27 އެޕްރީލް 2018
ޕަންމުންޖޮމް (އެޕްރީލް 27) - ދެ ކޮރެއާ ގުޅޭ ބޯޑަރު ހުރަސް ކުރުމަށް ފަހު ސައުތު ކޮރެއާއާވީ ފަޅިއަށް ވަދެވަޑައިގެންނެވި ވަގުތު ޖަޒުބާތުން ފުރުނު ކަމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެއްޖެ އެވެ.
ޕަންމުންޖޮމް (އެޕްރީލް 27) - ދެ ކޮރެއާ ގުޅޭ ބޯޑަރު ހުރަސް ކުރުމަށް ފަހު ސައުތު ކޮރެއާއާވީ ފަޅިއަށް ވަދެވަޑައިގެންނެވި ވަގުތު ޖަޒުބާތުން ފުރުނު ކަމަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެއްޖެ އެވެ.
ކިމް އަކީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުނު ފަހުން ސައުތު ކޮރެއާ އަށް އެތެރެވެވަޑައިގެންނެވި ނޯތު ކޮރެއާގެ ފުރަތަމަ ލީޑަރެވެ.
ކިމް ވިދާޅުވީ ކޮރެއާ ވަކިކުރަން ގާއިމްކޮށްފައިވާ ސިމެންތި ބްލޮކްތައް ހުރަސް ކުރުމަކީ ފަސޭހަ ކަމެއް ކަމަށެވެ. އެކަމަކު އެކަން ކުރަން 11 އަހަރު ހޭދަވީ ކީއްވެތޯ އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ. ދެ ކޮރެއާގެ ވެރިންގެ ސަމިޓް ޕިއޮންޔޮންގައި އެންމެ ފަހުން ބާއްވާފައި ވަނީ 2007 ވަނަ އަހަރު އެވެ.
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން (ވ) އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން އަށް ސަލާމް ކުރައްވަން ދެ ކޮރެއާ ގުޅޭ ބޯޑަރަށް ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
ދެ ކޮރެއާގެ ވެރިންގެ ސަމިޓް ބޭއްވި ދެ ގައުމު ގުޅޭ ޑިމިލިޓަރައިޒް ޒޯން (ޑީއެމްޒެޑް) ގައިވާ ޕަންމުންޖޮމްގެ ޕީސް ހައުސްގައި ކިމް ވިދާޅުވީ ކޮރެއާ ބޯޑަރު ހުރަސް ކުރަން 200 މީޓަރަށް އޭނާ ހިންގަވައިފައި ވަޑައިގެންނެވި ކަމަށާއި އެ ވަގުތުކޮޅު ހުންނެވީ ޖަޒުބާތުން ފުރިފައި ކަމަށެވެ.
ބޯޑަރު ހުރަސް ކުރަން ހިންގަވާފައި ވަޑައިގެންނެވުމަކީ ކިމް ނިންމެވި ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ކަމަށް ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ވިދާޅުވި އެވެ.
"ދެ ކޮރެއާގެ ގުޅުމުގައި އާ ސަފްހާއެއް މި ވަނީ ފެށިފައި،" ރައީސް މޫން ޖައި-އިން ވިދާޅުވި އެވެ.
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން (ވ) އާއި ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ދެ ކޮރެއާ ގުޅޭ ބޯޑަރުގައި ސަލާމަތް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ކުރިން 2000 އަދި 2007 ވަނަ އަހަރު ބޭއްވި ދެ ކޮރެއާގެ ވެރިންގެ ސަމިޓުގައި ކިމްގެ ބައްޕާފުޅު ކިމް ޖޮން-އިލް ވަނީ ސައުތު ކޮރެއާގެ އޭރުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ.
ކިމް ވިދާޅުވީ ދެ ކޮރެއާ ބައިކުރާ ޕަންމުންޖޮމްގެ ޕީސް ހައުސް ދެން ވެގެންދާނީ ދެ ކޮރެއާ ބައިކުރާ ރަމްޒަކަށް ނޫން ކަމަށާއި އެއީ ދެ ކޮރެއާގެ ސުލްހައިގެ ރަމްޒެއް ކަމަށެވެ.
ނިއުކްލިއާ ހަތިޔާރުން ރައްދު ދޭން ކިމް ފަހެއް ނުޖެހޭނެ
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ބަލިނުކުރެވޭ ވަރުގެ އަސްކަރިއްޔާއެއް އުފައްދާނަން
ދެ ކޮރެއާގެ ހޮޓްލައިން އަލުން އިއާދަކުރަނީ
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލު ކުރައްވަނީ
ދެ ކޮރެއާގެ ވެރިން އަނެއްކާވެސް ބައްދަލުކޮށްފި
ނިއުކްލިއާ ހަތިޔާރު ނައްތާލަން ކޮރެއާގެ ވެރިން އެއްބަސް
ބޯޑަރު ހުރަސްކުރައްވައި ކިމް ސައުތު ކޮރެއާ އަށް
ދެ ކޮރެއާގެ ވެރިންގެ ސަމިޓް ދެ ގައުމު ގުޅޭ ބޯޑަރުގައި