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި
ޕީއެސްއެމްގެ ބޯޑު އައްޔަން ކުރުން ވެސް ރައީސަށް!