23 ނޮވެމްބަރ 2016
އުމުރުން 65 އަހަރުވުމުން ކައުންސިލް އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށާއި ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން މިއަދު އުފެދިއްޖެ އެވެ.
އުމުރުން 65 އަހަރުވުމުން ކައުންސިލް އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށާއި ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން މިއަދު އުފެދިއްޖެ އެވެ.
މި ދެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ޝުޖާއު އެވެ. ނަމަވެސް ޕީޕީއެމްގެ ގިނަ މެމްބަރުންނާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އިސްލާހަށް ތާއީދު ކުރެއްވީ ޕީޕީއެމްގެ މަދު މެމްބަރުންތަކެކެވެ.
މި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުންނާއި ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ ރަށު ފެންވަރުގައި އުމުރުން ދުވަސްވީ މީހުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ބޮޑެތި ޑިމޮކްރަސީތައް އޮތް ގައުމުތަކުގައި އިންތިހާބީ މަގާމުތަކަށް އައްޔަން ކުރަނީ ތައުލީމީ ގޮތުން ގާބިލު، ތަޖުރިބާ ހުރި މީހުން ކަމަށްވާތީ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުންތަކެއް. - ފޮޓޯ: މަޖިލިސް
ފުވައްމުލަކު އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ޝާހު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދާނަމަ، އިންތިހާބު ކުރާ ހުރިހާ މަގާމުތަކަށް އެއް ޝަރުތުތަކެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރެވޭ ގޮތާއި ކައުންސިލަރުން އިންތިހާބު ކުރެވޭ ގޮތުގައި ހުރި ތަފާތުތައް ނައްތާލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އުމުރުން ދުވަސްވީ މީހުންގެ ހައްގުތަށް ވަރަށް ބޮޑަށް ހިމާޔަތް ކުރާ ސަރުކާރެއް މިއީ. ސަރުކާރުން ބޭނުމެއް ނުވާނެ އެއްވެސް ބަޔަކަށް ހައްގުތަކެއް ހަނި ކުރާކަށް،" ޝާހު ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލު އުސްމާން ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އުމުރުން ދުވަސްވީ މީހުންނަށް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އިންތިހާބީ މަގާމުތަކަށް އެންމެ އެކަށީގެންވާ ބޭފުޅުން ކަން ކަނޑައަޅާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވި ގޮތުގައި އިންޑިއާ ނުވަތަ ޗައިނާ ފަދަ ޑިމޮކްރަސީ އޮތް ގައުމުތަކުގެ ބޮޑެތި މަގާމުތަކުގައި އުމުރުން ދުވަސްވީ މީހުން އެބަތިއްބެވެ. އަދި އުމުރުން ދުވަސްވީ މީހުން އެ މަގާމުތަކަށް އަންނަނީ ތައުލީމީ ގޮތުން ގާބިލް ޒުވާނުން ނެތީމަ ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗެއް، އިލްމީ ގާބިލް ބޭފުޅުން ލޯކަލް ކައުންސިލަށް ގެނޭވެނެ ގޮތެއް އޮންނަން ޖެހޭ،" ޖަމީލު ވިދާޅުވި އެވެ.
ނަމަވެސް މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވާ ޝުޖާއު ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރާ މަގާމުތަކަށް ކުރިމަތިލެވެން ޖެހޭނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް އެކަނި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް، އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތި ނުލެވޭ ނަމަ، ލޯކަލް ކައުންސިލް އިންތިހާބުގައި އުމުރުން ދުވަސްވީ މީހުންނަށް ވާދަ ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ޒުވާނުންނަށް ފުރުސަތު ހޯދަައިދޭން މަސައްކަތް ކުރާ ސަރުކާރެކެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ކަށަވަރު ކޮށްދީފައި ވަނީ ހަމައެކަނި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"ގާނޫނު ހަދާ މަޖިލީހަކީ އަންލިމިޓެޑްކޮށް އޮތް ދައުރަކަށްވީ ހިނދު، އަޅުގަނޑުމެން ބޭނުންވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުރާ އެއްވަރަށް ތިރި ކުރަން، އޭގެ މާނައަކީ ފަސް އަހަރުގެ ދެ ދައުރޭ ކޮންމެ މެމްބަރަކަށް ލިބިވަޑައިގަންނަވާނީ،" ޝުޖާއު ވިދާޅުވި އެވެ.
ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ބަންދު ނުކުރެވޭނެ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާފައި އޮތީ ގާނޫނުއަސާސީއާ މުޅިން ހިލާފު ބިލެއް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހައްގެއް އުނި ކުރެވޭނީ ގާނޫނުއަސާސީ އަށް އިސްލާހު ހުށަހަޅައިގެން، އެހެންވީމަ މިއީ ހިންގާ ޖަރީމާއެއްގެ ގޮތުގައި އަޅުގަނޑު ސިފަ ކުރަނީ،" ރިޔާޒް ވިދާޅުވި އެވެ.
ކުށްވެރިންނަށް ވާދަކުރެވޭ އިސްލާހު ބަލައިގަނެ ކޮމެޓީއަށް
ކައުންސިލަރުންގެ އާ ޝަރުތަށް ޕީޕީއެމުން ވެސް ދެކޮޅު
މުއްދަތު ހަމަވިއިރު، ޕީޕީއެމުން ފޯމް ހުށަހެއް ނާޅާ
މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ފާސްކޮށްފި
ކައުންސިލަރުން މުށުތެރެއަށް ލާން އެބައުޅޭ: ތޯރިގް
އެލްޖީއޭގެ އިސްލާހަކީ އަޅުވެތިކުރުން:އިދިކޮޅު މެމްބަރުން
ލޯކަލް އިންތިހާބަށް ކުރިމަތިލުން މި މަހުގެ ނިޔަލަށް
މުޖުރިމުންނަށް ކައުންސިލަށް ވާދަކުރުމުގެ ދޮރު ހުޅުވިފައި
ބައެއް ކުށްވެރިންނަށް ފުރުސަތު ހަނިކޮށް ބިލް ފާސްކޮށްފި