16 ސެޕްޓެމްބަރ 2017
އުރީދޫ މޯލްޑިވްސް ފުރަތަމަ އަހަރީ އާއްމު ޖަލްސާ އަންނަ މަހު އެއްވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އުރީދޫ މޯލްޑިވްސް ފުރަތަމަ އަހަރީ އާއްމު ޖަލްސާ އަންނަ މަހު އެއްވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ އާއްމުންނަށް ހިއްސާ ވިއްކުމަށްފަހު ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި ކަމަށެވެ.
އެ ޖަލްސާގެ ޔައުމިއްޔާގައި ހިމެނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މިދިޔަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މި އަހަރަށް އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން އަދި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި އައްޔަންކުރުން ހިމެނެ އެވެ.
އޭގެ އިތުރުން ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް އެލްއެލްސީ ގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް މެމްބަރެއް އައްޔަންކުރުން ހިމެނެ އެވެ. އެ ކުންފުނީގެ 90.5 ޕަސެންޓް ހިއްސާގެ ވެރިފަރާތް ކަމަށްވާ ވަތަނިއްޔާ އިންޓަނޭޝަނަލްއަށް ޑިރެކްޓަރުންގެ ބޯޑަށް ހަތް މެންބަރުން އައްޔަންކުރުމުގެ ބާރު ލިބިފައިވެ އެވެ. އެގޮތުން ވަތަނިއްޔާ އިންޓަނޭޝަނަލްއިން ޑިރެކްޓަރުންގެ ބޯޑަށް އައްްޔަންކުރަން ނިންމާފައި ވަނީ ޑރ. ޝައިޚާ އަލް ޖާބިރު ކަމަށް ވެސް އުރީދޫން ބުންޏެވެ.
އެ އެޖެންޑާގައި އާންމު ހިއްސާދާރުން އާ ޑިރެކްޓަރެއް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހޮވައި އައްޔަންކުރުން ހިމެނެ އެވެ. އުރީދޫގައި އާއްމު ހިއްސާދާރުންގެ ހިމެނެނީ 9.5 ޕަސެންޓް ހިއްސާ އެވެ.
އެ ކުންފުނީގެ ޑިރެކްޓަރުކަމަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުކަމަށް ޝަރުތުހަމަވާ ފަރާތްތަކަކީ އެމްޑީޓީޑީސީގެ ކުރީގެ ބޯޑު މެމްބަރު އިބްރާހިމް ފިރުޝާން އާއި ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރެވެ.
އުރީދޫގެ ހިއްސާއަކަށް 2.70ރ. ބަހަން ފާސްކޮށްފި
ހިއްސާއަކަށް 2.70ރ. ބަހަން އުރީދޫން ނިންމައިފި
އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅަނީ
އުރީދޫގެ ހިއްސާ އަކަށް 3.20ރ ބަހަން ފާސްކޮށްފި
އުރީދު އަށް ލިބުނު ފައިދާ 31 ޕަސެންޓް އިތުރުވެއްޖެ
އުރީދު އަށް 550 މިލިއަން ރުފިޔާގެ ފައިދާއެއް
އުރީދޫގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
ހިއްސާގެ ބާޒާރުން އުރީދޫގެ ހިއްސާ ވިއްކަން ފަށަނީ
އުރީދޫގެ ހިއްސާ ވިކުނުވަރު އަންނަ ހަފުތާގައި
އުރީދޫގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި