12 އެޕްރީލް 2018
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލުމަށް، އެކި ދާއިރާތަކުގެ ޓީމުތަކާ ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރައްވައި، ޚިޔާލު ހޯއްދަވަން ފައްޓަވައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި ޕީޕީއެމްގެ މެނިފެސްޓޯ އެކުލަވާލުމަށް، އެކި ދާއިރާތަކުގެ ޓީމުތަކާ ރައީސް އަބްދުﷲ ޔާމީން ބައްދަލުކުރައްވައި، ޚިޔާލު ހޯއްދަވަން ފައްޓަވައިފި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ބައެއް މަސައްކަތްތައް ޕީޕީއެމުން މިހާރު ވަނީ ފަށައިފަ އެވެ. ކެމްޕޭންގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ ޓީމުތައް އެކުލަވާލަމުން އަންނަ އިރު، އެ މަސައްކަތުގައި، ރައީސް އަބްދުﷲ ޔާމީން ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެން އެކި ޓީމުތަކާ ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ. ވިލިމާލޭގެ ޓީމަކާ ޕީޕީއެމްގެ އޮފީހުގައި، އެ މަނިކުފާނު ރޭ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް މިއަދު ވިދާޅުވީ އެކި ދާއިރާތަކުގެ ޓީމުތަކާ ބައްދަލުކުރައްވައި ރައީސް ޔާމީން ޚިޔާލު ހޯއްދަވަން ފެއްޓެވިތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އެ މަނިކުފާނަކީ، ރައްޔިތުންނާ ވީހާ ވެސް ގާތުން، ޚިޔާލު ހޯއްދަވައިގެން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ
"އަޅުގަނޑުމެންގެ ކެންޑިޑޭޓް ވަރަށް ސާފު. އެއީ ރައީސް ޔާމީން. އެ މަނިކުފާނު އެ ގެންދަވަނީ، ރައްޔިތުންގެ ކަންކަން ވީހާ ވެސް ގާތުން އޮޅުން ފިލުއްވައި، ޚިޔާލު ހޯއްދަވަމުން،" ޚަލީލް ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކުން ކަންކަން ކުރާ އުސޫލުން އަޅުގަނޑުމެންނަކީ ދެއްކުންތެރި ބައެއް ނޫން، އެ އަށް ވުރެ އަމަލީ މަސައްކަތްތައް ކޮންމެ ކަމެއްގައި ވެސް ކުރިއަށް ގެންދަނީ."
ބައެއް ރަށްތަކުގައި މިހާރު ވެސް ފޯރިގަދަ ޖަލްސާތައް ބާއްވަމުން އަންނަ ކަން ފާހަގަކުރައްވައި ޚަލީލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތައް ފުޅާކުރާނެ ކަމަށެވެ. އެއާއެކު، ރަސްމީކޮށް ކެމްޕޭން ލޯންޗްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވައުދުތައް އިއުލާންކުރަން ޕީޕީއެމްގެ ބޮޑު ޖަލްސާއެއް
އައިސީޓީ ދާއިރާ ތަރައްގީކުރުން: ރައީސްގެ ބޮޑު ވައުދެއް
ރާޅާ އަޅާ މީހުންނަށް ތަނބުރުދޫ ތަރައްގީކުރަނީ
"ވިލިމާލެ 2 އާއެކު އުފެދިގެން އަންނަނީ މަދީނާއެއް"
ސަބްމެރިން ކޭބަލެއް ގަނެ އިންޓަނެޓުގެ އަގުހެޔޮ ކުރަނީ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
ޓައިމް ބޮމަކަށް އަޅުގަނޑު ބިރެއް ނުގަންނާނެ: ރައީސް
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
ރައީސް ޔާމީން ތ. ގުރައިދު އަށް ވަޑައިގެންފި