31 ޖެނުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ހަ މަސް ދުވަހުގެ ބަންދުން ދޫކޮށްލިތާ 40 ގަޑިއިރުގެ ތެރޭގައި އަލުން ހައްޔަރުކޮށް، ތަހުގީގުގައި ފުލުހުން ކުރީ "ވަރަށް ތާކުންތާކު ނުޖެހޭ" ދެ ސުވާލު ކަމަށް ވިދާޅުވެ، އޭނާގެ ވަކީލުން މިރޭ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ހަ މަސް ދުވަހުގެ ބަންދުން ދޫކޮށްލިތާ 40 ގަޑިއިރުގެ ތެރޭގައި އަލުން ހައްޔަރުކޮށް، ތަހުގީގުގައި ފުލުހުން ކުރީ "ވަރަށް ތާކުންތާކު ނުޖެހޭ" ދެ ސުވާލު ކަމަށް ވިދާޅުވެ، އޭނާގެ ވަކީލުން މިރޭ ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ސިފައިންނާއި ފުލުހުން ފޯރިމަރަމުންދާ އެންދެރިމާގޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފާރިސްގެ ވަކީލުން ވިދާޅުވީ، ފާރިސްގެ މައްޗަށް ތުހުމަތުކުރަނީ ޖިނާއީ މައްސަލައެއްގައި ނޫން ކަމަށެވެ. އެ މައްސަލައަކީ ގާނޫނީ އެއްވެސް ހަމައެއްގެ މައްޗަށް ބުރަވުމެއް ނެތް، އިންސާފުގެ އެންމެހާ ހަމަތައް ވެސް ފަހަނާޅާއި ކުރިއަށްގެންދާ މައްސަލައެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ފާރިސްގެ މައްޗަށް މައްސަލައެއް އުފައްދައިގެން އުޅެނީ، ވަކީލުން ތުހުމަތު ކުރައްވާ ގޮތުގައި، އޭނާގެ "ސިޔާސީ ހަޔާތް މަރާލުމަށެ"ވެ. މެމްބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްގެން ފާރިސްއާ ކުރި ސުވާލުން ވެސް އެކަން ސާފުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
"މިހާތަނަށް ކުރެއްވި ދެ ސުވާލުގެ ތެރެއިން ފުރަތަމަ ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކާ ގުޅިގެން ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން ފާރިސް މަސައްކަތް ކުރެއްވިންތޯ ނުވަތަ އެ މަސައްކަތް ކުރައްވަން ރޭއްވެވިންތޯ؟ ދެ ވަނަ ސުވާލަކީ ފާރިސް މިފަދަ އަމަލުތަކެއް ހިންގެވި ކަމަށް އެއްވެސް މީހަކު ބުނާނަމަ، އެކަމަށް ކީކޭތޯ ވިދާޅުވަނީ،" ވަކީލް މައުމޫން ހަމީދު ވިދާޅުވި އެވެ.
ޖަވާބުގައި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެފަދަ ވާހަކައެއް އެއްވެސް މީހަކު ބުނާނަމަ، އެއީ އެ މީހަކު ކަނޑައެޅިގެން ހަދާ ދޮގެއް ކަމަށް ފާރިސް ތަހުގީގުގައި ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ.
އެއާއެކު، އެ ތުހުމަތާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އޮތް ނަމަ، އެއީ ކޮން ދުވަހަކު ކޮންތަނެއްގައި ހިނގި ކަމެއް ކަން އަދި ރިޝްވަތުގެ ގޮތުގައި ދިނީ ކިހާ އަދަދެއްގެ ފައިސާއެއް ކަން ސާފުކޮށްދޭން ފާރިސް އެދިވަޑައިގަތުމުން ފުލުހުންނަށް އެކަން ސާފުކޮށްނުދެވުނު ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަންބޮޑުވާން މި ޖެހޭ ކަމަކީ މި ދެ ސުވާލަކީ ހައްޔަރުކޮށްގެން ޖަލަށް ލައިގެން ކުރަން ޖެހޭނެ ސުވާލުތަކެއް ނޫން ވީމަ، މިއީ ފާރިސް ގޭގައި ހުންނަވަނިކޮށް ގެއަށް ވަޑައިގެން ދުރުވެފައި ކުރެއްވޭނެ ސުވާލެއް. ނުވަތަ ފާރިސް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުކޮށްގެން ކުރެއްވިދާނެ ސުވާލެއް،" މައުމޫން ވިދާޅުވި އެވެ.
