އަލް ޖަޒީރާ ޓީވީގައި މަސައްކަތް ކުރާ މިސްރުގެ ނޫސްވެރިޔާ މަހްމޫދު ހުސައިން، އެއްވެސް ކުށަކާ ނުލައި މިސްރުގެ ޖަލުގައި ހައްޔަރު ކޮށްފައި ހުންނަތާ މިއަދަށް އެއް އަހަރުވީ އެވެ.
20 ޑިސެމްބަރ 2017
އަލް ޖަޒީރާ ޓީވީގައި މަސައްކަތް ކުރާ މިސްރުގެ ނޫސްވެރިޔާ މަހްމޫދު ހުސައިން، އެއްވެސް ކުށަކާ ނުލައި މިސްރުގެ ޖަލުގައި ހައްޔަރު ކޮށްފައި ހުންނަތާ މިއަދަށް އެއް އަހަރުވީ އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި އުޅެނިކޮށް މިސްރު ސިފައިން މަހްމޫދު ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރީ، މިސްރުގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމުގެ މަގްސަދުގައި ދޮގު ޚަބަރު ފަތުރާ ކަމަށް ބުނެ އެވެ.
މީގެ އަހަރުތަކެއް ކުރިން ފެށިގެން، މަހްމޫދު ދިރިއުޅެމުން އައީ ގަތަރުގަ އެވެ. މިދިޔަ އަހަރު ގާހިރާ އަށް ދިޔައީ އާއިލާގެ މީހުންނާ ބައްދަލު ކޮށްލުމަށެވެ. އެ ދަތުރަށް ފަހު އެނބުރި ގަތަރަށް ދާން ކައިރިވެފައި ހުއްޓާ ފުލުހުން އޭނާ ހައްޔަރުކޮށް ތަހުގީގުކުރުމަށް ފަހު ޖަލަށްލީ އެވެ.
މަހްމޫދުގެ މައްޗަށް އަލް ޖަޒީރާ މީޑިއާ ނެޓްވޯކުން ބުނި ގޮތުގައި މިސްރު ސަރުކާރުން މަހްމޫދުގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތެވެ. އެހެންކަމުން އޭނާ ވަގުތުން މިނިވަން ކުރުމަށް އެ ނެޓްވޯކުން ދަނީ މިސްރު ސަރުކާރަށް ގޮވައިލަމުންނެވެ.
މަހްމޫދު ޖަލުގައި ހައްޔަރު ކޮށްފައި ހުރި ނަމަވެސް، އޭނާގެ މައްޗަށް މިސްރު ސަރުކާރުން މިހާތަނަށް އެއްވެސް ދައުވާއެއް އުފުލައިފައެއް ނުވެ އެވެ. އަދި އެއްވެސް ފަހަރަކު ކޯޓަށް ހާޒިރުކޮށްފައެއް ވެސް ނުވެ އެވެ.
އަލް ޖަޒީރާގެ ނޫސްވެރިޔާ މަހްމޫދު ހުސައިން (ކ) ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތުގެ އަރިހުގައި.
އޭނާ ޖަލުގައި ހުންނަތާ އަހަރެއް ވާން އުޅެނިކޮށް މި މަހުގެ 14 ވަނަ ދުވަހު މިސްރު ސަރުކާރުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 45 ދުވަހަށް އިތުރު ކޮށްފަ އެވެ. އެއްވެސް ކުށަކާ ނުލައި ނޫސްވެރިއަކު ހައްުޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ހުންނާތީ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މިސްރު ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ޖަލުގައި ހުންނަތާ އަހަރެއްވީ އިރު، މަހްމޫދުގެ ސިއްހީ ހާލަތު ވަނީ ގޯސްވެފައި ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ. ޖަލުގައި ހުއްޓައި އޭނާގެ އެއް އަތް ބިނދިފައިވާ އިރު، ޖަލު ބަލަހައްޓާ އިދާރާ އިން އޭނާ އަށް އެކަށީގެންވާ ފަރުވާ ނުދޭ ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ.
މިސްރު ފުލުހުން މީގެ ކުރިން ވެސް އަލް ޖަޒީރާގެ ބައެއް ނޫސްވެރިން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބަންދުކޮށްގެން ގެންގުޅެފައިވެ އެވެ. އޭގެ ތެރޭގައި، 2013 ވަނަ އަހަރު ހައްޔަރުކުރި، އަލް ޖަޒީރާ އިންގިލިޝްގައި މަސައްކަތް ކުރާ ބާހިރް މުހައްމަދާއި މުހައްމަދު ފަހްމީ އާއި ޕީޓާ ގްރެސްޓް ހިމެނެ އެވެ. މީގެ ތެރެއިން ގްރެސްޓް އަހަރަކަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރި އިރު، ބާހިރާއި މުހައްމަދު ފަހްމީ މިނިވަންކުރީ 437 ދުވަސް ފަހުންނެވެ.
އޭގެ އިތުރުން އަލް ޖަޒީރާގައި މަސައްކަތް ކުރާ ހަ ނޫސްވެރިއެއްގެ މައްޗަށް، 2016 ވަނަ އަހަރު މިސްރުގެ ކޯޓުން ވަނީ ޣައިރު ހާޒިރުގައި މަރުގެ ހުކުމް ވެސް އިއްވައިފަ އެވެ. އެއީ އެމީހުން މިސްރުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގުމުގެ ކުށުގަ އެވެ.
ޝީރީން މަރާލުން، ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި
ޖަޒީރާގެ ނޫސްވެރިޔާ މަރައިލުމުން، އިޒްރޭލަށް ނުރުހުން
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
ޖޫރިމަނާ މާއްދާ އުނިކޮށް ބަދަލުތަކާއެކު ބިލް ފާސްކޮށްފި
ކައުންސެލް ޖެނެރަލްގެ ލަފަޔާ އެކު ބިލު ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް ހަވީރު، އެޖެންޑާއެއް ނޭނގޭ
ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް މިއަދު، އެޖެންޑާ އާންމެއް ނުކުރޭ
ނޫސްވެރިން ބޭނުންވި އިސްލާހުތައް ގެނައިން: އަސްވާޑް
އެމްޖޭއޭގެ ރައީސް ކަމަށް ނާއިފް، ނައިބަކަށް ޝަހުޒާން