15 ފެބުރުއަރީ 2018
ކޮލަމްބޯ (ފެބްރުއަރީ 15) - ވައްކަމާއި ރިޝްވަތާއި އިސްރާފުގެ އަމަލުތައް ހުއްޓުވުމުގައި އާއްމު ރައްޔިތުންނަށް ވެސް ދައުރެއް އަދާކުރެވިދާނެ ގޮތަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ކެމްޕޭނެއް ފައްޓަވައިފި އެވެ.
ކޮލަމްބޯ (ފެބްރުއަރީ 15) - ވައްކަމާއި ރިޝްވަތާއި އިސްރާފުގެ އަމަލުތައް ހުއްޓުވުމުގައި އާއްމު ރައްޔިތުންނަށް ވެސް ދައުރެއް އަދާކުރެވިދާނެ ގޮތަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ކެމްޕޭނެއް ފައްޓަވައިފި އެވެ.
ރިޔާސީ ސެކްރެޓަރިއޭޓުގެ ފަރާތުން ގައުމީ ކެމްޕޭނެއް ފެށުމުގެ ބޭނުމަކީ ސްރީ ލަންކާ އަކީ "ސާފު" ގައުމަކަށް ހެދުން ކަމަށް ރަސްމީ ރޭޑިއޯ އިން ބުނެފައިވެ އެވެ. ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސްގެ ކޯޑިނޭޓިން ސެކްރެޓަރީ ރަޖިތާ ކޮޑިތުވައްކޫ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގައި ދޭދޭ ފަރުދުންގެ ޒިންމާއެއް އެބައޮތް ކަމަށާއި ގައުމު ކުރިއަށް ގެންދިއުމުގައި އާއްމުންނަށް ވެސް އެހީވެވިދާނެ ކަމަށެވެ.
ކޯޑިނޭޓިން ސެކްރެޓަރީ އަނޫރާ އަމަރަތުންގާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގައި ރިޔާސީ ސެކްރެޓަރިއޭޓަށް ކޮންމެ މީހަކަށް ވެސް ރިޕޯޓް ކުރެވިދާނެ ކަމަށެވެ. ކޮރަޕްޝަން ރިޕޯޓް ކުރުމަށް ވަނީ ދެ ފޯނުލައިން ވެސް ގާއިމްކޮށްފަ އެވެ. އަދި ކޮރަޕްޝަނުގެ ތުހުމަތުތައް ލިޔުމުން ވެސް ރިޔާސީ ސެކްރެޓަރިއޭޓަށް ފޮނުވުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
ސްރީ ލަންކާގެ ކޯލިޝަން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރެވެނީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށެވެ. ލަންކާ ސަރުކާރުގެ ކޮރަޕްޝަނުގައި އެންމެ ބޮޑަށް ފަޅާއަރާފައި ވަނީ ސެންޓްރަލް ބޭންކުގެ ބޮންޑުގެ މައްސަލަ އެވެ. ރައީސް ސިރިސޭނާ މިހާރު ވަނީ އިގްތިސާދީ ހުރިހާ ކަމެއް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އަތުން ނަންގަވައިފަ އެވެ. ސިރިސޭނާ ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސަރުކާރަށް ވުރެ ޔޫއެންޕީގެ ކޮރަޕްޝަން ބޮޑު ކަމަށެވެ.
"އުއްމީދަކީ ކޮރަޕްޝަން ނެތް ތަނަކަށް ލަންކާ ހެދުން"
ސަރުކާރުގެ މުއައްސަސާތަކުން ކޮރަޕްޝަން ފުހެލާނަން: ސިރިސޭނާ
ކޮރަޕްޝަނުގެ މައްސަލަބަލަން ރަނިލް ވެސް ތާއީދުކުރައްވާނެ
މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލަ ސިރިސޭނާ ބަލަނީ
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ލަންކާގެ ރައީސްގެ ކޮއްކޮގެ މައްސަލަ ބަލަން އަންގައިފި
އީސްޓަ ބޮމުގެ ހަމަލާގައި ސިރިސޭނާ އަށް ދައުވާކުރަނީ
ލަންކާގައި ރާމާމަކުނު ގިނަވެ، ބިރަކަށްވެއްޖެ: ސިރިސޭނާ
"މުސްލިމް ވޯލްޑް ލީގުން 5 މިލިއަން ޑޮލަރެއް ނުލިބޭ"
ގޯޓާބޭގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން ނިންމައިފި