04 ސެޕްޓެމްބަރ 2016
އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ގިނަ މާއްދާތަކެއް ބާތިލްކުރުމަށާއި އެ ގާނޫނަށް އަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމުގެ އަމުރަކަށް އެދި ވަކީލުންތަކެއް މިއަދު ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ގިނަ މާއްދާތަކެއް ބާތިލްކުރުމަށާއި އެ ގާނޫނަށް އަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމުގެ އަމުރަކަށް އެދި ވަކީލުންތަކެއް މިއަދު ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އާންމުންނާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގު ކުރެއްވި އެ ގާނޫނުގެ ގިނަ މާއްދާއެއް ބާތިލްކުރަން މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލް މައުމޫން ހަމީދާއި ވަކީލް ހަސަން މައާޒް ޝަރީފާއި ވަކީލް އިބްރާހިމް ޝަމީލެވެ.
އެ ގާނޫނުގެ މާއްދާތައް ބާތިލްކުރުމުގެ އިތުރުން އެ މައްސަލަ ކޯޓުން ނިމެންދެން އެ ގާނޫނަށް އަމަލު ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.
މީގެ އިތުރުން ބާތިލްކުރަން އެދިފައިވާ މާއްދާތައް އުނިކޮށް، މިނިވަން ޑިމޮކްރެޓިކް އުސޫލުތަކާއި އެއްގޮތަށް އެ ގާނޫނު ހަ މަސް ދުވަހުގެ ތެރޭގައި އަލުން އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްދޭން ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.
ބާތިލްކުރުމަށް އެދިފައި ވަނީ 6 ވަނަ މާއްދާގެ ށ. ނ. ރ. އާއި 9 ވަނަ މާއްދާ އަދި 11، 12 އަދި 14 ވަނަ މާއްދާ، 17 ވަނަ މާއްދާގެ ނ. އާއި ރ، 18 ވަނަ މާއްދާގެ ނ އާއި ރ، 21 ވަނަ މާއްދާއިން 31 ވަނަ މާއްދާއާ ހަމަ އަށް، 32 ވަނަ މާއްދާގެ ހ. އާއި ށ. އާއި ނ. އަދި ރ އަދި 36 ވަނަ މާއްދާ އާއި 40 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނުކުތާ އިން ތިން ވަނަ ނުކުތާ އަށް އަދި 40 ވަނަ މާއްދާގެ ށ. އެވެ.
ދުސްތޫރީ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް އޮންނަ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅިޔަސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު އަހުމަދު ދާއޫދު ހުށަހެޅުއްވި، ހިޔާލު ފާޅުކުރުން ހަނިކުރާ ބިލް މަޖިލީހުން ފާސްކުރީ ބިލް ހުށަހެޅި ގޮތަށް ވެސް ވުރެ ވެސް ހަރުކަށިކޮށްފަ އެވެ. އެ ބިލާ ބެހޭގޮތުން އާންމުންގެ ޚިިޔާލު ހުށަހަޅަން މަޖިލީހުން ފުރަތަމަ ހުޅުވާލިޔަސް އެ ފުރުސަތު ވެސް ފަހުން ވަނީ ބަންދުކޮށް، ލިބުނު ޚިޔާލުތައް ވެސް ބާތިލްކޮޮށްފަ އެވެ.
އެ ބިލް ފާސްކޮށް، ތަސްދީގުކުރީ ނޫސްވެރިންނާއި އަމިއްލަ ޖަމްއިއްޔާތަކުން ވެސް އެ ބިލަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދަނިކޮށެވެ.
ބާ ކައުންސިލްގެ އިންތިޚާބު ޖޫން މަހު ބާއްވަނީ
ގަރާރުގެ ދަށުން އެޅި ފިޔަވަޅުތައް ބާތިލް: ވަކީލުން
"ފާރިސަށް ކުރީ ދެސުވާލު، މައްސަލަ އޮތީ އުފައްދާފައި"
54 ވަކީލުންގެ ހައްގުގައި އިތުރު ވަކީލުންތަކެއް
އަބުރުގެ ގާނޫނުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި
ސިޔާސީ މަގާމުގައި ދައުލަތާ ދެކޮޅަށް ވަކާލާތެއްނުކުރެވޭނެ
ޑެޕިއުޓީ މިނިސްޓަރަކު ދިފާއީ ވަކީލެއްގެ ގޮތުގައި ކޯޓަށް
މެމްބަރު ސައްތާރު ކޯޓުގައި ވަކާލާތުކުރާތީ ސުވާލު
ޑެޕިއުޓީ މިނިސްޓަރު ވަކާލާތުކުރާ މައްސަލަ ބަލަނީ
ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ކޯޓުގައި!