19 މާޗް 2023
އަންގާރަ ދުވަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމަނައިގެން ސްކޮޑް އެކުލަވާލައިފި އެވެ.
އަންގާރަ ދުވަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗަށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމަނައިގެން ސްކޮޑް އެކުލަވާލައިފި އެވެ.
ފީފާ ފްރެންޑްލީއެއްގެ ގޮތުގައި ކުޅޭ މި މެޗަށްގައުމީ ޓީމު މިއަދު ހެނދުނު ވަނީ ލ. އަތޮޅަށް ފުރައިފަ އެވެ. އަދި މިއަދު ހަވީރު ގަމުގައި ފުރަތަމަ ޕްރެކްޓިސް ސެޝަން ބާއްވާނެ އެވެ. އަންނަ ސީޒަނަށް މާޒިޔާ އާއި އީގަލްސް ޕްރެކްޓިސް ފަށާފައިވާތީވެ، ކްލަބްތަކުން ކުޅުންތެރިން ވީއްލީ ހަމައެކަނި ފީފާ ތާރީހަށެވެ.
ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ނެގި ސްކޮޑަކީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ހިމެނޭ މަސްހުނި ޓީމެކެވެ. ސްކޮޑުގައި މުޅިން ވެސް ހިމެނެނީ މީގެ ކުރިން ސްކޮޑުން ޖާގަ ދީފައިވާ ކުޅުންތެރިންނެވެ. އެކަމަކު ގައުމީ ޓީމަށް މެޗެއް ނުކުޅޭ ކުޅުންތެރިޔަކު ހިމެނެ އެވެ. އެއީ ބ. އޭދަފުށްޓަށް ނިސްބަތްވާ ޒުވާން މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.
ޓީމުގައި ހިމެނޭ އުއްމީދީ ކުޅުންތެރިންގެ ތެރޭގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ފޯވާޑް މުހައްމަދު ޝަހާއު (ބޭލް) އާއި ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު އަހުމަދު ބައްސާމް މުހައްމަދު ނައީމް ހިމެނެ އެވެ.
ދަގަނޑޭގެ އިތުރުން، ވެސް މިދިޔަ ފަސް ވަރަކަށް އަހަރު ގައުމީ ޓީމު ލީޑު ކުރި ވަރަށް ގިނަ ކުޅުންތެރިން ސްކޮޑުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ކެޕްޓަން ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި އަހުމަދު ނޫމާން (ހެލްމެޓް) އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި ހުސެއިން ނިހާން (ނިހާޓު) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) ފާހަގަކުރެވެ އެވެ.
ގައުމީ ޓީމު މި މެޗު ކުޅެނީ، ރާއްޖޭގައި ފުޓްބޯޅައިގެ ހަރަކާތެއް ނެތްތާ ދުވަސްތަކެއް ފަހުންނެވެ. މިދިޔަ އޮގަސްޓް މަހު ކްލަބް ސީޒަން ނިމުނު ފަހުން ގިނަ ކުޅުންތެރިން ތިބީ މެޗެއް ނުކުޅެ އެވެ.
ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ޑިސެމްބަރު މަހު، ސިންގަޕޫރު އަތުން 3-1 އިން އަދި މެލޭޝިއާ އަތުން 3-0 އިން ބަލިވި އެވެ. އޭގެ ކުރިން ސެޕްޓެމްބަރު މަހު ބުރުނާއީ އަތުން 3-0 އިން އަދި ލާއޯސް އަތުން 3-1 އިން މޮޅުވި އެވެ.
މިއީ މާލެ އާއި އައްޑޫ ފިޔަވައި، ރާއްޖޭގެ އެހެން ހިސާބެއްގައި ގައުމީ ފުޓްބޯޅަ ޓީމުން ބައިނަލްއަގްވާމީ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.
ގައުމީ ޓީމު މި މެޗު ކުޅެނީ، ޖުލައި މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށެވެ.
މި މެޗަކީ ފެބްރުއަރީ، 2013 ގައި ޕާކިސްތާން އަތުން ރާއްޖެ 3-0 އިން މޮޅުވި ފަހުން، މި ދެ ގައުމުން ބައްދަލުކުރާ ފުރަތަމަ މެޗެވެ. ފީފާގެ ސަސްޕެންޝަނަކުން ސަލާމަތްވެ ފުޓްބޯޅަ އަލުން ދިރުވަން މަސައްކަތްކުރާ ޕާކިސްތާނުން މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ އަށް މެޗެއް ކުޅެން ދައުވަތު ދިނެވެ. އެކަމަކު ރާއްޖޭން އެ ދައުވަތު ގަބޫލެއް ނުކުރި އެވެ.
ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރެއް ކަމަށްވާ ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް 1985 އާއި 1991 ދެމެދު ހަތަރު ފަހަރު ކުރި ހޯދި އެވެ. އޭގެ ތެރޭގައި 1991 ގެ ސާފް ގޭމްސްގެ ފައިނަލުން 2-0 އިން ރާއްޖެ އަތުން މޮޅުވި މެޗު ހިމެނެ އެވެ.
އެކަމަކު އޭގެ ފަހުން ކުޅުނު ހަ މެޗުން ވެސް ޕާކިސްތާނަށް މޮޅެއް ނުހޯދެ އެވެ. ރާއްޖެ ތިން މެޗުން މޮޅުވެ ތިން މެޗު އެއްވަރުވި އެވެ. އޭގެ ތެރެގައި 2008 ފެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި މާލޭގައި 3-0 އިން ޕާކިސްތާން އަތުން ރާއްޖެ މޮޅުވި މެޗު ހިމެނެ އެވެ.
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
ދަގަނޑޭ އަލުން ޓީމާ ގުޅި، އެކުވެރިކަމުގެ މެޗަށް
ދަގަނޑޭ ކޮވިޑަށް ނެގަޓިވް، އަލުން ޓީމާ ގުޅެނީ
ދަގަނޑޭ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި!
ދަގަނޑޭގެ އުފަން ދުވަސް ފާހަގަކުރީ ދެ ލަނޑުން
"ދަގަނޑޭއާ އެއް ޓީމަކަށް ކުޅޭތީ ތަފާތު ފެންނާނެ"
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ރާއްޖޭގެ ކާމިޔާބު ހާއްސަ ކުރީ ބަކާގެ ހަނދާނަށް
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް