12 އެޕްރީލް 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކުރި މައުމޫނާއި ފާރިސާއި ނަދީމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރީ އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފް ކުރަން މައުމޫނާއި ފާރިސްގެ ފަރާތުން ހުށަހެޅީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. ނަދީމްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށް އެ ބޭފުޅުންގެ ވަކީލުންގެ ޓީމުން ބުންޏެވެ.
އިސްތިއުނާފަށް ހުށަހެޅިޔަސް، އެ މައްސަލަތައް ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނިންމި ކަން އަދި ސާފެއް ނުވެ އެވެ.
މައުމޫނާއި ފާރިސް އަދި ނަދީމްގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ހުށަހެޅި ކަމެއް އަދި ސާފެއް ނުވެ އެވެ.
ބޭއިންސާފުން ޖަލުގައި ހުރުމަކީ ޚިދުމަތެއް: ފާރިސް
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ވަކީލުން އެދުމުން ފާރިސްގެ އަޑުއެހުން ފަސްކޮށްފި
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ދައުލަތުން ހުށަހެޅި މެމްބަރު ފާރިސްއާ އެއްކޮޅަށް
ފާރިސް ބަންދުކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފަށް
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް
ޝަރުތުތަކާ އެކު ފާރިސް މިނިވަންކޮށްފި
ފާރިސްގެ ވަކީލުންގެ ޝަކުވާ ސުޕްރީމް ކޯޓާއި ހައި ކޯޓަށް
ފާރިސް ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން: ޕާޓީތައް