26 ނޮވެމްބަރ 2024
ލިވަޕޫލު (ނޮވެމްބަރު 26) – ލިވަޕޫލުގައި ދެމިހުރުމަށް ވުރެ ދޫކޮށް ދިއުން ކައިރި ކަމަށް އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހް ބުނެފި އެވެ.
ލިވަޕޫލު (ނޮވެމްބަރު 26) – ލިވަޕޫލުގައި ދެމިހުރުމަށް ވުރެ ދޫކޮށް ދިއުން ކައިރި ކަމަށް އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހް ބުނެފި އެވެ.
ލިވަޕޫލާ އެކު އޭނާ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު އަދި މިހާތަނަށް އެއްބަސްވުން އާ ކުރުމާ މެދު ކްލަބުން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް އުމުރުން 32 އަހަރުގެ ސަލާހް ބުންޏެވެ.
ސީޒަނުގެ މެދަކާ ހަމައަށް ގާތްގަނޑަކަށް ދިޔައިރު ވެސް، އެކަހަލަ އެއްވެސް ނިޝާނެއް ކްލަބްގެ ފަރާތުން ދީފައި ނުވުމަކީ ސަލާހް ބުނި ގޮތުގައި މާޔޫސްވާން ޖެހޭ ކަމެއް ކެމެވެ.
"އަހަރެމެން މިތިބީ ގާތްގަނޑަކަށް މިހާރު ޑިސެމްބަރު މަހުގައި. (އެކަމަކު) އަދި މިހާތަނަށް ކްލަބްގައި މަޑުކުރުމާ މެދު އަހަންނަށް އެއްވެސް ހުށަހެޅުމެއް ލިބިފައެއް ނުވޭ. ދެމިހުރުމަށް ވުރެ ގާތީ ކްލަބް ދޫކޮށް ދިއުން،" ސަލާހް ބުންޏެވެ.
އަހަރެން އަވަހަށް ރިޓަޔާ ކުރާކަށް ނޫޅެން. އެހެންވެ އަހަރެން މިހުރީ ކުޅެންވެގެން. ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރުމުގެ އުއްމީދުގައި މި ސީޒަނަށް ސަމާލުކަން ދީގެން މިހުރީ.
"އެކަމަކު (ކްލަބުން ހުށަހެޅުމެއް ނާންނާތީ) އަހަރެން މިހުރީ މާޔޫސްވެފަ. އެކަމަކު ބަލަން ތިބެމާ."
ސައުތެމްޓަންއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ސަލާހް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިސްރުގެ ފޯވާޑްގެ މުހިންމުކަން ޓީމަށް ބޮޑެވެ.
ކްލަބް ދޫކޮށް ދިއުން ގާތް ކަމަށް ސަލާހް ބުނީ، އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް ލިވަޕޫލަށް ޕްރެޝަރު ކުރުމުގެ ގޮތުން ކަމަށް އިނގިރޭސި ފުޓްބޯޅަ އެނަލިސްޓުން ބުނެ އެވެ.
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
200 ހަމަކުރަން ސަލާހަށް ބޭނުންވަނީ އެކެއް
ގަކްޕޯއާއި ސަލާހު ލަނޑުޖަހައި ލިވަޕޫލަށް ބޮޑު އުފަލެއް
ސީޒަންގެ ބާކީ އޮތް ތަނަށް ލިވަޕޫލަށް ބޮޑު އިތުބާރެއް
ރެފްރީ ބޭނުންވީ ސަޕޯޓަރުންގެ އަޑަށް ނުގުޑާނެކަންދައްކަން
ސްލޮޓްގެ ފުރަތަމަ ބަލި: "މިއީ ފަހަތަށް ވެއްޓުމެއް"
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
ސްލޮޓް ލިވަޕޫލަށް ސޮއިކޮށްފި، "ޓެންހަގަށް ވުރެ މޮޅު"
ލިވަޕޫލުގައި ސްލޮޓަށް ސަލާމަތް ވެވިދާނެތަ؟
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް