22 އެޕްރީލް 2018
އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 550 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 21 ޕަސެންޓުގެ ކުރިއެރުމެކެވެ.
އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 550 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 21 ޕަސެންޓުގެ ކުރިއެރުމެކެވެ.
ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ޓެކްސް އަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 668.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ލިބުނީ 1.8 ބިލިއަން ރުފިޔާ އެވެ.
އުރީދޫގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުނީގެ ފައިދާގެ އިތުރުން ވާފް ޓެލެކޮމް އިން ލިބުނު ފައިދާއާ އެކު ޖުމްލަ 580.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 18 ޕަސެންޓު އިތުރު އަދަދެކެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ، ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ.
ހޮޓެލް ޖެންގައި ބާއްވާ އެ ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުމާއި މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ބަހާނެ އަދަދު ކަނޑައަޅައި ފާސްކުރުމުގެ އިތުރުން ބޯޑު މެންބަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން ހިމެނެ އެވެ. އަދި އޭގެ ފަހުން ހިއްސާދާރުންނާ މަޝްވަރާ ކުރުން ވެސް ހިމެނެ އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހުންނަށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ އެވެ. އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ލިބޭނީ ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓެވެ.
އުރީދޫގެ ހިއްސާއަކަށް 2.70ރ. ބަހަން ފާސްކޮށްފި
ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫން ނިންމައިފި
އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅަނީ
އުރީދޫގެ ހިއްސާ އަކަށް 3.20ރ ބަހަން ފާސްކޮށްފި
އުރީދު އަށް ލިބުނު ފައިދާ 31 ޕަސެންޓް އިތުރުވެއްޖެ
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު އެކެއްގައި
އުރީދޫގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
ހިއްސާގެ ބާޒާރުން އުރީދޫގެ ހިއްސާ ވިއްކަން ފަށަނީ
އުރީދޫގެ ހިއްސާ ވިކުނުވަރު އަންނަ ހަފުތާގައި
އުރީދޫގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި