ލިވަޕޫލް (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ މުހައްމަދު ސަލާހު ބޯޅަ ނެތިސް ސްޓޯކް ސިޓީގެ ކުޅުންތެރިއަކަށް ހަމަލާދިން ކަމަށް ބުނެ މީޑިއާގައި އަޑުފެތުރިފައިވާ މައްސަލަ ނުބަލަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
01 މެއި 2018
ލިވަޕޫލް (މެއި 1) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ މުހައްމަދު ސަލާހު ބޯޅަ ނެތިސް ސްޓޯކް ސިޓީގެ ކުޅުންތެރިއަކަށް ހަމަލާދިން ކަމަށް ބުނެ މީޑިއާގައި އަޑުފެތުރިފައިވާ މައްސަލަ ނުބަލަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ލަނޑެއް ނުޖެހި ސްޓޯކާ އެއްވަރުވި މެޗުގައި ބޯޅަ ނެތިސް ސަލާހު އަތުން ސްޓޯކްގެ ޑިފެންޑަރު ބްރޫނޯ މާޓިންސް-އިންޑީ މޫނުގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯތަކެއް އިނގިރޭސި މީޑިއާތަކުގައި ދައުރުވަމުންދިޔަ އެވެ. އަދި އެކަމުގެ ސަބަބުން ސަލާހަށް ތިން މެޗުގެ ސަސްޕެންޝަނެއް އައުން ގާތްކަމަށް ވާހަކަ ދެކެވުނެވެ އަދި ސަސްޕެންޝަން އައިސްފިނަމަ ލީގުގައި ބާކީ ލިވަޕޫލަށް އޮތް ދެ މެޗާއި އަންނަ ސީޒަނުގެ ފުރަތަމަ މެޗުގައި ސަލާހު ހުންނަން ޖެހޭނީ ކުޅި ބަލާށެވެ.
ކުރީގެ ރެފްރީންތަކެއް ހިމަނައިގެން އިނގިރޭސި އެފްއޭގައި އެކުލަވާލާފައި އޮންނަ ޕެނަލުން ނިންމީ އެ މެޗުގައި ހިނގައިދިޔަ ކަމެއްގައި ސަލާހުގެ ފަރާތުން މައްސަލައެއް ނުފެންނަ ކަމަށާއި އޭނާ އަށް އަދަބެއް ދޭން ނުޖެހޭ ކަމަށެވެ.
އުމުރުން 25 އަހަރުގެ ސަލާހު އަންނަނީ މި ސީޒަނުގައި ލިވަޕޫލާ ގުޅުމަށް ފަހު ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި މިހާތަނަށް 31 ލަނޑު ޖަހާފައިވާއިރު، ސަލާހަށް ވަނީ ޕީއެފްއޭ އިން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފަ އެވެ.
ލީގުގައި ލިވަޕޫލަށް ބާކީ އޮތީ ރަށުން ބޭރުގައި ޗެލްސީ އާއި އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ މެޗުގައި ސަލާހު ލަނޑެއް ޖަހައިފިނަމަ އޭނާ ވެގެންދާނީ އިނގިރޭސި ޕްރިމިއާ ލީގުގެ 38 މެޗުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ.
ސަލާހު ދެން އެންމެ އަވަހަށް ކުޅޭނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މާދަމާރޭ އޭނާގެ ކުރީގެ ޓީމު ރޯމާއާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ކުޅޭ މެޗުގަ އެވެ.
ސަލާހަށް ފަހު ވެން ޑައިކް ވެސް މަޑުކުރުވަނީ
ލިވަޕޫލުން ސަލާހު މަޑުކުރުވުމުގައި ކާމިޔާބު ހޯދަނީ
ސަލާހްގެ ކޮންޓްރެކްޓް އާކުރަން؛ ކްލަބުން ޖަވާބެއް ނެތް
ލިވަޕޫލާއެކު ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ސަލާހް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ސަލާހްގެ އަނިޔާ ފަސޭހަވުމުން ކްލޮޕް ހިތްހަމަ ޖެހިފައި
ލިވަޕޫލް ލީޑުގައި، ސަލާހު ވެސް ފަރުވާއަށް ގެންނަނީ
އެފްރިކަން ކަޕްގެ ކުރިން ސަލާހަށް ކްލޮޕްގެ ތައުރީފް
200 ހަމަކުރަން ސަލާހަށް ބޭނުންވަނީ އެކެއް
ސަލާހްގެ ކޮމެންޓަށް ކްލޮޕް ބަސް ބުނެފި