12 ޑިސެމްބަރ 2022
ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެއް އަހަރަށް ފަހު އަލުން ގައުމީ ޓީމާ ގުޅި އެ ޓީމާއެކު މެލޭޝިއާ އަށް ރޭ ފުރައިފި އެވެ.
ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެއް އަހަރަށް ފަހު އަލުން ގައުމީ ޓީމާ ގުޅި އެ ޓީމާއެކު މެލޭޝިއާ އަށް ރޭ ފުރައިފި އެވެ.
އޭނާ ގައުމީ ޓީމާ ގުޅުނީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗުގައި ދިވެހި ޓީމުން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް މި ހަފުތާގައި ނުކުންނަން ތައްޔާރު ވެފައި ވަނިކޮށެވެ. ފުރަތަމަ މެޗު މެލޭޝިއާއާ ދެކޮޅަށް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. ދެވަނަ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ދަގަނޑޭ އެންމެ ފަހު ގައުމީ ޓީމާއެކު މެޗެއް ކުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލަންކާގައި ބޭއްވި މަހިންދަ ރަޖަޕަކްސަ ފުޓްބޯޅަ މުބާރާތުގަ އެވެ.
ކްލަބް ވެލެންސިއާގެ އެ ފޯވާޑް، ކްލަބް ފުޓްބޯޅައިގައި މިދިޔަ ސީޒަންގައި ކުޅުނީ އެންމެ މެޗެކެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ކުޅުނު ފަހުން ޓޮޕް ޑިވިޝަންގައި އެއްވެސް މެޗެއް އޭނާ ނުކުޅެ އެވެ. އޭގެ ފަހުން އަނިޔާގެ މައްސަލައެއް ކުރިމަތިވިޔަސް އަނިޔާ އިން ރަނގަޅުވެ، ރަށްރަށުގައި ބޭއްވި ބައެއް މުބާރާތްތަކުގައި އޭނާ ކުޅެފައި ވެ އެވެ.
އަނިޔާ އަށް ފަހު، ފިޓްނަސް އަލުން ހިފެހެއްޓުމުގެ ގޮތުން ދަގަނޑޭ ވަނީ މަޝްހޫރު މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަހުމަދުގެ ކޯޗު ކަމުގެ ދަށުން ދުވުމުގެ ތަމްރީނުތައް ހަދައިފަ އެވެ. އޭރު ނަސްރު ބުނީ، ދަގަނޑޭ އަލުން ކުޅެން ނުކުންނަ އިރު އެންމެ ފިޓް ކުޅުންތެރިޔާ އަށް ހެދުމަކީ އޭނާގެ އަމާޒެއް ކަމަށެވެ.
މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ދިވެހި ގައުމީ ޓީމު މި ފަހަރު ކުޅެނީ ހަތަރު މަސް ތެރޭގައި ހަތަރުވަނަ މެޗެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބުރުނާއީގެ ދާރުއްސަލާމަށް ގޮސް، ބުރުނާއީ އަދި ލާއޯސް ދެކޮޅަށް ރާއްޖެއިން ކުޅެ ދެ މެޗުން ވެސް ކާމިޔާބު ހޯދި އެވެ.
ޕްޓަން އަކްރަމް އަބްދުލް ޣަނީ އަނިޔާގައި ހުރުމުން މެލޭޝިއާ އާއި ސިންގަޕޫރަށް މި ފަހަރު ދިޔަ ޓީމުގައި އޭނާ އަށް ބައިވެރި ނުވެވުނެވެ. .
ސްޕެއިންގެ ހަ ވަނަ ޑިވިޝަންގައި ކުޅެމުން އަންނަ މިރާޝް އިމްތިޔާޒު މި ފަހަރު ޓީމަށް ނެގި އެވެ.
