02 އެޕްރީލް 2018
ގޭގައި ކައްކައިގެން ކެއުމަށް ވުރެ ބޮޑަށް ކެފޭ/ރެސްޓޯރަންޓްތަކުން ކާ މީހުން ގިނަވެއްޖެ އެވެ. މިއީ ދިރިއުޅުމަށް އައި ޒަމާނީ ބައެއް ބަދަލުތަކާ އެކު، ފެޝަނަކަށް ވެސް ވެފައި އޮތް ނުރަނގަޅު އާދައެކެވެ.
ގޭގައި ކައްކައިގެން ކެއުމަށް ވުރެ ބޮޑަށް ކެފޭ/ރެސްޓޯރަންޓްތަކުން ކާ މީހުން ގިނަވެއްޖެ އެވެ. މިއީ ދިރިއުޅުމަށް އައި ޒަމާނީ ބައެއް ބަދަލުތަކާ އެކު، ފެޝަނަކަށް ވެސް ވެފައި އޮތް ނުރަނގަޅު އާދައެކެވެ.
ފަހުގެ ދިރާސާއެއްގައި ބުނާ ގޮތުން އާންމުކޮށް ބޭރުން ކާ ނަމަ ކުޑަކުދިންނާއި އަންހެނުންނަށް އޮތް ނުރައްކާ އެހެން މީހުންނަށް ވުރެ ބޮޑެވެ.
ޖޯޖް ވޮޝިންޓަން ޔުނިވަސިޓީގެ އިންސްޓިޓިއުޓް ސްކޫލް އޮފް ޕަބްލިކް ހެލްތުން ހެދި ދިރާސާގައި ބުނެފައިވާ ގޮތުގައި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ތައްޔާރުކުރާ ކާނާތަކުގައި ސިއްހަތަށް ނުރައްކާތެރި މާއްދާއެއް ކަމަށްވާ "ތަލޭޓް" އެކުލެވޭ މިންވަރު ވަރަށް މައްޗެވެ. ތަލޭޓްއަކީ ކާނާ ޕްރޮސެސް ކުރެވޭ ގޮތުންނާއި ޕެކެޖް ކުރަން ބޭނުންކުރާ ބާވަތްތަކުގެ ސަބަބުން އަށަގަންނަ މާއްދާއެކެވެ. އަދި މިއީ ހަށިގަނޑުގައި ހިމެނޭ ހޯމޯން އަށް ގެއްލުންދޭ މާއްދާއެއް ވެސް މެ އެވެ.
އެހެންވެ އެ މާއްދާ އެކުލެވޭ ކާނާ ކެވޭ ނަމަ، ވަކިން ހާއްސަކޮށް މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ދިމާވާ ސިއްހީ މައްސަލަތައް ގިނަ އެވެ.
"ގޭގައި އަމިއްލަ އަށް ކައްކައިގެން ކާއިރު، ތެލޭޓް ކާނާތަކުގައި އަށަގަންނަ މިންވަރު ދަށްވޭ. އެހެންވެ ރައްކާތެރި ގޮތަކީ ބޭރުން ކެއުން މަދުކޮށްލައި ނޫނީ އެއްކޮށް ހުއްޓާލައި ގޭގައި ކައްކައިގެން ކެއުން،" ދިރާސާ ހެދި ޓީމްގައި ހިމެނޭ އެސިސްޓަންޓް ޕްރޮފެސަރު އެމީ ޒޯޓާ ވިދާޅުވި އެވެ.
ރެސްޓޯރަންޓެއްގައި ވެއިޓަރަކު ކަސްޓަމަރުންނަށް ހިދުމަތް ދެނީ
އޭނާ ވިދާޅުވީ ގޮތުގައި އަންހެނުން އާންމުކޮށް ބޭރުން ކާ ނަމަ، މާބަނޑު ދުވަސްވަރު ސިއްހީ ތަފާތު މައްސަލަތައް ކުރިމަތިވުމާ އެކު، ދަރިމައިވުމުގެ ސިއްހަތަށް ވެސް އަސަރުކުރުވަ އެވެ.
"ގިނަ ދުވަހަށް ދެމިގެންދާ ސިއްހީ މައްސަލަތައް ތަލޭޓްގެ ސަބަބުން ކުރިމަތިވުމުގެ ފުރުސަތު ބޮޑު،" އެމީ ވިދާޅުވި އެވެ. "މީގައި ވަކި އުމުރެއް ތަފާތެއް ނެތް. ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް މީގެ ނުރައްކާ އެބަ އޮތް."
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
އެއްމާބަނޑު ދެ ކުދިން ލިބުނީ ނާދިރު ގޮތަކަށް ބަލިވެއިނދެ
ފިރިހެނުން ވެސް ލަސް ނުކޮށް ދަރިން ހޯދަންޖެހޭ
މަސައްކަތުގެ ހާސްކަމަކީ ދަރިން ހޯދަން ހުރަހަކަށް ވެދާނެ
ދަރިމައިނުވުމުގެ މައްސަލައަށްދޭ ބޭހުން ކެންސަރެއް ނުޖެހޭ
ޖަންކް ފުޑަކީ ދަރިމައިވުމަށް ހުރަސްއަޅާ ކަމެއް
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!