24 މެއި 2016
ސަރުކާރާ އިދިކޮޅު މީހުންނަށް އަދަބު ދިނުމަށް އިންޑިއާ އިން ދަނީ މާކުރީގެ ގާނޫނުތަކުގެ ބޭނުން ކުރަމުން ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ބުނެފި އެވެ.
ސަރުކާރާ އިދިކޮޅު މީހުންނަށް އަދަބު ދިނުމަށް އިންޑިއާ އިން ދަނީ މާކުރީގެ ގާނޫނުތަކުގެ ބޭނުން ކުރަމުން ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އިން ބުނެފި އެވެ.
އެޗްއާރުޑަބްލިއު އިން ވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގާނޫނުތައް ބަދަލު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އެޗްއާރުޑަބްލިއު ބުނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އޮތް ގައުމުގައި އޮތީ އިސްތިއުމާރީ ދުވަސްވަރުގެ ގާނޫތައް ކަމަށެވެ. އަދި އެ ގާނޫނުތަކުގެ އެހީގައި އަބުރާ ބެހުން ފަދަ ކަންކަމުގައި އިދިކޮޅު ފަރާތްތަކަށް އަދަބު ދޭ ކަމަށް ބުނެފައިވެ އެވެ.
އެޗްއާރުޑަބްލިއުގެ ބަޔާން ނެރެފައި ވަނީ ކިޔަވާ ކުދިންގެ ލީޑަރެއް ކަމަށްވާ ކަންހަޔާ ކުމާރު ހައްޔަރުކޮށްފައި ވަނިކޮށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ސަރުކާރާ ދެކޮޅު ޚިޔާލު ފާޅުކޮށްގެންނެވެ.
ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރޭން ދައުލަތާ އިދިކޮޅު އަމަލެއް ހިންގުމުގެ ދައުވާ ކުރާ އިންޑިއާގެ ދަރިވަރު
އެޗްއާރުޑަބްލިއުގެ ސައުތު އޭޝިއާ ޑިރެކްޓަރު މީނާކްޝީ ގަންގޫލީ ވިދާޅުވީ ފާޑުކިޔާ ފަރާތްތައް ޖަލަށްލާއި ކޯޓު މަރުހަލާގައި ވެސް އެ މީހުންނަށް އަމިއްލަ އަށް ދިފާއުވެވޭނެ ފުރުސަތު ނުދިނުމަކީ އިންޓަނެޓް އޭޖުގައި އިންޑިއާ ތަމްސީލު ކުރުމަށް އެޅިގެންދާ ހުރަހެއް ކަމަށެވެ.އިންޑިއާގައި ދައުލަތާ އިދިކޮޅު އަމަލެއް ހިންގުމަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ. ނަމަވެސް ކުށެއް ސާބިތުވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އެކަމަކު އިންޑިއާގެ ޝަރުއީ ނިޒާމުގެ ލަސްމިނަށް ބަލާއިރު ކުށެއް ސާބިތު ނުވި ނަމަވެސް އެތައް ދުވަހަކު ޖަލުގައި ހޭދަކުރަން ޖެހެ އެވެ.ނިއުކްލިއާ ޕްލާންޓެއް ހެދުމާ ދެކޮޅަށް ދެކުނު އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓުގައި މުޒާހަރާ ކުރިބަޔަކާ ދެކޮޅަށް ފުލުހުން ވަނީ ދައުލަތާ ދެކޮޅު އަމަލެއް ހިންގުމުގެ ދައުވާ އުފުލައިފަ އެވެ. --އޭއެފްޕީ
ޓްރަމްޕުގެ ވަކީލްއާ ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފި
އިންޑިއާގެ ވަކީލަކަށް އެއް ރުޕީސްގެ ޖޫރިމަނާއެއް
އިންޑިއާގެ ކުޅަދާނަ ވަކީލް ޖޭތުމަލާނީ އަވަހާރަވެއްޖެ
ވިސްނާ! ނޫސްވެރިކަމުގެ ހައްގުގައި މޯދީ ހުއްޓުވި ފިޔަވަޅު
ޚިޔާލު ފާޅުކުރުން ހަނިކުރާ ގާނޫނުގެ މައްސަލަ ކޯޓަށް
އަބުރުގެ ދައުވާ ނުކޮށް، ސަރުކާރު ހިންގަން އުޅޭ: ކޯޓު
ފާޑު ކިއުމަކީ އަބުރާ ބެހުމެއް ނޫން: އިންޑިއާ ކޯޓު
ހައި ކޯޓުން ބަލައިނުގަތް ރާޣިބް ކްރިމިނަލް ކޯޓުގައި
އިންޑިއާގެ ހޯމް މިނިސްޓަރަށް ކެނެޑާއިން ބޮޑު ތުހުމަތެއް
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