29 ޖެނުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.
ބަންދުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރި ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށް، އޭގެ ދެ ދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު ފާރިސް ހައްޔަރުކުރީ އެހެން ތުހުމަތެއްގަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މި ފަހަރު ހައްޔަރު ކުރީ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހުމާއި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ހައްޔަރު ކުރުމުން އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ މިދިޔަ ހޮނިިހިރު ދުވަހުގެ ރޭ އަމުރުކޮށްފަ އެވެ.
ފާރިސް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅި ކަން އޭނާގެ ވަކީލުން ކަށަވަރު ކޮށްދެ އެވެ. ބަންދުގައި ބެހެއްޓުމުގެ އަމުރުގެ އިތުރުން ފާރިސްގެ ފޯނު ހިފަހައްޓަން ނެރުނު އަމުރު ވެސް މިއަދު އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.
ފާރިސް ބަންދުކުރަން ނެރުނު އަމުރު އިސްތިއުނާފަށް ހުށަހެޅިއިރު، އޭނާ ހައްޔަރު ކުރަން ނެރުނު އަމުރު ވެސް އިއްޔެ ވަނީ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އަދި ފާރިސް ބަންދު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އޭނާ ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ވެސް ފާރިސްގެ ވަކީލުން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.
ފާރިސް ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވާ މ. ސްނޯރޯސް އާއި އޭނާގެ ބައްޕާފުޅު އަދި މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ.
ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު އިސްތިއުނާފަށް
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
3 އަހަރު ކުރިން ފާރިސް ހައްޔަރުކުރި މައްސަލަ ނުނިމި
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ޝަރީއަތާ ގުޅިގެން ފާރިސްގެ ޝަކުވާ ސުޕްރީމް ކޯޓަށް
އަޅުގަނޑު ނައްތާލަން ބަޔަކު މަސައްކަތް ކުރޭ: ފާރިސް
މިނިވަން ފޮރެންސިކް ތަހުލީލަކަށް ފުރުސަތެއް ނެތް: ކޯޓު
ފާރިސްއާ ދެކޮޅަށް ހެއްކެއް ނެތް، އޮތީ ބަޔާނެއް:ވަކީލު
"ޝާފިއުގެ އިންޓަވިއުއާއެކު، ދައުވާގެ އަސާސެއް ނެތް"