Roadha Mihaaru
ސިފައިންނާއި ފުލުހުންގެ ފްލެޓް އަޅާ މީހުން ހަޅުތާލުގައި

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އަޅާ ކުންފުނީގެ މުވައްޒަފުން ހަޅުތާލުކުރަނީ

23 އެޕްރީލް 2018

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން ހަޅުތާލު ކުރަން ފަށައިފި އެވެ.

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން ހަޅުތާލު ކުރަން ފަށައިފި އެވެ.

އެ ކުންފުނީގެ މުވައްޒަފަކު ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަމުން ބުނީ އެ މީހުން ހަޅުތާލު ކުރަން ފެށީ މުސާރަ ނުދޭތާ ތިން މަސް ދުވަސް ވެފައިވާތީ ކަމަށެވެ.

ފުލުހުންނާއި ސިފައިންނަށް ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް: އެތަނުގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ވަނީ ފެންމަތިވެފައި ފޮޓޯ: އައިލެންޑް އެކްސްޕާޓް

ފުލުހުންނާއި ސިފައިންނަށް ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް: އެތަނުގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ވަނީ ފެންމަތިވެފައި ފޮޓޯ: އައިލެންޑް އެކްސްޕާޓް

"މުސާރަ ނުދެނީ ކީއްވެގެން ކަމެއް ނޭނގޭ. މި ތަނުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށް ދޭ،" އެ މީހާ ބުންޏެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިފައިންނާއި ފުލުހުންގެ 14 ބުރީގެ ހަ ޓަވަރު ހުޅުމާލޭގައި އިމާރާތް ކުރަން އައިލެންޑް އެކްސްޕާޓުން 1،000 އަށް ވުރެ ގިނަ ބިދޭސީން ގެންގުޅެ އެވެ.

މުސާރަ ނުދޭތީ މަސައްކަތް ހުއްޓާލައި، އައިލެންޑް އެކްސްޕާޓުގެ މީހުން އިހުތިޖާޖު ފެށުމުން ފުލުހުން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ.

އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން މިއަދު ހަޅުތާލުގައި.

އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން މިއަދު ހަޅުތާލުގައި.

މިކަމާ ބެހޭ ގޮތުން އައިލެންޑު އެކްސްޕާޓުގެ އިސްވެރިއަކާ ގުޅޭ ގޮތެއް ނުވި އެވެ.

އެ ތަނުގެ މުވައްޒަފުންނަށް މުސާރަ ނުދީގެން ހަޅުތާލުކުރިއިރު، ފުލުހުންގެ ބިލްޑިންގްތަކުގެ މަސައްކަތް މިހާރު ވަނީ ނިމެން ކައިރިވެފަ އެވެ. އަދި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.