23 އެޕްރީލް 2018
މަޖީދިއްޔާ ސްކޫލުގެ ޓިޗަރަކާއި ދަރިވަރަކާ ދެމެދު މާރާމާރީ ހިންގި މައްސަލައެއްގައި ޓީޗަރަކު މިއަދު ސަސްޕެންޑް ކޮށްފި އެވެ.
މަޖީދިއްޔާ ސްކޫލުގެ ޓިޗަރަކާއި ދަރިވަރަކާ ދެމެދު މާރާމާރީ ހިންގި މައްސަލައެއްގައި ޓީޗަރަކު މިއަދު ސަސްޕެންޑް ކޮށްފި އެވެ.
އެނގިފައިވާގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ އިންޑިއާގެ ހިސާބު ޓީޗަރެކެވެ. ރާއްޖޭގައި މަސައްކަތްކުރާތާ 12 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މި ފިރިހެން ޓީޗަރަށް ތުހުމަތު ކުރަނީ ދަރިވަރެއްގެ ކަރުގައި ހިފި ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރަށް މިއަދު އަންގާފައިވަނީ ވަކިގޮތެއް އަންގަންދެން ވަޒީފާއަށް ނުނިކުތުމަށެވެ.
ޓީޗަރު މާރާމާރީ ހިންގީ ދަސްވާރު ޕްރޮގްރާމްގެ ދަށުން ގްރޭޑް 10 ގައި ކިޔަވާ ދަރިވަރަކާ ކަމަށާއި އެ ދަރިވަރަކީ މާރާމާރީތަކުގައި ބައިވެރިވެފައިވާ ކަމުގެ ރިކޯޑް އޮންނަ ކުއްޖެއް ކަމަށް ވަނީ އެނގިފަ އެވެ. މާރާމާރީގެ މައްސަލާގައި މިހާތަނަށް ދަރިވަރާ ދޭތެރޭ ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނެތެވެ.
މަންޒަރު ދުށް ޓީޗަރަކު ކިޔައިދިން ގޮތުގައި އިއްޔެ ހެނދުނު އެ މާރާމާރީ ހިނގީ ހިސާބު ޓީޗަރު ކްލާހެއްގައި ކިޔަވައިދެނިކޮށް އެ ކުލާހަށް ދަރިވަރު ވަނުމުންނެވެ. އެހެން ކްލާހެއްގެ އެ ދަރިވަރު އެ ކްލާސް ތެރެއަށް ވަދެ ކުދިންނާ ފުރައްސާރަކުރަން ފެށުމުން ޓީޗަރު މަސައްކަތްކުރީ އެ ދަރިވަރު ކްލާހުން ނެރުމަށެވެ.
"އެ ދަރިވަރު ކުލާހަށް ވަދެ އެ ކުލާހުގެ ކުދިންނަށް ފުރައްސާރަ ކުރަން ފެށީމަ ޓީޗަރު މަސައްކަތް ކުރީ އޭނާ ކުލާހުން ނެރެން. އެވަގުތު އެދަރިވަރު މާރާމާރީ ހިންގަން އުޅުނީ. ޓީޗަރު ސެލްފްޑިސެންސްގައި މަސައްކަތްކުރި. އެގޮތަށް މަސައްކަތް ކުރަނިކޮށް ކުއްޖާގެ ގައިގައި ޓީޗަރުގެ އަތް ޖެހުނު،" މަންޒަރުދުށް ޓީޗަރު ވިދާޅުވި އެވެ.
އެ ވަގުތު އެހެން ޓީޗަރުން ގޮސް މާރާމާރީ ހުއްޓުވި އެވެ. އެކަމަކު އެ ދަރިވަރު ދެން ދިޔައީ ދަނޑިބުރިއަކާއި ކަތުރެއް ހިފައިގެން ޓީޗަރު މަރާލާނެ ކަމަށް ބުނަމުން ކަމަށް ވެސް މަންޒަރު ދުށް ޓީޗަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާރާމާރީގައި ދަރިވަރު، ޓީޗަރުގެ ފަހަތުން ދުވެ ސްކޫލުގެ ދޮރުތަކަށް ވެސް ގެއްލުން ދިނެވެ.
މާރާމާރީއާ ގުޅިގެން މަޖީދިއްޔާގެ ބަހެއް ހޯދަން ޕްރިންސިޕަލަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
މަޖީދިއްޔާ ސްކޫލުގެ ޓީޗަރަކު ވިދާޅުވި ގޮތުގައި މާރާމާރީ ހިންގި ދަރިވަރު މިދިޔަ އަހަރު ޓީޗަރަކަށް ވަޅިން ބިރުދެއްކި މައްސަލައެއް ވެސް ބަލާފައިވެ އެވެ. އަދި މިއަހަރު އެ ސްކޫލުގެ ކައުންސިލަރަށް ބިރުދެއްކުމާއި ސްކޫލުގެ ސެކިއުރިޓީ ގާޑަކަށް ހަމަލާދިން މައްސަލައެއް ވެސް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެ ދަރިވަރާ މެދު ސްކޫލުން ފިޔަވަޅެއް ނާޅަ އެވެ.
މަޖީދިއްޔާގެ މައްސަލަ ހައްލެއް ނުވޭ
ޓީޗަރު، ދަރިވަރާ މާރާމާރީ ހިންގިކަން ސާބިތެއް ނުވޭ
"ކުދިންގެ އަޚުލާގީ މައްސަލަތައް ވަނީ އިތުރުވެފައި"
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
މަޖީދިއްޔާގެ ޕްރިންސިޕަލް ވަކިކުރަން އެދި ޕެޓިޝަނެއް!
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!
އިތުރަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން ބޭނުންވޭ