08 ނޮވެމްބަރ 2018
މުވައްޒަފުން ސަލާމުގަޔާއި އާއިލީ ޒިންމާގެ ޗުއްޓީގައި ތިބޭ ދުވަސްތަކުގައި އެލަވަންސްގެ ފައިސާ އުނިކުރާ ގޮތަށް ޕަބްލިކް ސާބިސް މީޑިއާ (ޕީއެސްއެމް) އިން 2017 ވަނަ އަހަރު ކަނޑައެޅި އުސޫލު ބާތިލުކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.
މުވައްޒަފުން ސަލާމުގަޔާއި އާއިލީ ޒިންމާގެ ޗުއްޓީގައި ތިބޭ ދުވަސްތަކުގައި އެލަވަންސްގެ ފައިސާ އުނިކުރާ ގޮތަށް ޕަބްލިކް ސާބިސް މީޑިއާ (ޕީއެސްއެމް) އިން 2017 ވަނަ އަހަރު ކަނޑައެޅި އުސޫލު ބާތިލުކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.
ޕީއެސްެމްގެ ކުރީގެ ޕްރޮޑިއުސަރު އަދި ޕްރެޒެންޓަރު މުހައްމަދު ޝަނޫން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުށަހެޅި މައްސަލައަކާ ގުޅިގެން ޓްރައިބިއުނަލުން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވަނީ ޝަނޫންގެ އެލަވަންސްތަކުން ފައިސާ އުނިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ފައިސާ ތިން ދުވަހުގެ ތެރޭގައި އޭނާ އަށް އަނބުރާ ދިނުމަށެވެ.
މުވައްޒަފުންގެ އެލަވަންސް ފައިސާ އިން ކަނޑާ ގޮތަށް ޕީއެސްއެމްގެ ގަވަނިން ބޯޑުން ފާސްކުރީ 2017 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ ކުންފުނިން އަންނަނީ އެ އުސޫލަށް އަމަލު ކުރަމުންނެވެ. ޝަނޫން ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ އުސޫލު ބާތިލުކަމަށް ނިންމުން އެ އުސޫލުގެ ދަށުން ކަނޑާފައިވާ އެލަަވަން ފައިސާ ހޯދަން އެހެން މުވައްޒަފުންނަށް ވެސް ހުށަހެޅޭނެ އެވެ.
ޓްރައިބިއުނަލްގެ ނިންމުމާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން ޝަނޫނު ބުނީ ޕީއެސްއެމްގެ އުސޫލު އެއީ ބާތިލު އުސޫލެއް ކަމަށް އޭނާ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން އައި ކަމަށެވެ.
"އަޅުގަނޑު އޭރު ވެސް ބުނިން ތީ ބާތިލު އުސޫލެކޭ. މުވައްޒަފުންނަށް ލިބޭ ކުޑަ އުޖޫރަކޮޅު ތިޔަހެން ގާނޫނާ ހިލާފު ގޮތް ގޮތަށް ނުކަނޑާށޭ،" ޝަނޫން ބުންޏެވެ.
އޭނާ ބުނީ އޭނާ ޕީއެސްއެމްގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ އަށް ބަދަލުގެ ގޮތުގައި ދޭން އެންގި ފައިސާ ޕީއެސްއެމުން އަދިވެސް ނުދޭ ކަމަށެވެ. މި އަހަރުގެ މޭ މަހުގެ އަށް ވަނަ ދުވަހު ނިންމި އެ ނިންމުމުގައި އަންގާފައި ވަނީ ޝަނޫނަށް 61،373 ރުފިޔާ ދިނުމަށެވެ. އެ މައްސަލަ ޕީއެސްއެމުން އިސްތިއުނާފުކޮށްފައި ނުވާތީ ސިވިލް ކޯޓުން ވަނީ ސާބިތު ދަރަންޏެއްގެ ގޮތުގައި އެ ފައިސާ ޝަނޫނަށް ހޯދައިދިނުމުގެ މަރުހަލާ ފަށައިފަ އެވެެ. އެގޮތުން ޝަނޫނަށް ފައިސާ ދޭން ކޯޓުން ދީފައި ވަނީ އެއް މަސްދުވަހުގެ މުހުލަތެކެވެ.
"ޕީއެސްއެމް އިން އަދިވެސް އެ ފައިސާ ނުދޭ. މިހާރު އެ މައްސަލަ ދަނީ ސިވިލް ކޯޓުގައި ހިނގަމުން،" ޝަނޫން ބުންޏެވެ.
ޝަނޫން ޓީވީއެމުން ވަކިކުރީ ގަވައިދާ ހިލާފަށް ކަމަށް ނިންމައިފި
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
ޕީއެސްއެމްގެ އަހަރީ ދުވަހު ކުރީގެ މޫނުތައް
ބިގަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި
ޕީއެސްއެމް: މިނިވަން ވަނީ ގާނޫނުން، އަމަލަކުން ނޫން!
ފުރުސަތު ނުލިބޭތީ، އިދިކޮޅުން ޕީއެސްއެމަށް!
"ކާށި އަޅަން މީހުން ހޯދާހެން ކަންކަން ހަވާލުނުކުރާތި"
ޕީއެސްއެމްގެ މުވައްޒަފުންތަކެއް ޓްރައިބިއުނަލަށް ދަނީ
މަޖިލީހުގެ ރައީސްގެ އިވެންޓްތައް ވެސް ހިލޭ ލައިވް!
42 އަހަރު ވީ ޓީވީ އެންޓަނާ ނަގަނީ