Roadha Mihaaru
ދެ ކޮރެއާގެ ވެރިންގެ ސަމިޓުގައި ކިމްއަށް ސްވިސް ކެއުން

ދެ ކޮރެއާގެ ވެރިންގެ ސަމިޓުގައި ކިމް އަށް ސްވިސް ކެއުން

25 އެޕްރީލް 2018

ޕިއޮންޔޮން (އެޕްރީލް 25) - ދެ ކޮރެއާގެ ވެރިން އަންނަ ހުކުރު ދުވަހު ބާއްވާ ސަމިޓުގައި ރޭގަނޑުގެ ފަރިއްކޮޅުގައި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ޚާއްސަކޮށްފައި ވަނީ ސްވިސް ޕޮޓޭޓޯ ޑިޝްއެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔޮން (އެޕްރީލް 25) - ދެ ކޮރެއާގެ ވެރިން އަންނަ ހުކުރު ދުވަހު ބާއްވާ ސަމިޓުގައި ރޭގަނޑުގެ ފަރިއްކޮޅުގައި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ޚާއްސަކޮށްފައި ވަނީ ސްވިސް ޕޮޓޭޓޯ ޑިޝްއެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިއީ ކިމް ތައުލީމް ހާސިލް ކުރައްވަން ސްވިޒަލެންޑުގައި އުޅުނު ދުވަސްވަރުގެ ހަނދާންތައް އާ ކުރުމަށް އެރުވޭ ޚާއްސަ ފަރިއްކޮޅެއް ކަމަށްވެ އެވެ. ސްވިޒަލެންޑުގެ ސްކޫލެއްގައި ކިމް އުޅުއްވި ކަމަށް ބުނި ނަމަވެސް އެކަން ރަސްމީ ސިފައެއްގައި ޔަގީންކުރެވިފައެއް ނުވެ އެވެ.

ދެ ކޮރެއާގެ ވެރިންގެ ސަމިޓުގައި ސައުތު ކޮރެއާގެ ރައީސް އަށް ޚާއްސަ ކުރާނީ މަހުން ތައްޔާރު ކުރާ ޚާއްސަ ކެއުމެއް. --ފޮޓޯ:ބްލޫ ހައުސް

ދެ ކޮރެއާގެ ވެރިންގެ ސަމިޓުގައި ސައުތު ކޮރެއާގެ ރައީސް އަށް ޚާއްސަ ކުރާނީ މަހުން ތައްޔާރު ކުރާ ޚާއްސަ ކެއުމެއް. --ފޮޓޯ:ބްލޫ ހައުސް

ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިން އަށް ރޭގަނޑުގެ ފަރިއްކޮޅަށް އަރުވާނީ އެމަނިކުފާނުގެ އުފަން ސިޓީ ބުސާންގެ މެނޫގައި ހިމެނޭ ކަނޑުމަހުގެ ފަރިއްކޮޅެކެވެ. ކަނޑު މަހުގެ ކެއުންތަކުގައި ބަނދަރުމަތީ ސިޓީ ބުސާންގައި މަޝްހޫރު ކެއުންތަކެވެ.

ނޯތު ކޮރެއާގެ ޚާއްސަ ނޫޑްލްސް ތައްޔާރު ކުރާނީ ޕިއޮންޔޮންގެ މަޝްހޫރު އޮކްރިޔޫ ގުވާން ރެސްޓޯރެންޓުގެ ޗެފެކެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޚާއްސަ ކުރާނީ ސްވިސް ޕޮޓޭޓޯ ޑިޝްއެއް. --ފޮޓޯ:ބްލޫ ހައުސް

ނޯތު ކޮރެއާގެ ލީޑަރު ކިމް ޚާއްސަ ކުރާނީ ސްވިސް ޕޮޓޭޓޯ ޑިޝްއެއް. --ފޮޓޯ:ބްލޫ ހައުސް

މިއީ 2007 ވަނަ އަހަރުގެ ފަހުން ދެ ކޮރެއާގެ ވެރިން ބާއްވާ ފުރަތަމަ ސަމިޓެވެ.

ގައުމުތަކުން ވަޑައިގަންނަވާ ވެރިންނަށް ކެއުން ތައްޔާރު ކުރުމުގައި ސައުތު ކޮރެއާ އުޅެނީ ވަރަށް ކުރީގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ސައުތު ކޮރެއާ އަށް ކުރެއްވި ދަތުރުފުޅުގައި ފަރިއްކޮޅަށް އެރުވި ޑިނގާ ނަގާފައި ވަނީ ސައުތު ކޮރެއާ އާއި ޖަޕާނާ ދެމެދު އޮންނަ ރަށްތަކެއްގެ ކައިރިންނެވެ.