25 އެޕްރީލް 2018
ގާހިރާ (އެޕްރީލް 25) - ސިފައިންގެ ތަސައްވަރު ގެއްލޭ ކަހަލަ ވާހަކަ ދެއްކުމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި މިސްރުގެ ކުރީގެ އޮޑިޓާ ޖެނެރަލް ހިޝާމް ގުނައިނާ ފަސް އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
ގާހިރާ (އެޕްރީލް 25) - ސިފައިންގެ ތަސައްވަރު ގެއްލޭ ކަހަލަ ވާހަކަ ދެއްކުމުގެ ކުށް ސާބިތުވި ކަމަށް ކަނޑައަޅައި މިސްރުގެ ކުރީގެ އޮޑިޓާ ޖެނެރަލް ހިޝާމް ގުނައިނާ ފަސް އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
ހިޝާމް އަކީ މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރި ސާމީ އަންނާގެ ކެމްޕޭން މެނޭޖަރެވެ. ހިޝާމް ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި ސާމީ އަނާން ހުންނަ އިރު އެއްވެސް އަނިޔާއެއް ކޮށްފި ނަމަ ސިފައިންގެ އިސް މަގާމުތަކުގައި ތިބި މީހުން ހިންގާ ކޮރަޕްޝަން ކިތާބީ ހެއްކާ އެކު ބޭޒާރު ކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ. ހިޝާމް އެހެން ވިދާޅުވުމާ އެކު އޭނާ ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ. ހިޝާންއާ އިންޓަވިއު ކުރި ނޫސްވެރިއަކު ވެސް ވަނީ ފެބްރުއަރީ މަހު ހައްޔަރުކޮށްފަ އެވެ.
ސިފައިންގެ ތެރޭން ރިޓަޔާކޮށްފައިވާ ޖެނެރަލެއް ކަމަށްވާ ސާމީ އަނާން ޖެނުއަރީ މަހު ހައްޔަރުކުރީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކުރިތާ ތިން ވަނަ އަށްވީ ދުވަހު އެވެ.
ރައީސް އަބްދުލް ފައްތާހު ސީސީގެ ވެރިކަމުގައި، 2016 ވަނަ އަހަރު އަނާން ސިފައިންގެ ވަޒީފާ އިން ވަކިކުރީ ސިފައިންގެ ތެރޭގައި އޮތް ކޮރަޕްޝަނުގެ ވާހަކަތައް ދެއްކުމުންނެވެ. ހިޝާން ހައްޔަރު ކުރުމުގެ ކުރިން ޖެނުއަރީ މަހު ވަނީ ބަޔަކު އޭނާ އަށް ހަމަލާ ވެސް ދީފަ އެވެ.
މާޗު މަހު ބޭއްވި ރިޔާސީ އިންތިޚާބު ސީސީ ކާމިޔާބު ކުރައްވާފައި ވަނީ 97 ޕަސެންޓް ވޯޓުންނެވެ. އިދިކޮޅު އެއްވެސް ކެންޑިޑޭޓަކަށް ވާދަކުރުމުގެ ފުރުސަތު ނުދީ ބޭއްވި އިންތިޚާބުގައި ސީސީއާ ދެކޮޅަށް ނުކުންނެވީ އޭނާގެ އެކުވެރިއެއް ކަމަށްވާ މޫސާ މުސްތަފާ މޫސާ އެވެ.
ޓިކްޓޮކްގެ ތަރިއަކު 13 އަހަރަށް ޖަލަށް!
ޖަޒީރާގެ ނޫސްވެރިޔާ މިސްރު ޖަލުގައި ހުންނަތާ އަހަރެއް
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ދަމަހައްޓައިފި
ގައިދީންގެ ގަޔަށް ބަޑިޖަހާ މަރާ ވީޑިއޯއެއް އާއްމުވެއްޖެ
މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ހަތް އަހަރަށް ޖަލަަށް
ސަރުކާރަށް ފާޑުކީ ވަކީލަކު 10 އަހަރަށް ޖަލަށް
ކުރީގެ ރައީސް މުބާރަކް ވަރަށް އަވަހަށް މިނިވަންކުރާނެ
މުރްސީގެ އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް ބާތިލްކޮށްފި
މިސްރު ސަރުކާރުގެ ކޮރަޕްޓް ވާހަކަ ބުނި އޮޑިޓަރު ޖަލަށް
ގައިދީއަކު މަރާލި ހަ ފުލުހަކު ޖަލަށްލާން ހުކުމްކޮށްފި