14 މާޗް 2018
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް ކުރިމަތިލެއްވި ފަސް ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް ކުރިމަތިލެއްވި ފަސް ބޭފުޅެއްގެ ނަން ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރަން ނިންމީ، މިހާރު އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ އެވެ. އެކަމަކު، ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި އަސްލަމްގެ ނަން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފެންނަ ނަމެއް ފާސްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. ރައީސް އިސްކަން ދެއްވި ތަރުތީބުން މި ލިސްޓުގެ އެއްވަނަ ލިބެނީ އަމްޖަދު ވަހީދަށެވެ.
1- އަމްޖަދު ވަހީދު (ވިލާދިސޯސަން، ގއ. ވިލިނގިލި)
2- މުހައްމަދު ޝަމީމް (ހ.ޕްރިޓީވިލާ)
3- މުހައްމަދު ސައުޒަމް (ކީސްވިލާ، ރ. އިނގުރައިދޫ)
4- މުހައްމަދު އަސްލަމް (އާލިއާ، ހއ. ދިއްދޫ)
5- މަޖުދު ރަޝީދު (އޮޓާގޯ، ނ. މަނަދޫ)
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިން ކޮމިޝަންގައި މިހާރު ތިއްބަވަނީ އަސްލަމްގެ އިތުރުން، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މެމްބަރު ޒީނާ ޒާހިރު، ހަސަން ނަބާހު، އައިމިނަތު ސަރާހަތު، ފާތިމަތު ޒައިނާ އަދި އިސްމާއިލް ސޮފްވާނެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަކީ ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެއް ނަމަވެސް ސަރުކާރު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާތީ އޭގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރެ އެވެ. މިނިވަން މީޑިއާގެ މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަކިވަކި މީޑިއާގެ މަސައްކަތަށް ހުރަސްއެޅުމާއި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން، ސިޔާސީ ހަރަކާތްތަކުގައި އުޅޭތީ ފާޑުކިއުން ވެސް ވަނީ އިތުރުވެފަ އެވެ.
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި
އަމްޖަދު، ބްރޯޑްކޮމް އަށް އައްޔަންކުރަން ފާސްކޮށްފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް
ބްރޯޑްކާސްޓަރުންނާއެކު މައްސަލަތަައް ހައްލުުކުރާނަން: މަރީ
ބްރޯޑްކޮމްއަށް ޝިފްލާގެ ނަން ތިންވަނަ ފަހަރަށް ތަޅުމަށް
އަލީ، ގައިސް އަދި މަރީ އަށް މަޖިލީހުން ރުހުން ދީފި
ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި
މީޑިއާ ކޮމިޝަންގެ ބިލް މަޖިލީހުން ބޭރުކޮށްލައިފި