26 އެޕްރީލް 2018
ސޯލް (އެޕްރީލް 26) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިންގެ މާދަމާގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ ކޮރެއާގެ ބޯޑަރުގައި ހުންނަ ޕީސް ހައުސްގައި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސޯލް (އެޕްރީލް 26) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިންގެ މާދަމާގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ ކޮރެއާގެ ބޯޑަރުގައި ހުންނަ ޕީސް ހައުސްގައި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ކިމް އަކީ 1953 ވަނަ އަހަރުގެ ކޮރެއާ ހަނގުރާމަ އަށް ފަހު ސައުތު ކޮރެއާގެ ސަރަހައްދަށް ވަދެވަޑައިގަންނަވާ ނޯތު ކޮރެއާގެ ފުރަތަމަ ލީޑަރެވެ. ދެ ބޭފުޅުން ބައްދަލު ކުރައްވާނީ މާދަމާ ކޮރެއާ ގަނޑިން 9:30 (ރާއްޖޭ ގަޑިން ފަތިހު 5:30) ގަ އެވެ. ދެ ކޮރެއާގެ ސަމިޓް ފަށާނީ އޭގެ އެއްގަޑިއިރު ފަހުންނެވެ.
ސަމިޓުގައި އިސްކަން ދޭނީ ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމާ ގުޅޭ ގޮތުންނެވެ. ކިމް ދާދި ފަހުން ވަނީ އެފަދަ އިޝާރާތެއް ދެއްވައިފަ އެވެ. ދެ ކޮރެއާގެ ވެރިންގެ ސަމިޓެއް މި ބާއްވަނީ ކޮރެއާ ޕެނިންސުލާގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވުމަށް ފަހު އެވެ.
ސައުތު ކޮރެއާގެ ރިޔާސީ ތަރުޖަމާން އިމް ޖޮން-ސޯކް ވިދާޅުވީ ކިމްއާ އެކު ވަޑައިގަންނަވާ ވަފުދުގައި ނުވަ ބޭފުޅުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ކިމްގެ ދައްތަ ކިމް ޔޯ-ޔޮން ވެސް ހިމެނެ އެވެ. މީގެ އިތުރުން އަސްކަރީ އޮފިޝަލުން ވެސް ހިމެނެ އެވެ. ސައުތު ކޮރެއާގެ ވަފުދުގައި ޑިފެންސް، ފޮރިން އަަދި ޔުނިފިކޭޝަން މިނިސްޓަރުންނާ އެކު ހަތް އޮފިޝަލުން ހިމެނެ އެވެ.
ދެ ކޮރެއާގެ ދެމެދުގައި ގާއިމްކޮށްފައިވާ ޑިމިލިޓަރައިޒް ޒޯން (ޑީއެމްޒެޑް) ގައިވާ އަވަށެއް ކަމަށްވާ ޕަންމުންޖޮމްގައި ދެ ގައުމުގެ ވެރިންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ގާޑް އޮފް އޮނާއެއް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ. ރަސްމީ މަޝްވަރާތައް ކުރިއަށް ދާނީ ޕަންމުންޖޮމްގެ ޕީސް ހައުސްގަ އެވެ.
މެންދުރުގެ ފަރިއްކޮޅަށް މަޝްވަރާތައް މެދުކަނޑާލުމަށް ފަހު ނޯތު ކޮރެއާގެ ވަފުދު ދާނީ އެ ގައުމުގެ ބޯޑަރާވީ ފަޅިއަށެވެ. މެންދުރުގެ ސެޝަނުގެ ކުރިން، ސުލްހައިގެ ރަމްޒެއްގެ ގޮތުން ދެ ލީޑަރުން ގަހެއް އިންދެވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް ޕަންމުންޖޮމް އަށް ވަޑައިގަންނަވާނެ އެވެ. ސަމިޓް ނިންމާލާނީ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ފަހު އވެ. އަދި އޭގެ ފަހުން ދެ ގައުމުން ގުޅިފައިވާ ބަޔާނެއް ނެރޭނެ އެވެ. ކިމް އެނބުރި ވަޑައިގަތުމުގެ ކުރިން ސައުތު ކޮރެއާއާވީ ފަޅީގައި ރޭގަނޑުގެ ޚާއްސަ ފަރިއްކޮޅެއް އޮންނާނެ އެވެ. އޭގެ ފަހުން "ސްޕްރިން އޮފް ވަން" ގެ ނަން ދީފައިވާ ވީޑިއޯއެއް ބެލުން އޮންނާނެ އެވެ.
ސައުތު ކޮރެއާގެ ރައީސްއާ އެކު ބާއްވާ ސަމިޓަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އަންނަ ޖޫން މަހު ކިމް ބައްދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ނިއުކްލިއާ ހަތިޔާރުން ރައްދު ދޭން ކިމް ފަހެއް ނުޖެހޭނެ
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން
ދެ ކޮރެއާގެ ހޮޓްލައިން އަލުން އިއާދަކުރަނީ
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލު ކުރައްވަނީ
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލުކޮށްފި
"ސައުތު ކޮރެއާއަށް އެތެރެވި ވަގުތު ޖަޒުބާތުން ފުރުނު"
ނިއުކްލިއާ ހަތިޔާރު ނައްތާލަން ކޮރެއާގެ ވެރިން އެއްބަސް
ބޯޑަރު ހުރަސްކުރައްވައި ކިމް ސައުތު ކޮރެއާ އަށް