29 އެޕްރީލް 2018
އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ހީނުކުރާ ފަދަ ގޮތަކަށް ވިކްޓަރީ އަތުން ބަލިވެފައިވާތީ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ ވަރަށް ބޮޑަށް ވިސްނައިގެން ތިބެ ކަމަށް ނިއު ރޭޑިއަންޓުން ބުނެފި އެވެ.
އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ހީނުކުރާ ފަދަ ގޮތަކަށް ވިކްޓަރީ އަތުން ބަލިވެފައިވާތީ ފުރަތަމަ ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ ވަރަށް ބޮޑަށް ވިސްނައިގެން ތިބެ ކަމަށް ނިއު ރޭޑިއަންޓުން ބުނެފި އެވެ.
މި ވަގުތު 13 ޕޮއިންޓާ އެކު އެއް ވަނައިގައި ނިއު އޮތްއިރު މިއަދުގެ މެޗުން ބޮޑު ތަފާތަކުން ބަލިވެގެން ނޫން ގޮތަކަށް އެ ޓީމު އަތުން އެއް ވަނަ ނުގެއްލޭނެ އެވެ. އަނެއްކޮޅުން މޮޅުވެއްޖެ ތިން ޕޮއިންޓުގެ ލީޑަކާ އެކު ފުރަތަމަ ބުރު ނިންމާލެވޭނެ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ އަށް ވެސް 13 ޕޮއިންޓް ލިބިފައިވާއިރު ތިން ޓީމުގެ ތަފާތުކުރަން ޖެހެނީ ލަނޑުގެ ތަފާތުންނެވެ.
ވިކްޓަރީ އަތުން 2-0 އިން ބަލިވި ނަމަވެސް ނިއު ވަނީ ޖެހިގެން އައި މެޗުގައި އޭއެފްސީ ކަޕުގައި އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން މާލޭގައި 2-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި އެ ޓީމުން ދެއްކި ކުޅުމަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ އޮހިފަ އެވެ.
"ވެލެންސިއާ ކުޅޭނީ މިދިޔަ މެޗުގައި އަޅުގަނޑުމެން ކުޅުނު ބެންގަލޫރު ތަފާތު ގޭމެއް. ވެލެންސިއާ އެހާ ދެރަ ޓީމެއް ކަމަށް އަޅުގަނޑުމެން ނުބަލަން. ވިކްޓަރީ މެޗުގައި ވެސް ހީނުކުރާ ނަތީޖާއެއް ނުކުތީ. އެއްވެސް ބަޔަކު ހިޔެއް ނުކުރޭ ކަންނޭގެ އެ މެޗުން ނިއު ރޭޑިއަންޓް ބަލިވެދާނެ ކަމަށް. އެހެންވީމާ އެ މެޗުގައި އެ ހިނގައިދިޔަ ކަންތައް އެނެލައިޒްކޮށްފައި ވެލެންސިއާއާ ކުރިމަތިލާނީ،" ނިއުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުންޏެވެ.
މި މެޗަށް ނިއުގެ ޕްލޭމޭކަރު ސްޕެއިނުގެ ކަންޑޭލާ ވަނީ ސަސްޕެންޑްވެފަ އެވެ. އޭނާ ނެތި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ނިއުގެ މެދުތެރެ އަށް އެނގުންވި އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ދެ ލަނޑު ޖެހިއިރު ބަލިނުވެ ނިއު ސަލާމަތްވީ ފަހު ވަގުތު އެވެ.
"ކަންޑޭލާ އަކީ ވަރަށް މުހިއްމު ކުޅުންތެރިޔެއް. އޭނާ ނެތްތަންކޮޅު ދައްކާނެ. އެކަމަކު އެއީ މާބޮޑު އުނދަގުލެއް ކަމަށް ކޯޗު ނުވިސްނާ. (ސަބަބަކީ) ކަންޑޭލާ ނުލާ ވެސް އެބަޖެހޭ ކުޅެން ތައްޔާރުވާން،" ނިއުގެ މެދުތެރެ ކުރިން ބެލެހެއްޓި ސަމްޕަތު ބުންޏެވެ.
ތަފާތު ބޮޑުކުރަން ލިބުނު ދެ ފުރުސަތެއް ނިއު އަތުން ވަނީ މީގެ ކުރިން ގެއްލިފަ އެވެ. އެއީ އީގަލްސްއާ އެއްވަރުވި މެޗާއި ވިކްޓަރީ އަތުން ބަލިވި މެޗެވެ. ސަމްޕަތު ބުނީ އަދިވެސް އުނދަގުލެއް ނެތި އެއް ވަނަ ހޯދޭނެކަމަށް އޭނާ އަށް އޮތް ޔަގީންކަމަކީ ކުޅުންތެރިން ކުރާ މަސައްކަތް ކަމަށެވެ.
"ނިއު ރޭޑިއަންޓް ސްކޮޑަކީ ވަރަށް މަސައްކަތްކުރާ ސްކޮޑެއް. އެއް ކުޅުންތެރިޔަކަށްޓަކައި އަނެއް ކުޅުންތެރިޔަކު ކުޅެނީ. އެގޮތަށް ތައްޔާރުވެފައި އޮތް ޓީމެއް މިއީ. އެއް ވަނަ ހޯދާކަށް މާކަށް އުނދަގުލެއް ނުވާނެ އެގޮތަށް މަސައްކަތްކުރަންޏާ،" ސަމްޕަތު ފާހަގަކުރި އެވެ.
