ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމުމުން، އެ މީހަކު ފަނޑިޔާރު ކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
24 އެޕްރީލް 2018
ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމުމުން، އެ މީހަކު ފަނޑިޔާރު ކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި އޮތީ މާދަމާ މެންދުރު ފަހު 1:30 ގަ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް މިދިޔަ މަހު ގެނައި އެ އިސްލާހުގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ މިދިޔަ މަހު ފަހުކޮޅެވެ. ބެލެވޭ ގޮތުގައި މިއީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެކެވެ.
ނަމަވެސް، މި މައްސަލައިގައި އަޑުއެހުންތައް ނިންމާލި ފަހުން، މި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ އިތުރު ކަންތައްތަކެއް ސާފުކުރަން ބޭނުންވާ ކަމަށް ބުނެ އަޑުއެހުމެއް ބާއްވައިފަ އެވެ.
އެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ދިޔައީ ބައެއް މެމްބަރުން ގަސްދުގައި ޖަލްސާއަށް ހާޒިރުނުވާ މައްސަލާގައި ދެ ފަރާތުން ކުރި ބަހުސެވެ.
ގާނޫނު އަސާސީ އޮންނަ ގޮތުން ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހަށް ކަމަށް ވިޔަސް، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު އޮތް ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން ފަނޑިޔާރުކަމުން ވަކިވާނެ އެވެ.
ގާނޫނަށް އެ އިސްލާހު ގެނައީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް، ދައުވާ އުފުލާފައި ވަނިކޮށެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާ މެދު ހިޔާލު ތަފާތުވުން އުފެދުނުއިރު، މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ދާދި ފަހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
ފަނޑިޔާރު ވަކިކުރަން ނިންމީ ހިޔާލީ ކަންކަމަށް ބިނާކޮށް
ފަނޑިޔާރުންގެ ގާނޫނުގެ މައްސަލަ މާދަމާ ނިންމަނީ
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
"ކޮންމެ ސަރުކާރަކުން ފަނޑިޔާރުން ބަދަލުކުރުން ގޯސް"
ދެ ފަނޑިޔާރުން ވަކިކުރަން ކޮމެޓީން ފާސްކޮށްފި
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
އަޒްމިރަލްދާ ހާޒިރުނުކުރަން ކޮމިޓީން ފާސްކޮށްފި
އިބުރާ ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމްކޯޓުން ނުބެލި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