މި މަހުގެ 25 ގައި ފާރިސް ދޫކޮށްލުމަށް ފަހު، އަލުން ހައްޔަރުކުރީ 40 ގަޑިއިރުގެ ތެރޭގައި ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ތުހުމަތާއި އަމުރު ހޯދުމާއި ހައްޔަރުކުރުން ދިޔައީ ވަރަށް ހަލުވި ސްޕީޑުގައި ކަމަށެވެ. ފާރިސް ދޫކޮށްލިތާ 24 ގަޑިއިރު ނުވަނީސް އޭނާއާ ގުޅޭ ގޮތުން ތިން އަމުރެއް ނެރެ ހައްޔަރުކުރީ ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ފާރިސްގެ ވަކީލުން ޓީމުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ ފާރިސްގެ މައްޗަށް ތުހުމަތުކުރަނީ ޖިނާއީ މައްސަލައެއް ކަމަށް ގަބޫލު ނުކުރެއްވޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. ޖިނާއީ ތުހުމަތެއް ކުރާނަަމަ، ކުށްކުރި މީހާ އާއި ރައްދުވާ މީހާ އާއި ކުށްކުރި ސަބަބާއި ގާނޫނުގައި އެ ކުށް ރިއާޔަތްކުރެވޭ މާއްދާއެއް ވެސް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އެއްގޮތަކަށް ވެސް ޖިނާއީ މައްސަލައެއްގެ ސިފަތައް އެކުލެވޭ ކަމެއް ނޫން. މި ހިނގާ ކަމަކީ ފާރިސް މައުމޫންގެ ސިޔާސީ ހަޔާތް ނެތިކޮށްލުމަށްޓަކައި ވަކި ގޮތަކަށް ރޭވިގެން ހިންގާ ކަމެއް،" ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވި އެވެ.
ފާރިސްގެ ޝަރީއަތްތަކުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދާއި އެހެން ވެސް ދަތިތައް ކުރިމަތިވާ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުންފާޅުކުރެއްވި އެވެ. ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު މިއަދު ވެސް މަސައްކަތް ކުރެއްވީ، ޝަރީއަތް ނިންމާލަން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ފާރިސްއާ ގުޅޭ ގޮތުން ހައި ކޯޓަށް ހުށަހަޅާ މައްސަލަތަކަށް ވެސް "ވާނުވާއެއް ނޭނގޭ" ކަމަށް ވިދާޅުވެ ޝަމީމް ކަންބޮޑުވުންފާޅުކުރެއްވި އެވެ.
ފާރިސްއާ ދެކޮޅަށް ހެއްކެއް ނެތް، އޮތީ ބަޔާނެއް:ވަކީލު
"ފާރިސްގެ ފޯނު ދެވަނަ ފަހަރަށް ހިފެހެއްޓީ ގޯސްކޮށް"
ފާރިސް ދެވަނަ ފަހަރަށް ބަންދުކުރީ ރަނގަޅަށް: ހައިކޯޓު
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
ފާރިސް ބަންދުކުރި މައްސަލަ އިސްތިއުނާފް ކުރަނީ
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ރަނގަޅު: ހައިކޯޓު
ފާރިސް ބަންދުގައި ބެހެއްޓީ ގޯސްކޮށް: ހައި ކޯޓް
ފާރިސް ދެވަނަ ފަހަރަށް ހައްޔަރުކުރި އަމުރަށް ތާއީދު
3 އަހަރު ކުރިން ފާރިސް ހައްޔަރުކުރި މައްސަލަ ނުނިމި
ފާރިސްގެ ރިޝްވަތުގެ މައްސަލަ ބޭރުކޮށްލައިފި