06 މެއި 2018
ކޮލަމްބޯ (މެއި 6) - ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ކޮރަޕްޝަން ފުހެލާނެ ކަމަށާއި ކޮރަޕްޝަނާއި ރިޝްވަތު ނައްތާލަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (މެއި 6) - ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ކޮރަޕްޝަން ފުހެލާނެ ކަމަށާއި ކޮރަޕްޝަނާއި ރިޝްވަތު ނައްތާލަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް ފެމިލީ ހެލްތު ސާވިސަސް ދުވަހުގެ މުނާސަބަތުގައި ޕޮލޮއްނަރުވާ ރޯޔަލް ކޮލެޖުގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލެއް ހިންގައިފި ނަމަ އެއްވެސް މީހަކާ މެދު ތަފާތު ނުކުރައްވާނެ ކަމަށާއި އެ މީހަކާ ދެކޮޅަށް ވަގުތުން ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ސިރިސޭނާ މި މޭރުމުން ވާހަކަ ދެއްކެވި އިރު އެމަނިކުފާނުގެ ޗީފް އޮފް ސްޓާފް ވަނީ ރިޝްވަތުގެ ކުށުގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަ އިރު އިންޑިއާގެ ކުންފުންޏަކުން ރިޝްވަތުގެ ގޮތުގައި ނެގި 20 މިލިއަން ރުޕީސް އަތުގައި ހުއްޓެވެ.
ސިރިސޭނާ ވިދާޅުވީ ސިޔާސީ އެއްވެސް ބޭފުޅަކު ނުވަތަ ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވެސް އާއްމު ރައްޔިތުން ރުޅި އަންނަ ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ރައީސް ކަމުގައި އެމަނިކުފާން ހޭދަކުރެއްވި ތިން އަހަރާއި ވަޒީރުކަން ކުރެއްވި ދުވަސްވަރު ވެސް ކޮރަޕްޝަން ހުއްޓުވަން އެޅުއްވި ފިޔަވަޅުތައް އެއްވެސް މީހަކާ މެދު ތަފާތު ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ސްރީ ލަންކާގެ ރައީސްކަމަށް ސިރިސޭނާ 2015 ވަނަ އަހަރު ވަޑައިގެންނެވީ ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު އެވެ.
"އުއްމީދަކީ ކޮރަޕްޝަން ނެތް ތަނަކަށް ލަންކާ ހެދުން"
ކޮރަޕްޝަނާ ދެކޮޅު ކެމްޕޭނެއް ސިރިސޭނާ ފައްޓަވައިފި
ކޮރަޕްޝަނުގެ މައްސަލަބަލަން ރަނިލް ވެސް ތާއީދުކުރައްވާނެ
މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލަ ސިރިސޭނާ ބަލަނީ
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ލަންކާގެ ރައީސްގެ ކޮއްކޮގެ މައްސަލަ ބަލަން އަންގައިފި
އީސްޓަ ބޮމުގެ ހަމަލާގައި ސިރިސޭނާ އަށް ދައުވާކުރަނީ
ލަންކާގައި ރާމާމަކުނު ގިނަވެ، ބިރަކަށްވެއްޖެ: ސިރިސޭނާ
"މުސްލިމް ވޯލްޑް ލީގުން 5 މިލިއަން ޑޮލަރެއް ނުލިބޭ"
ގޯޓާބޭގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން ނިންމައިފި