27 މާޗް 2018
ބޫޓާނާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ފަހު، ޓީމުން ވަކިކޮށްފައިވާ އަލީ އަޝްފާގު (ދަގަނޑޭ)އާ މަޝްވަރާކުރާނެ ކަމަށާއި އޭނާ އަށް ޓީމުން އަދި ފުރުސަތު އެބައޮތް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.
ބޫޓާނާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ފަހު، ޓީމުން ވަކިކޮށްފައިވާ އަލީ އަޝްފާގު (ދަގަނޑޭ)އާ މަޝްވަރާކުރާނެ ކަމަށާއި އޭނާ އަށް ޓީމުން އަދި ފުރުސަތު އެބައޮތް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.
ދަގަނޑޭ ޓީމުން ބޭރުކުރީ ބޫޓާން މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ. ދަގަނޑޭގެ ބަދަލުގައި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔައީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. އޭނާ ވެސް މިއަދު ކުއްލި ގޮތަކަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާއިރު، ޓީމުގެ ކެޕްޓަނަކަށް ވަނީ އަކުރަމް އަބްދުލް ގަނީ (އަކޫ) ހަމަޖައްސައިފަ އެވެ.
"މުސްތަގުބަލަށް ގޮތެއް ނިންމާއިރު އަހަންނާއި އަޝްފާގު (ދަގަނޑޭ) އެބަޖެހޭ ވާހަކަ ދައްކަން. ބޫޓާން މެޗަށް ފަހު އެބަޖެހޭ ގައުމީ ޓީމަށް އަޝްފާގު (ދަގަނޑޭ) ކުޅެން ބޭނުމިއްޔާ އެ ފުރުސަތުދޭން. އެއީ އަހަރެން ދެކޭ ގޮތުގައި އަޝްފާގަކީ (ދަގަނޑޭ) ވަރަށް މޮޅު ކުޅުންތެރިއެއް. ރާއްޖޭގެ ފުޓްބޯޅަ އަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދިން ކުޅުންތެރިއެއް އެކަމަކު އަހަރެން އެބަޖެހޭ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް ވެސް ވިސްނަން. ޒުވާން ކުޅުންތެރިންނަށް ވެސް ބަލަން،" ސެގާޓް ބުންޏެވެ.
ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އޭނާގެ ނަޒަރުގައި ޕްރޮފެޝަނަލް މިންގަނޑަށް ފެތޭ ކުޅުންތެރިން ކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.
"އަހަރެންގެ ނިންމުންތަކަށް އެންމެން އިހުތިރާމް ކުރަން އެބަޖެހޭ. އެއީ އަހަރެން ވެސް ކުޅުންތެރިންނަށް ދޭން ޖެހޭ އިހުތިރާމްދޭނަން. އަހަރެން ހަމައެކަނި ޓީމަށް ބޭނުންވަނީ 100 ޕަސެންޓް ދެވޭ ކުޅުންތެރިން. އަހަރެން ރާއްޖޭގައި ހޭދަކުރި 17 ދުވަހުން ދަސްވި އެއްޗަކީ ކާމިޔާބުގެ މަގަށް އަލުން އަންނަން އެންމެ އެބަޖެހޭކަން ކުރިއަށް ވުރެން އެތައް ގުނައެއް ޕްރޮފެޝަނަލްވާން. މިއީ ހުރިހާ ކުޅުންތެރިންނަށް އޮތް ކަމެއް،" ސެގާޓް ބުންޏެވެ.
ސެގާޓް ބުނީ ބޫޓާން މެޗަށް ތައްޔާރުވުމުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިނގައިދިއުމުން މުޅި މެޗަށް އޭނާގެ ރޭވުންތައް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
އަޝްފާގަށް ފުރުސަތު ދިނީ ޖާގަ ހައްގުވީމަ: ސެގާޓް
އަޝްފާގާ މެދު އުފާކުރަން: ސެގާޓް
ދަގަނޑޭ އަށް ފުރުސަތު ދިނީ މާފަށް އެދުމުން: ސެގާޓް
ގައުމީ ޓީމު ޖޯކަކަށް ހަދައިފި، އެފްއޭއެމް އަތް ޖަހަން
ދަގަނޑޭ އޮޕަރޭޝަންކުރަނީ، ދެން ދަނޑުން ނުފެނިދާނެ؟
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
ތަޖިކިސްތާނުގެ އެއްބަސްވުން އާ ނުކޮށް ސެގަޓް ވަކިވެއްޖެ
ސެގަޓް، ތަޖިކިސްތާނާ އެކު އޭޝިއަން ކަޕްގެ ދެވަނަބުރަށް
ދަގަނޑޭ ހިމަނައިގެން ޕާކިސްތާން މެޗަށް ސްކޮޑް ނަގައިފި
ދަގަނޑޭ އަލުން ޓީމާ ގުޅި، އެކުވެރިކަމުގެ މެޗަށް