ސްޕެއިންގެ ހަވަނަ ޑިވިޝަންގައި ކުޅެމުން އަންނަ މިރާޝް (ވ) ޓީމު ފުރުމުގެ ކުރިން މާލޭ ބަސްޓާމިނަލުގައި --- ފޮޓޯ: ނިޝާން އަލީ | މިހާރު
ގައުމީ ޓީމު މެލޭޝިއާ އަށް ފުރި އިރު ވެސް އެފްއޭއެމުން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދެ އެވެ. އެއީ ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ގެ ކުރެއްދޫ ރިސޯޓްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުޅުނު މެޗުން ގައުމީ ޓީމަށް ލިބުނު ފައިސާ އެވެ. އެ މެޗުން ގައުމީ ޓީމަށް ލިބެންޖެހޭ 2.1 މިލިއަން ރުފިޔާގެ ތެރެއިން 1.1 މިލިއަން ރުފިޔާ ލިބިފައިވާއިރު ވެސް އެ ފައިސާ ކުޅުންތެރިންނަށް ދީފައި ނުވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
އެފްއޭއެމުން ބުނިގޮތުގައި އެ ފައިސާ ކުޅުންތެރިންނަށް ނުބަހަނީ ފައިސާ ދޭން ޖެހޭ އެއް ކުންފުނި، ވިލާ ޓްރެވަލްސްއިން ދޭޏް ޖެހޭ 100،000ރ. ދީފައި ނުވާތީ އެވެ. އަދި މަހިންދަ ރާޖަޕަކްސަ މުބާރާތުން ހޯދި ނަތީޖާތައް ދަށްވުމުން ޓީމަށް އެޅި ފިޔަވަޅެއްގެ ގޮތުން ފައިސާ ނުދީ ހިފެހެއްޓީ ކަމަށް އެފްއޭއެމުން ބުނެފައި ވެ އެވެ.
ސެޕްޓެމްބަރު މަހު ގައުމީ ޓީމު ބުރުނާއީ އަށް ފުރުމުގެ ކުރިން، އެ ފައިސާ ކުޅުންތެރިންނަށް ދީފައި ނުވުމުން ކުޅުންތެރިންގެ ފަރާތުން ކެޕްޓަން އަކްރަމް އަބްދުލް ޣަނީ، ކުޅުންތެރިންގެ ވަޓްސްއެޕް ގުރޫޕްގައި ކަންބޮޑުވުން ފާޅުކުރި ކަމަށް އޭރު "މިހާރު" އާ ވާހަކަ ދެއްކި ގައުމީ ޓީމުގެ ކުޅުންތެރިޔަކު ބުންޏެވެ.
"އެ ފައިސާ ނުދޭތީ ކެޕްޓަން އަކުރަމް [އަބްދުލް ޣަނީ] ވަނީ މިދިޔަ މަހު ގައުމީ ޓީމުގެ ގުރޫޕްގައި ވެސް އެކަމާ ކަންބޮޑު ވެގެން އެ ވާހަކަ ދައްކާފައި،" ގައުމީ ޓީމުގެ ކުޅުންތެރިޔާ އޭރު ބުންޏެވެ.
"އެއީ އެންމެ ފަހުން ކުޅުނު ދެ މެޗަށް [ލާއޯސް އާއި ބުރުނާއީ] އާ ދެކޮޅަށް ކުޅުނު ދެ މެޗަށް ތައްޔާރުވަމުން ދިޔައިރު. އެހެން ނަމަވެސް ޓީމު އެ ދެ މެޗަށް ގެންދިޔައީ ކުޅުންތެރިންނަށް އެ ފައިސާ ނުދީ."
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
ދަގަނޑޭ ހިމަނައިގެން ޕާކިސްތާން މެޗަށް ސްކޮޑް ނަގައިފި
ސިންގަޕޫރު އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ތަރުޖަމާނު ނެތި މޮރިއޭރޯއަށް މުއާމަލާތް ކުރަން އުނދަގޫ
ދަގަނޑޭ ކޮވިޑަށް ނެގަޓިވް، އަލުން ޓީމާ ގުޅެނީ
ދަގަނޑޭ ކެރިއަރުގައި 400 ލަނޑު ހަމަކޮށްފި!
ދަގަނޑޭގެ އުފަން ދުވަސް ފާހަގަކުރީ ދެ ލަނޑުން
"ދަގަނޑޭއާ އެއް ޓީމަކަށް ކުޅޭތީ ތަފާތު ފެންނާނެ"
ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެ ބަލިކޮށްފި
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން