11 އެޕްރީލް 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ އިތުރު ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ އިތުރު ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، ހައްޔަރުކުރި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރާއިރު، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެ އެވެ. އޭގެ ތެރެއިން އެއް މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަށައިފަ އެވެ.
މާދަމާ ބާއްވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތެވެ.
އެ ބޭފުޅުންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާއެއް ވެސް ހިމެނެ އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ބޭފުޅުން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ޖިނާއީ ބޮޑެތި ތުހުމަތެއްގައި މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު، އެ ބޭފުޅުން ތިއްބެވީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގަ އެވެ. އެކަމަކު އެ މައްސަލަތަކާ ގުޅިގެން އެ ބޭފުޅުންނަށް މިހާރު ދައުވާ އުފުލާފައިވާތީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، މިހާރު ސަސްޕެންޝަންގައި ތިއްބަވަނީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނިކޮށް، ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެހެންވެ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާތައް ނިމިއްޖެ ނަމަ، މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން އެ ބޭފުޅުން މަގާމުން ވަކިވާނެ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް އިސްތިއުނާފަށް
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!
ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
ދެ ފަނޑިޔާރުންގެ ޝަރީއަތް އާދީއްތަ ދުވަހު ބާއްވަނީ
ދެ ފަނޑިޔާރުންގެ ޝަރީއަތް ކޯޓުން ސިއްރުކޮށްފި
އަބްދުﷲ ސައީދާއި އަލީ ހަމީދަށް ކުރި ދައުވާއެއް ބާތިލް
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި