Roadha Mihaaru
ހަމައެކަނި ކަޅު ސައި ބޮއެގެން ދިރިއުޅޭތާ 33 އަހަރު

ހަމައެކަނި ކަޅު ސައި ބޮއެގެން ދިރިއުޅޭތާ 33 އަހަރު

14 ޖެނުއަރީ 2019

އެއްވެސް އެއްޗެއް ނުކައި، ހަމައެކަނި ސައި ބޮއެގެން މީހަކު ދިރިއުޅޭ ވާހަކަ ބުނެފި ނަމަ އެއީ ގަބޫލުކުރަން އުނދަގޫވާނެ އެވެ. އެކަމަކު އެކަމަކު ކަޅު ސަޔަކީ އުމުރުން 44 އަހަރުގެ ޕިއްލީ ދޭވީގެ ހަމައެކަނި ކާނާ އެވެ. އެގޮތުގައި އުޅޭތާ މިހާރު 33 އަހަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެއްވެސް އެއްޗެއް ނުކައި، ހަމައެކަނި ސައި ބޮއެގެން މީހަކު ދިރިއުޅޭ ވާހަކަ ބުނެފި ނަމަ އެއީ ގަބޫލުކުރަން އުނދަގޫވާނެ އެވެ. އެކަމަކު އެކަމަކު ކަޅު ސަޔަކީ އުމުރުން 44 އަހަރުގެ ޕިއްލީ ދޭވީގެ ހަމައެކަނި ކާނާ އެވެ. އެގޮތުގައި އުޅޭތާ މިހާރު 33 އަހަރުވެއްޖެ އެވެ.

އިންޑިއާގެ ބަރާޑިއާ އަވަށުގެ ކޮރިޔާ ޑިސްޓްރިކްޓްގައި ދިރިއުޅެމުން އަންނަ ޕިއްލީއާ ބެހޭ ގޮތުން އޭނާގެ ބައްޕަ ރަތީ ރާމް މީޑިއާތަކަށް ބުނީ އަންހެން ދަރިފުޅު ކެއުމާ ދުރުވާން ފެށީ ގްރޭޑް 6 ގައި އުޅުނުއިރު ކަމަށެވެ. އޭގެ ފަހުން އެއްކޮށް އޭނާ ކެއުން ހުއްޓައިލީ އުމުރުން 11 އަހަރުގަ އެވެ.

މި އާދަޔާހިލާފު އާދަޔާ އެކު ބަރާޑިއާ އަވަށުގެ މީހުން ޕިއްލީ އަށް މުހާތަބު ކުރަނީ "ޗައި ވާލީ ޗާޗީ" ގެ ނަމުންނެވެ.

ފާއިތުވި މި ދިގު މުއްދަތުގެ ތެރޭގައި ޕިއްލީ ހައިހޫނުކަން ފިލުވަނީ ކޮންމެ ދުވަހަކު ވެސް ބޯލާ ދެތިން ތަށި ސައިންނެވެ. ހަރު އެއްޗެއް ކެއުމެއް ނޯވެ އެވެ.

"ކެއުން ހުއްޓާލުމުގެ އިތުރަށް އެއް ދުވަހަކު އޭނާ ފެން ބުއިން ވެސް އެއްކޮށް ހުއްޓާލީ. އޭގެ ފަހުން ކެއުމެއް ފެން ބުއިމެއް ނޯވޭ. ޕިއްލީގެ ހުރިހާ ވެސް އެއްޗަކީ ސައި،" ރަތީ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ކެއުން ހުއްޓައިލިތާ ކުރީކޮޅު ޕިއްލީ ކިރު ސަޔާ އެކު ކޮންމެވެސް ވަރަކަށް ބިސްކޯދު ކައެވެ. އެކަމަކު ފަހުން ކިރު ސަޔާއި ބިސްކޯދު ވެސް ކެއުން ހުއްޓައިލީ އެވެ.

"މިހާރު ހަމައެކަނި ކަޅު ސައި އޭނާގެ ހަތަރުދަމުގެ ކޮއްތަކީ،" ރަތީ ބުންޏެވެ.

ޕިއްލީގެ ބޭބެ ބިހާރީ ލާލް ރާޖްވަޅޭ ބުނި ގޮތުގައި އޭނާ ނުކާތީ އެކަމާ ކަންބޮޑުވެގެން ވަރަށް ގިނަ ފަހަރު މަތިން އާއިލާ އިން ޕިއްލީ ޑޮކްޓަރަށް ވެސް ދައްކާފައިވެ އެވެ. އެކަމަކު މިހާތަނަށް ޕިއްލީގެ ފަރާތުން އެއްވެސް ބައްޔެއް ފެނިފައި ނުވާ ކަމަށް ބުންޏެވެ.

"ޑޮކްޓަރުން ވެސް ތިބެނީ މިކަމާ ހައިރާންވެފައި. ޑޮކްޓަރުން ބުނަނީ އެއްވެސް ބައްޔެއް އޭނަގެ ނެތް ކަމަށް،" ގެއިން ބޭރަށް ވެސް ނުކުމެ އުޅުން މަދު އަދި އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރާ ޕިއްލީއާ ބެހޭ ގޮތުން އޭނާ ބުންޏެވެ.