ވެލެންސިއާގެ ކޯޗު އަދި ސަމްޕަތާ އެކު ކުރިން ގައުމީ ޓީމަށް ކުޅުނު ސޮބާހް މުހައްމަދު އިބްރާހިމް ބުނީ ހަގީގަތަށް ވާހަކަދައްކަންޏާ ބުނަން ޖެހޭނީ ނިއުގައި އޮތި ވެލެންސިއާއާ އަޅާކިޔޭ ވަރަށް ވުރެ މާ ވަރުގަދަ ޓީމެއް ކަމަށެވެ.
"ވިކްޓަރީ މެޗުން ބަލިވިކަމުގައި ވިޔަސް ދެން ވިކްޓަރީއާ ކުޅުނަސް ނިއު ރޭޑިއަންޓް ބަލިވާނެ ކަމަށް އަޅުގަނޑެއް ގަބޫލުކުރަން. އަނެއްކާ އެންމެ ފަހުން ބެންގަލޫރު މެޗުން ވަރަށް ރަނގަޅު މޮޅެއް ހޯދާފައި އެއޮތީ . އެ ކާމިޔާބީ އަށް މަރުހަބާ ކިޔަން. އިންޑިއާގެ ވަރުގަދަ ކްލަބާ ދެކޮޅަށް އަނެއްކާ ބެންގަލޫރަކީ މިދިޔަ ދެ އަހަރު އޭއެފްސީގެ ސެމީ ފައިނަލާއި ފައިނަލް ކުޅެފައިވާ ޓީމެއް. އެ ޓީމު އަތުން ރާއްޖެ ޓީމެއް މޮޅުވުމުން އުފާކުރަން،" ނިއު 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ޑިފެންޑަރު ބުންޏެވެ.
ސޮބާ ބުނީ ނިއުގައި އޮތީ ހިފަހައްޓާލަން އުނދަގޫ ވަރުގެ ސްކޮޑަކަށް ވިޔަސް، ފަސޭހައިން ދޫނުދޭނެ ކަމަށާއި ކާމިޔާބު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"ފުޓްބޯޅައިގައި ކޮންމެ ނަތީޖާއެއް ނުކުމެދާނެ މަސައްކަތްކުރެވިއްޖެއްޔާ. ގޭމް ޕްލޭނާ އެއްގޮތަށް މަސައްކަތް ގެންދެވިއްޖެއްޔޭ. އަޅުގަނޑު ކުރިން ވެސް ބުނިން (އެކަން) ކުޅުންތެރިން އަމިއްލަ އަށް ގަބޫލުކުރަން ފެށި ދުވަހަކުންނޭ ނަތީޖާ ނެރެން ފަސޭހަވާނީ. ކުޅުންތެރިން އެބަޖެހޭ ގަބޫލުކުރަން މަސައްކަތްކޮށްފިއްޔާ ކާމިޔާބު ހޯދިދާނެކަން،" ސޮބާ ބުންޏެވެ.
މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ފުރަތަމަ ބުރުން ފުލުން ސަލާމަތްވުމުގެ ފުރުސަތެއް ވެލެންސިއާ އަށް ނެތެވެ. އެ ޓީމު އޮތީ އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ އަށް ވަނައިގަ އެވެ. އެކަމަކު ސޮބާ ބުނީ މި މެޗުގައި އެއްކިބައިގައި ބާއްވާފައި ވެސް، ދެ ވަނަ ބުރުގައި މަސައްކަތްކޮށްފިއްޔާ ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށެވެ. އަދި މެނޭޖްމަންޓާ ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކްލަބުން އަންނަނީ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ދެމުންކަން އޭނާ ފާހަގަކުރި އެވެ.
"މީގައި ދިމާވެފައި އޮތް މައްސަލައަކީ ޖެހިޖެހިގެން ބަލިތަކެއް ވީމާ ކޮންފިޑެންސް ދަށްވުން. މޮޅު ޓީމަކަށް ވިޔަސް ޖައްސަޖައްސައިގެން ދެ ތިން ބަލިވީމާ އުނދަގޫވާނެ އަރައިގަންނަން. އެކަމަކު އަދިވެސް ހިތްވަރުކުރާނެ،" ސޮބާ ބުންޏެވެ.
އޭނާ ބުނީ ހަވާލުވިއިރު ވެސް، ކްލަބުގައި ތިބޭނީ މަދު އަދަދެއްގެ ކުޅުންތެރިން ކަމަށާއި އަދި މާލީ ގޮތުން މާބޮޑު ބެކަޕެއް ނެތްކަން ވެސް އެނގޭ ކަމަށާއި އެކަމަކު ރިސްކެއް ނަފާފައި ވެސް ހަވާލުވީ މި މަސައްކަތްކުރަން ބޭނުންވާތީ ކަމަށެވެ.
ވެލެންސިއާ އާއި ނިއު ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު ގަލޮޅު ދަނޑުގަ އެވެ.
ދަގަނޑޭގެ ހެޓްރިކާ އެކު ނިއު މާލޭ ލީގު ކާމިޔާބުކޮށްފި
މިރޭ ނިއު އަށް ލީގު ކަށަވަރުކުރެވިދާނެ
ނިއު އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް
ކުޑަމޫސަ އާއި ނިއު: ކޯޓުކޭސް އަދި ބަދުނަސީބު އަނިޔާ
ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެކަން ހާމަވެއްޖެ: ވާސިފް
ދިވެހި ލީގުގެ ދޮރު ދިވެހި ކޯޗުންނަށް ބަންދުވެފައި
އޭއެފްސީ ކަޕް މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ!
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
މާޒިޔާ ބަލިކޮށް ނިއު އިން ލީގުގެ އައްޑަނަ އުފުލާލައިފި
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް