25 މެއި 2016
އިންސާނާގެ ހިނިތުންވުމަކީ އޭނާގެ އެންމެ ރީތި އެއް ސިފަ އެވެ. ރީތި ހިނިތުންވުމަކަށް ރީތި ދަތްތަކެއް ވެސް ބޭނުންވާނެ އެވެ. ރީތި ދަތްތަކެއް ހޯދަން ކުރެވޭނީ ކޮން ކަމެއް ހެއްޔޭ ބައެއް މީހުން ހިތަށް އަރާފާނެ އެވެ. އަދި ގުދުރަތީ ގޮތުން ދަތްތައް އުފެދިފައި ހުންނަ ގޮތަށް ބަދަލުގެނެވޭނެ ކަމަށް ގަބޫލުވެސް ނުކޮށްފާނެ އެވެ. ނަމަވެސް މާބޮޑަށް ރަތްވެ ހަޑިވެފައިވާ ދަތްތަކެއް ހުދުކޮށްލައިގެން ވެސް ދަތްތައް ރީތި ކޮށްލެވިދާނެ އެވެ.
އިންސާނާގެ ހިނިތުންވުމަކީ އޭނާގެ އެންމެ ރީތި އެއް ސިފަ އެވެ. ރީތި ހިނިތުންވުމަކަށް ރީތި ދަތްތަކެއް ވެސް ބޭނުންވާނެ އެވެ. ރީތި ދަތްތަކެއް ހޯދަން ކުރެވޭނީ ކޮން ކަމެއް ހެއްޔޭ ބައެއް މީހުން ހިތަށް އަރާފާނެ އެވެ. އަދި ގުދުރަތީ ގޮތުން ދަތްތައް އުފެދިފައި ހުންނަ ގޮތަށް ބަދަލުގެނެވޭނެ ކަމަށް ގަބޫލުވެސް ނުކޮށްފާނެ އެވެ. ނަމަވެސް މާބޮޑަށް ރަތްވެ ހަޑިވެފައިވާ ދަތްތަކެއް ހުދުކޮށްލައިގެން ވެސް ދަތްތައް ރީތި ކޮށްލެވިދާނެ އެވެ.
ރީތި ދަތްތަކެކޭ ބުނުމުން އޭގެ މާނައަކީ ސިއްހަތު ރަނގަޅު، ވިދާ އަދި ހުދު ދަތްތަކެކެވެ. ދަތްތައް ހަޑިވެ ރީނދޫ ވެފައި ހުއްޓާ ހީނލުމަކީ ގަޔަށް ފިނިފެން އެއްޗެއް އަޅާލުން ފަދަ ކަމެއްގެ ގޮތުގައި ބައެއް ޒުވާނުން ސިފަ ކުރަނީ ދަތްތައް ރީތިކޮށް ހުދުކޮށް ހުރުމުގެ މުހިއްމުކަމުން ކަމަށް ބެލެވެ އެވެ.
ދަތްތައް ހުދުކުރުމަށް ބާރުގަދަ ކެމިކަލް ހިމެނޭ، ދަތް އުނގުޅާ ބޭސް ފަދަ ތަކެތި ގަންނަން ޖެހޭނެ ހެއްޔެވެ؟ މިކަމަށް ގޭގައި ތައްޔާރު ކޮށްލެވިދާނެ ރަނގަޅު ފަރުވާއެއް ނެތް ހެއްޔެވެ؟
ދަތްތަކުގެ ސިއްހަތު ރަނގަޅުކޮށް ވިދުން ގެންނަން ދަތް އުނގުޅުމަކުން އެކަނި ނުފުދެ އެވެ. ގޭގައި އާއްމުކޮށް ލިބެންހުންނަ ލޮނު، ލުނބޯހުތް ފަދަ ތަކެތި ބޭނުންކޮށްގެން ވެސް ދަތް ހުދުކޮށް ރީތިކޮށްލެވިދާނެ އެވެ.
ހަމަ މިވަގުތުވެސް ދަތްތައް ހުދުކޮށްލަން ފަރުވާއެއް ދެވިދާނެ އެވެ. ނަމަވެސް ހަނދާން ކޮށްލަން ޖެހޭ ކަމަކީ ދަތް ހުދުކޮށްގެން އެކަނި ނުފުދޭ ކަމެވެ. މުޅި އަނގައިގެ ސިއްހަތަށް ސަމާލުކަން ދޭންޖެހެ އެވެ. ކިތަންމެ ހުދުކޮށް ރީތިކޮށް ދަތްޕިލަ ހުއްޓަސް އަނގައިން ނުބައިވަސް ދުވާ ނަމަ އެހެން މީހުންނަށް ވަރަށް އުނދަގޫވާނެ އެވެ. އަދި ތިމާއަކީ މުޑުދާރު މީހެއްގެ ގޮތުގައި ލޭބަލް ކުރެވިދާނެ އެވެ.
ދަތްތަކާއި އަނގައިގެ ސިއްހަތު ރަނގަޅަށް ބެހެއްޓުމަށް ދުވާލަކު މަދުވެގެން ދެ ފަހަރު ދަތް އުނގުޅަން ޖެހޭނެ އެވެ. އަދި ފްލޮސްކުރުމަށް ވެސް ސަމާލުވާން ޖެހޭނެ އެވެ. އަދި ގަވާއިދުން ޑެންޓަލް ޗެކް-އަޕް ހަދަން ޖެހޭނެ އެވެ.
ދަތްތައް ހުދުކޮށް ބެހެއްޓުމަށް ވަކި ވައްތަރެއްގެ ކާނާ ކެއުމުގެ އާދަ ގެންގުޅެ ކާ އެއްޗެތި ރަނގަޅަށް ހަފާ ހިމުންކޮށްގެން ކެއުމަށް އާދަކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.
ދަރިންނަށް ވެސް އަނގައިގެ ސާފުތާހިރުކަމަށް ބާރު އަޅަން ޖެހޭނެ އެވެ. ވަރަށް ތުއްތުއިރުއްސުރެ ކުޑަކުދިންގެ އަނގަ ސާފުކުރުމަށް ސަމާލުކަން ދެވިއްޖެނަމަ ހިރުގަނޑުގެ ބަލިތަކާއި ދަތްފަނި ކެއުންފަދަ ބަލިތަކުން ސަލާމަތް ވާނެ އެވެ.
ބޭކިން ސޮޑާ؛ ދަތް ހުދުކޮށްލަން ރަނގަޅު އެއްޗެއް
ދަތުގައި ހުންނަ ރީނދޫކަން ކަނޑުވާލުމަށް ބޭކިން ސޮޑާ އަކީ ރަނގަޅު އެއްޗެކެވެ. ދަތް އުނގުޅާ ބޭސް ބުރުހުގައި ޖެހުމަށްފަހު ބޭކިން ސޮޑާ ކޮޅެއް ބޭސްކޮޅުގެ މައްޗަށް ބުރުވާލާށެވެ. ނުވަތަ ބޭކިން ސޮޑާ ކޮޅަށް ފެން ޖަހައިގެން ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. މިއިން ކޮންމެ ގޮތަކަށް ދަތް އުނގުޅިޔަސް ވަރަށް އެދެވޭ ނަތީޖާ ފެންނާނެ އެވެ.
ލޮނަކީ ވެސް ދަތް ހުދުކުރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ދަތް އުނގުޅާ ބުރުހުގައި ލޮނު ޖަހައިގެން ދަތް އުނގުޅާލާށެވެ. ދަތް ހުދުވުމުގެ އިތުރުން ދަތުގައި ރިހުމަށް ވެސް ފަރުވާ އަކަށް ވެއެވެ. ލުނބޯހުތަކީ ވެސް ސިއްހަތަށް ގިނަގުނަ ފައިދާކުރާ އެއްޗެކެވެ. އަދި ދަތް ހުދުކުރުމަށް ވެސް ލުނބޯ އަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ދަތްތަކުން ރީނދޫ ކުލައިގެ ލައްތައް ފެނިއްޖެ ނަމަ ލުނބޯ ހުތަށް ލޮނުކޮޅެއް އަޅައިގެން އެއްކުރުމަށްފަހު އެއިން ދަތްތައް ދޮވެލާށެވެ. ނަމަވެސް މިއީ ވަރަށް އެސިޑް ގިނަ އެއްޗަކަށް ވާތީ ކޮންމެ ދުވަހަކު ބޭނުންކުރުން ރަނގަޅެއް ނޫނެވެ.
ގޭގައި ދަތްހުދުކޮށްލެވިދާނެ އެންމެ ފަސޭހަ އެއް ގޮތަކީ ކާށިތެލުގެ ފަރުވާ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކާށިތެލުގައި ލައުރިކް އެސިޑް ހުރެ އެވެ. މިއީ ދަތްތަކުގައި އުފެދޭ ބެކްޓީރިއާ އުފެދުނަ ނުދިނުމަށް ބޭނުން ކުރެވިދާނެ ފަރުވާ އެކެވެ. އާއްމުކޮށް ދަތްތަކަށް ރީނދޫކުލަ އަރަނީ ބެކްޓީރިއާ ހުރުމުގެ ސަބަބުންނެވެ. ފޮތިކޮޅެއް ކާށިތެލަށް ލާ ތެންމާލުމަށްފަހު ކޮންމެ ދުވަހަކުވެސް ދަތްތަކުގައި ހާކާލާށެވެ. ދެން ރަނގަޅަށް އަނގަ ދޮވެލަން ހަނދާން ކުރައްޗެވެ.
