ރާޅާ އަޅާ މީހުންނަށް ކ. ތަނބުރުދޫގައި އިތުރު ވަސީލަތްތައް ތަރައްގީކޮށް، ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 ގައި ޒުވާނުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ރޭސިން ޓްރެކެއް ހައްދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
15 ސެޕްޓެމްބަރ 2018
ރާޅާ އަޅާ މީހުންނަށް ކ. ތަނބުރުދޫގައި އިތުރު ވަސީލަތްތައް ތަރައްގީކޮށް، ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 ގައި ޒުވާނުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ރޭސިން ޓްރެކެއް ހައްދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އާއްމު ކުޅިވަރު ހަރަކާތްތަކުގެ ބޭރުން ޒުވާނުން ކުޅިވަރުގެ ހަރަކާތްތަކުގައި ހީނުކުރާ މިންވަރަށް ރާއްޖޭގައި ކުރިޔަށް އެބަގެންދާ ކަމަށެވެ. އެގޮތުން ދިވެހި ޒުވާނުންނަކީ ރާޅާ އަޅަން ވަރަށް ފަރިތަ ބައެއް ކަމަށާއި ނަމަވެސް މާލެ ސަރަހައްދުގައި ރާޅާ އަޅަން ފުރުސަތު ލިބޭނެ ގޮތެއް ނެތް ކަމަށާއި ތަނބުރުދޫ ސާފިން ޕޮއިންޓެއްގެ ގޮތުގައި އޮންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އާއްމު ކުޅިވަރު ހަރަކާތްތަކުގެ ބޭރުން ޒުވާނުން ކުޅިވަރުގެ ހަރަކާތްތަކުގައި އަޅުގަނޑުމެން ހީނުކުރާ މިންވަރަށް ރާއްޖޭގައި ކުރިޔަށް އެބަގެންދޭ. އެހެންވެ މިރޭ އަޅުގަނޑު އިއުލާންކުރަން ބޭނުންވޭ އެ ކުދިންނަށް އެ ކުދިން ދާން ބޭނުންވާ ހިސާބަށް ދިއުމަށް އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވޭނެ ފުރުސަތު އެބަޖެހޭ ސަރުކާރުން ފަހިކޮށްދޭން. ސަރުކާރުން އެބަ ޖެހޭ އިންފްރާސްޓްރަކްޗާ ގާއިމުކޮށްދޭން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ތަނބުރުދޫ ވެގެންދާނީ ދިވެހި ޒުވާނުންނަށް އެތަނުގައި ތިބެވޭ ގޮތަށް ހުރިހާ ވަސީލަތްތައް ހުންނާނެ ތަނަކަށް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ބޮޑެތި ހައިވޭތައް ހެދިގެން އަންނައިރު އަދި މީގެ ކުރިން ރޭސިން އަކީ ދިވެހި އެތައް ހާސް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް ކުޅިވަރެއް ކަމަށެވެ. އަދި ރޭސިންގައި މި ސަރަހައްދުގެ މުބާރާތްތަކުގައި ކޮންމެވެސް ވަރަކަށް ބައިވެރިވަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.
"ރޭސިންއަކީ ދިވެހި ޒުވާނުންގެ ވަރަށް ވަރުގަދަ ޝައުގުވެރިކަމެއް މިހާތަނަށް އޮތް ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ރޭސިންގައި އުޅޭ ހުރިހާ ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ ވިލިމާލޭގައި ހުރެގެން އަޅުގަނޑުގެ އުއްމީދީ މަޝްރޫއަކަށް އޮތީ ވިލިމާލެ 2 ކަނޑައަޅާފައި. މި އަންނަ ފަސް އަހަރުގެ ޓާމްގައި ބައިނަލްއަގުވާމީ ފެންވަރުގެ ރޭސިން ޓްރެކެއް ވިލިމާލެ 2ގައި އޮންނާނެ ވާހަކަ ރޭސިންގެ ޝައުގުވެރިކަން އޮންނަ ކުދިންނަށް އިއުލާންކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޅިވަރަކީ ޝައްކެތް ވެސް ނެތް ގޮތުގައި ސިޔާސީ ހިޔާލުތަކުގެ މައްޗަށް ނުފޫޒު ފޯރުވައި، އެންމެން އެކަތިގަނޑަކަށް ހަދާ ހަރަކާތެއް ކަމަށެވެ.
"ހަމަގައިމު ވެސް ދިވެހި ގައުމީ ޓީމު ރާއްޖެ އަންނައިރު ވަކި ކުލައެއް ނުތިބޭނެ. ވަކި ފިކުރެއް ނުތިބޭނެ. އަޅުގަނޑުމެން އެންމެން އަތް އުފުލާނީ ދިވެހި ޓީމަށް މަރުހަބާ ކިއުންމަތީގައި. ކުޅިވަރަކީ އެއްގޮތަކަށް ސިޔާސީ ބައުންޑްރީ ދަންނަ އެއްޗެއް ނޫން،" ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖެ މިރޭ ހޯދުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޅިވަރަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަން ޖެހޭ ގައުމީ ލޯބި އޮންނާނެކަން ދައްކައިދޭ ހަރަކާތް ކަމަށެވެ. އަދި ފުޓުބޯޅާގައި ހުރި ފުރުސަތުތައް އެހެން ކުޅިވަރުތަކުގައި ވެސް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ވިލިމާލެ 2 އާއެކު އުފެދިގެން އަންނަނީ މަދީނާއެއް"
އައިސީޓީ ދާއިރާ ތަރައްގީކުރުން: ރައީސްގެ ބޮޑު ވައުދެއް
ސަބްމެރިން ކޭބަލެއް ގަނެ އިންޓަނެޓުގެ އަގުހެޔޮ ކުރަނީ
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
ޓައިމް ބޮމަކަށް އަޅުގަނޑު ބިރެއް ނުގަންނާނެ: ރައީސް
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
ވައުދުތައް އިއުލާންކުރަން ޕީޕީއެމްގެ ބޮޑު ޖަލްސާއެއް
ދަތި ނޭޅުވިނަމަ މާ ފޮނި ނަތީޖާތަކެއް ނިކުތީސް: ރައީސް
ރައީސް ޔާމީން ތ. ގުރައިދު އަށް ވަޑައިގެންފި
"އިދިކޮޅު ވެރިކަމެއްގައި އޮންނާނީ ޖާސޫސްކުރުމާއި ތަޅާފޮޅުން"