ކ. ތަނބުރުދޫގައި ރާޅާ އަރަނިކޮށް، ގެނބުނު ޒުވާނަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެނިކޮށް މަރުވެއްޖެ އެވެ.
24 މާޗް 2018
ކ. ތަނބުރުދޫގައި ރާޅާ އަރަނިކޮށް، ގެނބުނު ޒުވާނަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެނިކޮށް މަރުވެއްޖެ އެވެ.
ގެނބިގެން ފަރުވާ ދެނިކޮށް މަރުވީ އަބްދުﷲ ނާއިލް ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާނެކެވެ.
އެމްއެންޑީއެފުން ބުނީ ނާއިލް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ތަނބުރުދޫގެ އިރުމަތީ ފަރާތު ގޮނޑުދޮށުން ކަމަށެވެ.
ގޮނޑުދޮށުގައި އޮއްވާ އެ ޒުވާނާ ފެނުމާ ގުޅިގެން، އޭނާ އަށް ސިއްހީ ފަރުވާ ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި އިތުރު ފަރުވާ އަށް އެމްއެންޑީއެފްގެ ލޯންޗެއްގައި މިއަދު އިރޮއޮއްސެނިކޮށް މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ރާޅާ އަޅަން އުޅުނު ޒުވާނާ ގެއްލުނު ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިއަދު ހަވީރު ފަހެއް ޖަހަން އުޅެނިކޮށް ކަމަށެވެ. އޭނާ ރާޅާ އަޅަން މޫދަށް އެރުނީ 4.00 ހާއިރު ކަމަށްވެ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ބަންދުކޮށްފައިވާތީ ރާޅާ އެޅުންތެރިންނަށް ތަނބުރުދޫ ރާޅުގަނޑު ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމެއް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ރާޅާ އެޅުންތެރިންނަށް މާލެ އާއި ތަނބުރުދޫއާ ދެމެދު ދަތުރު ކުރަން އެމްޓީސީސީން ވަނީ ހާއްސަ ފެރީއެއް ހަމަޖައްސައިފަ އެވެ.
ނާއިލްގެ މަރު: ގެއްލިގެން ދިޔައީ ހުނަރުވެރި ޒުވާނެއް
މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ އައިސީޔޫގައި
ސައިކަލަކުން ޖެހި ތުއްތު ކުއްޖަކަށް އަނިޔާވެއްޖެ
ގެނބުނު މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި
ގެނބޭތަން ފެނިގެން ސަލާމަތްކޮށްދިނީ ސާފިން ޗެމްޕިއަން
އެކްސިޑެންޓަށްފަހު ސިކުނޑީ އޮޕަރޭޝަނެއް، ހާލު ސީރިއަސް
އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
ސިފައިންގެ ކާރަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިފި
ޕޮލިސް ކާރާ އެކްސިޑެންޓްވި ޒުވާނާ އަދިވެސް ހޭނާރާ