10 ޖުލައި 2018
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ގަވަނިން ބޯޑުގައި މިހާރު ތިއްބެވި މެމްބަރުން މަގާމުން ވަކިކޮށް، ބޯޑަށް އާ މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސް އަށް ލިބޭ ގޮތަށް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ގަވަނިން ބޯޑުގައި މިހާރު ތިއްބެވި މެމްބަރުން މަގާމުން ވަކިކޮށް، ބޯޑަށް އާ މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސް އަށް ލިބޭ ގޮތަށް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލުގައި ވަނީ ޕީއެސްއެމް ބޯޑުގެ މެމްބަރުންގެ އަދަދު ހަތަކުން ފަހަކަށް ވެސް ބަދަލުކޮށްފަ އެވެ. މެމްބަރުން އައްޔަން ކުރަން ބޭނުންވާ ނަންތަކެއް ރައީސް، ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހަޅުއްވާތާ 10 ދުވަހުގެ ތެރޭގައި ޕްރައިވަޓައިޒޭޝަން ބޯޑުން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަން ވާނެ ކަމަށް ވެސް އޭގައިވެ އެވެ.
ބޯޑުގައި ތިއްބަވާނީ ޗެއާމަނަކާއި މެނޭޖިން ޑިރެކްޓަރަކާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުންނެވެ. އެކަމަކު މަޖިލިހަށް ނަންތައް ފޮނުއްވާނީ ރައީސެވެ. މިހާރުގެ ބިލްގައި އެ އޮތީ ދައުލަތުގެ މީޑިއާ ހިންގާ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހުން ނެގުމަށް ފަހު ހަމައެކަނި ރައީސަށް ދީފަ އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ އިތުރުން، ބޯޑުގެ ޗެއާމަނަކާއި މެނޭޖިން ޑިރެކްޓަރަކާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަނޑައަޅާނީ ވެސް، ބިލްގައި ވާ ގޮތުން، ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ.
ބިލްގައި ބުނެފައި ވަނީ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ މުއްދަތަކީ ހަތަރު އަހަރު ކަމަށެވެ. ނަމަވެސް އިތުރު ހަތަރު އަހަރަކަށް މެމްބަރުން ބޭތިއްބުމުގެ ބާރު ދީފައިވެ އެވެ. އެގޮތުން ބޯޑުގެ މެމްބަރަކަށް އެންމެ ގިނަ ވެގެން ހުރެވޭނީ އަށް އަހަރު ވަންދެނެވެ.
ޑިރެކްޓަރުންގެ ބޯޑާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރަން ވާނީ އިސްލާމީ އުސޫލުތަކާއި ރިވެތި އާދަކާދަތަކާއި ދިވެހިންގެ ތާރީހާއި ސަގާފަތާއި މިނިވަންކަމުގެ މައްޗަށް ރައްކާތެރިވުމާއި ދިވެހި މުޖުތަމައުގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ހަމަނުޖެހުން އުފެއްދުމަށް ޖާގަ ދިނުމަކާ ނުލައި، މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ބިލުގައިވެ އެވެ.
ބިލުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ޕީއެސްއެމް އަށް ކޮންމެ އަހަރަކު ވެސް ވަކި މިންވަރަކަށް ފައިސާ ދޭން ވާނެ އެވެ. ކުރިން ނަމަ، ޕީއެސްއެމްގެ ބަޖެޓު ކަނޑައަޅާނީ ކޮންމެ އަހަރެއްގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބަޖެޓުގެ ތެރޭގަ އެވެ.
އެމްޑީއޭގެ މެމްބަރު މުހައްމަދު އިސްމާއިލް ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ އެ ކުންފުނި އެކުވަލާލުމުގަ އާއި ހިންގުމުގައި ކުންފުންޏާ ބެހޭ ގާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރޭޓް ކުރުމާއި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ޕީއެސްއެމް ހިމަނާފައި ނެތުން ކަމަށެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނު ބުނާ ގޮތުން ދައުލަތުން ހަރަދުކުރާ އެ މީޑިއާ ހިންގަން ވާނީ ނުފޫޒުން އެއްކިބާވެ އޮވެ، ހަމަހަމަ ކަންމަތީގަ އެވެ. އެކަމަކު ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅު ހަރަކާތުގެ ހަބަރުތައް ގެނެސްނުދޭތީ ފާޑުކިއުން އޮތީ އަމާޒުވެފަ އެވެ.
ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި
ޚަލީލާއި އިކްރާމާ އެކު ޕީއެސްއެމްގެ ބޯޑު އެކުލަވާލައިފި
ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލުވެއްޖެ: އެމްޑީޕީ
ޕީއެސްއެމް: މިނިވަން ވަނީ ގާނޫނުން، އަމަލަކުން ނޫން!
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި
މަޖިލީހުގެ ރައީސްގެ އިވެންޓްތައް ވެސް ހިލޭ ލައިވް!
ޓީވީއެމް ދޫކޮށް ޒިޔާ މަޖިލީހުގެ މީޑިއާ ޑިރެކްޓަރަކަށް
ޓީވީތަކުން ހަމަހަމަ ފުރުސަތު ދޭން ލާޒިމްކުރަނީ
އަމްޖަދު، ބްރޯޑްކޮމް އަށް އައްޔަންކުރަން ފާސްކޮށްފި
އެމްބީސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ކޮމިޓީިއަށް