Roadha Mihaaru
އަންހެނެއްގެ ގޮހޮރުން 2،000 ގިނަ ހިލަކޮޅު ނަގައިފި

އިންޑިއާ އަންހެނެއްގެ ގޮހޮރުން 2،000 އަށް ވުރެ ގިނަ ހިލަކޮޅު ނަގައިފި

25 މާޗް 2018

އިންޑިއާގެ 50 އަހަރުގެ އަންހެނެއްގެ ބަނޑު އޮޕަރޭޝަންކޮށް، ގޮހޮރުން 2،000 އަށް ވުރެ ގިނަ ހިލަކޮޅު ނަގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ 50 އަހަރުގެ އަންހެނެއްގެ ބަނޑު އޮޕަރޭޝަންކޮށް، ގޮހޮރުން 2،000 އަށް ވުރެ ގިނަ ހިލަކޮޅު ނަގައިފި އެވެ.

މި އޮޕަރޭޝަންކޮށްފައި ވަނީ މުމްބާއީގެ ބަކްތިވެދަންތާ ހޮސްޕިޓަލްގަ އެވެ.

އެތަނުގައި ކުރި ބައި ގަޑިއިރުގެ ކާމިޔާބު އޮޕަރޭޝަނަށް ފަހު، އަންހެން މީހާގެ ގޮހޮރުން 2،350 ހިލަކޮޅު ނެގި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 2016 ގައި އަންހެން މީހާ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން އަލްޓްރާ ސައުންޑް ސްކޭން ހެދި އިރު، އޭނާގެ ގޮހޮރުގައި ހިލަކޮޅުތަކެއް ހުރި ކަމަށް ދައްކާތީ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން އިރުޝާދު ދިނުމުން، އޭގެ ފަހުން އަންހެން މީހާ ޑޮކްޓަރަކަށް ނުދައްކަ އެވެ.

އަދި އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން އޮޕަރޭޝަން ކުރަން ޖެހުނީ ބަނޑުގައި މާ ބޮޑަށް ރިއްސަން ފެށުމާ ގުޅިގެންނެވެ.

އަންހެން މީހާގެ ބަނޑުން ނެގި ހިލަކޮޅުތައް ޑރ. ޝާހް ދައްކާލަނީ.

އަންހެން މީހާގެ ބަނޑުން ނެގި ހިލަކޮޅުތައް ޑރ. ޝާހް ދައްކާލަނީ.

އަންހެން މީހާގެ އޮޕަރޭޝަން ޓީމްގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ބީސީ ޝާހް ވިދާޅުވި ގޮތުގައި އެހާ ގިނަ އަދަދަކަށް ބަނޑުން ހިލަކޮޅުތަކެއް ފެނުމުން ވަރަށް ބޮޑު ހައިރާން ކަމެއް ލިބިވަޑައިގަތެވެ.

އޮޕަރޭޝަނަށް ފަހު، އަންހެން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެ އެވެ.