02 އެޕްރީލް 2018
މަޝްހޫރު "ބާގަ ކިންގް" އާއި "ކޮފީ ކްލަބް" މާލޭގައި ހުޅުވައި، މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
މަޝްހޫރު "ބާގަ ކިންގް" އާއި "ކޮފީ ކްލަބް" މާލޭގައި ހުޅުވައި، މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އެ ދެ ތަން ހިންގާ ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލްގެ ސަބްސިޑިއަރީއެއް ކަމަށްވާ މައިނާ ފުޑްސް އިން މާލޭގައި ފުރަތަމަ ފަހަރަށް ބާގަ ކިންގާއި ކޮފީ ކްލަބް ހުޅުވީ ހުޅުމާލޭ ފެރީ ޓާމިނަލް މަތީގަ އެވެ. ކުރިން އޯޝަން ބްރީޒް ރެސްޓޯރަންޓް ހިންގި ތަނުގައި މި ދެ ތަން ހިންގުމަށް، ބޭރަށް ބައެއް ވަނީ އިތުރުކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 70 މީހުންގެ ޖާގައިގެ ބާގާ ކިންގާއި 66 މީހުންގެ ޖާގައިގެ ކޮފީ ކްލަބް މިއަދު ވަގުތީ ގޮތުން ހުޅުވި ނަމަވެސް، ރަސްމީކޮށް ހުޅުވަން ފަހުން ހަފުލާއެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ އެތަނާ ބެހޭ އެއްވެސް މައުލޫމާތެއް މިވަގުތު ދޭން މައިނާ އިން ބޭނުމެެއްނުވި އެވެ.
ހުޅުމާލެ ފެރީ ޓާމިނަލް މަތީގައި އަލަށް ހުޅުވި ކޮފީ ކްލަބް ކެފޭގައި މީހަކު މިރޭ މަސައްކަތްކުރަނީ. މިއީ މާލޭގައި ހުޅުވި ފުރަތަމަ ކޮފީ ކްލަބްގެ ކެފޭ. -- ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މާލޭގައި ހުޅުވި ބާގަ ކިންގަށް ދިޔަ މީހަކު ބުނީ އެތަނުން ވިއްކާ ބާގަތަކުގެ އެއާޕޯޓުގައި ވިއްކާ އަގަށްވުރެ ހެޔޮ ކަމަށެވެ.
މައިނާ ފުޑްސް އިން ވަނީ އަރަބިއްޔާ ކުރިން ހިންގި މާލޭ ގްރޭންޑްގައި ޕިއްޒާ ވިއްކަން "ޕިއްޒާ ކޮމްޕެނީ"ގެ އައުޓްލެޓެއް ވެސް ހުޅުވައިފަ އެވެ.
ހުޅުމާލެ ފެރީ ޓާމިނަލް މަތީގައި ހެދި ބާގާ ކިންގާއި ކޮފީ ކްލަބްގެ ނަންބޯޑު މިރޭ ދިއްލާފައި. އެތަން ރަސްމީކޮށް ހުޅުވުން ފަހުން އޮންނާނެ. --. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
އެއާޕޯޓުގެ ޑިޕާޗާ ހޯލުގެ ބޭރުގަ އާއި އެތެރޭގައި ހަދާފައިވާ ފުޑް ކޯޓުގައި މައިނާ ފުޑްސް އިން ބާގަ ކިންގާއި ކޮފީ ކްލަބާއި ތައި އެކްސްޕްރެސްގެ އައުޓްލެޓްތައް ހުޅުވީ ޖުލައި 2013ގަ އެވެ. އަދި އޭގެ ފަހުން އެ ކުންފުނިން ވަނީ އެތަނުގައި ޕިއްޒާ ކޮމްޕެނީގެ އައުޓްލެޓެއް ވެސް ހުޅުވައިފަ އެވެ.
މިދިޔަ ހަފުތާގައި މާލޭގައި ވަނީ ޕިއްޒާ ހަޓް ވެސް އަލަށް ހުޅުވައިފަ އެވެ. އަދި މިރޭ ގްލޯރިއާ ޖީންސް ކޮފީއާ އެކު ރަސްފަންނުގެ ޕެވިލިއަން ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.
"ޗިކިން"ގެ ރެސްޓޯރެންޓެއް ޕެވިލިއަންގައި ހުޅުވައިފި
ގްލޯރިއާ ޖީންސް ކޮފީއާ އެކު ޕެވިލިއަން ހުޅުވައިފި
މާލެ ސަރަހައްދުގެ ކާފިއު މި މަހުގެ 25 އާ ހަމައަަށް
ރޭގަނޑު 8 ގެ ފަހުން ކެފޭ/ރެސްޓޯރަންޓުތައް ބަންދު
ފިހާރަ/ ކެފޭތައް ހުޅުވާފައި ބެހެއްޓޭ ގަޑި އިތުރުކޮށްފި
ބާގަ ކިންގުން އެދެނީ މެކްޑޮނަލްޑްސް އަށް އޯޑަރު ދޭން
ހެނދުނު 6 އިން ފެށިގެން ދެން ފިހާރަތައް ހުޅުވޭނެ
އެޗްޕީއޭގެ އުސޫލާ ޚިލާފުވާ ތަންތަން ޖޫރިމަނާ ކުރަނީ
ފިހާރަ/ކެފޭތަކުގެ ހިދުމަތް 9:30 ވަންދެން ލިބޭނެ
އެޗްޕީއޭގެ އުސޫލާ ހިލާފުވި 258 ތަނެއް ބަންދުކުރި