19 ޖުލައި 2016
އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް އެއް ހަމައަކުން ބޭއްވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.
އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް އެއް ހަމައަކުން ބޭއްވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު، އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވީ ގާނޫނު އަސާސީގެ އެކިއެކި މަގާމުތަކަށް ޝަރުތު ކަނޑައަޅާފައި އޮތްއިރު، އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް އެއް ހަމައަކުން އެއް ގާނޫނެއްގައި ބަޔާންކޮށްފައި އޮތުމަކީ އިދާރީ ގޮތުންނާއި ގާނޫނީ މަސައްކަތަށް ވެސް އެތައް ފަސޭހައެއް ވެގެން ދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގައި ޝަރުތުތައް ކަނޑައަޅާފައި އޮތް ގޮތުން ގާބިލް އެތައް ބަޔަކަށް ކުރިމަތިނުލެވުމާއި ކުދިކުދި ހިޔާނާތުގެ މައްސަލާގައި އެ މައްސަލައެއް ނިމިގެން ގޮސް ހުކުމް ވެސް ތަންފީޒުވެނިމި، 25 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ކުރިމަތިނުލެވި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި ޝަރުތު ކަނޑައަޅާފައިވާ މީހުން ފިޔަވައި އެހެން ހުރިހާ މީހުންގެ މި ބާވަތުގެ ޝަރުތުތައް އެއް ގާނޫނެއްގައި އެއް ހަމައަކުން ލިޔެ ބަޔާންކޮށްފައި އޮތުމަކީ ހުރިހާ ރައްޔިތުންނަށާއި މުޅި ދައުލަތަށް އެންމެ ފަސޭހަވެގެންދާނެ ކަމެއް،" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ގާނޫނުގައި ބުނާ ޝަރުތާއި ކައުންސިލް އިންތިހާބާ ބެހޭ ގާނޫނުގައި ބުނާ ޝަރުތާ ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލެވުނަސް، ލޯކަލް ކައުންސިލަށް ކުރިމަތިނުލެވޭ ބައެއް ކަހަލަ ޝަރުތުތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ރަށްތަކުގައި އެބަތިބި ރަށަށް ހިދުމަތްކޮށްފައި ތިބި މީހުން. އެކަމަކު އޭނާގެ މައްޗަށް ހިޔާނާތުގެ ކުށެއް ސާބިތުވީމަ ކައުންސިލަށް ކުރިމަތިނުލެވޭ. އެ ހަމަތައް ތާށިކޮށްފައި ހުރި. އެކަމަކު މަޖިލީހަށް ކުރިމަތިލެވޭ. އެއީ ހަމަޖެހޭ އުސޫލެއް ނޫން،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދިކުދި ހިޔާނާތުގެ މައްސަލަތަކުގައި ރަށަށް ހިދުމަތްކޮށްފައި ތިބި، އަދި މީހުންގެ ތާއީދާއި ލޯބި ލިބިފައި ތިބި މީހުން ކައުންސިލަށް ކުރިމަތިނުލެވި އެބަތިބި ކަމަށެވެ. އެހެންވެ، ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު އެމީހުންނަށް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޖުރިމުންނަށް ކައުންސިލަށް ވާދަކުރުމުގެ ދޮރު ހުޅުވިފައި
ބައެއް ކުށްވެރިންނަށް ފުރުސަތު ހަނިކޮށް ބިލް ފާސްކޮށްފި
ކުށްވެރިންނަށް ވާދަކުރެވޭ އިސްލާހު ބަލައިގަނެ ކޮމެޓީއަށް
ކައުންސިލަރުންގެ އާ ޝަރުތަށް ޕީޕީއެމުން ވެސް ދެކޮޅު
މަޖިލީހުގެ ޕީޕީއެމް މެމްބަރުންގެ ހިޔާލު ދެކަފިވެއްޖެ
މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް
ދުވަސްވީ މީހުންނަށް ކައުންސިލަށް ވާދަނުކުރެވޭގޮތް ހަދަނީ
ޕީޕީއެމްގެ ހަލީލް ވެސް ވިޕާ ހިލާފުވެއްޖެ
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ފާސްކޮށްފި
ކައުންސިލްތަކުގެ އުމުރު ބަދަލުކުރަން ކޮމެޓީން ފާސްކޮށްފި