އެޕަލް ސިޑާ ވިނެގާ: ދަތް ހުދުކޮށްލަން އެހީތެރިވޭ
އެޕަލް ސިޑާ ވިނެގާ އިން ހަންގަނޑަށާއި އިސްތަށިގަނޑަށް ފަރުވާ ލިބޭކަން އެނގޭ ދޯ އެވެ. ނަމަވެސް މިއީ ދަތްތަކަށް ކިހާ ގިނަގުނަ ފައިދާއެއް ލިއްބައިދޭ އެއްޗެއްކަން އެނގޭ ހެއްޔެވެ؟ ތިންބައިކުޅަ އެއްބައި ވިނެގާގެ އަނެއް ދެބަޔަށް ވާވަރަށް ފެން އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ގާގްލް ކުރާ ގޮތަށް ދެ މިނިޓްވަންދެން މި ސޮލިއުޝަނުން އަނގަ ދޮންނާށެވެ. ގަވާއިދުން މި ފަރުވާ ހޯދާ ނަމަ ނަތީޖާ ފެންނަލެއް ވަރަށް އަވަސްވާނެ އެވެ.
ސްޓްރޯބެރީގައި މެލިކް އެސިޑް ހުންނާތީ ދަތްތައް ހުދުކޮށްލުމަށް މިއީ ވަރަށް ރަނގަޅު މޭވާ އެކެވެ. ދަތްއުނގުޅާ ބޭހުގެ ވަރަށް ގިނަ ވައްތަރުތަކުގައި އެންމެ މުހިއްމު އެއްޗަކަށް ސްޓްރޯބެރީޒް ހިމަނާފައިވާތީ ފެންނާނެ އެވެ. މި މޭވާގައިވާ ފައިބަރު ކޮމްޕޮނަންޓްގެ ސަބަބުން ދަތުގައި ހުންނަ ލޮލަށް ނުފެންނަވަރުގެ ކުދި ޖަރާސީމުތައް ނައްތާލަ އެވެ. ދަތްފަނިކެއުމާއި ދަތުގައި ފޮރިޖެހުން ފަދަ ކަންތައްތައް ދިމާވަނީ މި ޖަރާސީމުގެ ސަބަބުންނެވެ.
ސްޓްރޯބެރީ ދަތުގައި އުނގުޅުމުން ދަތްތައް ރީތިވޭ
ދޮންކޭލު ތޮއްޓަކީ ވެސް ގޭގައި ހުންނަ އެއްޗެހިން ދަތް ހުދުކޮށްލަން ވިސްނާއިރު ވަރަށް ރަނގަޅު އެއްޗެކެވެ. ދޮންކޭލުގެ ތޮށީގެ އެތެރެފުއް 2-3 މިނިޓް ވަންދެން ކޮންމެ ދުވަހަކުވެސް ދަތްތަކުގައި ހާކާށެވެ.
ޑރ. ނާއިފާއަށް ކުރި އިތުބާރުން ހުޅުވި ކްލިނިކް
ސިއްހީ މަރުކަޒެއްގައި އަލަށް ދަތުގެ ފަރުވާދެނީި
އޯޓިޒަމް މީހުންނަށް ހާއްސަ ބޫޓް ކަލެކްޝަނެއް
ތުނބުޅި އާއި މަތިމަހުން މާސްކުގެ ހިމާޔަތް ގެއްލިދާނެ
ބޯ ފަންކޮށް ކުލަޖައްސާ އެއްޗެހިން އުރަމަތީ ކެންސަރު
ބާރު ޖީންސެއްގެ ސަބަބުން މަރު ނުވީ ކިރިޔާ
ނައިކީގެ ބޫޓް ކަލެކްޝަނެއް ސިއްހީ ދާއިރާގެ އަށް ހާއްސަ
"ލަޝް"ގެ އުފެއްދުންތަކުގައި ބިސް ބޭނުމެއް ނުކުރާނެ
ހއ. އަތޮޅު ހޮސްޕިޓަލުގައި ތިން ހިދުމަތެއް ފަށައިފި
އެސިޑް އެކުލެވޭ ބުއިންތަކުން ދަތްތައް ހަލާކުވޭ: ދިރާސާ